Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކޭ-ރަޝިއާ

ރަޝިއާއާ ދެކޮޅަށް ޔޫކޭގެ ރޯޔަލް ނެވީ ޝިޕްތައް ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރު

ޔޫކްރެއިންގެ ބޯޓުފަހަރުތަކަށް ގޮވާން ހިފައިގެން ދަތުރުކުރުމުގެ ފުރުސަތު ނުދޭނަމަ، އެކަމާ ދެކޮޅަށް ޔޫކޭގެ ރޯޔަލް ނޭވީ ޝިޕްތައް ބޭނުންކުރަން ޖެހިދާނެކަމަށް ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 ޖޫން 2022 | ބުދަ 17:06
ޔޫކޭގެ ރޯޔަލް ނެވީގެ އޮފިސަރުން

ޔޫކޭގެ ރޯޔަލް ނެވީގެ އޮފިސަރުން

ރަޝިއާއާ ދެކޮޅަށް ޔޫކޭގެ ރޯޔަލް ނެވީ ޝިޕްތައް ބޭނުންކުރަން ޖެހިދާނެކަމަށް އެގައުމުން ނޭޓޯއަށް ކަނޑައަޅާފައިވާ ވަފްދުގެ މަންދޫބަކު ވިދާޅުވެއްޖެއެވެ.

ޔޫކޭގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާގޮތުން އެގައުމުގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ނޭޓޯއަށް ކަނޑައަޅާފައިވާ ވަފްދުގެ މަންދޫބެއް ކަމަށްވާ އަލެކް ޝެލްބްރޫކް ވަނީ، ރަޝިއާއިން ޔޫކްރެއިންގެ ބޯޓުފަހަރުތަކަށް ގޮވާން ހިފައިގެން ދަތުރުކުރުމުގެ ފުރުސަތު ނުދޭނަމަ އެކަމާ ދެކޮޅަށް ޔޫކޭއަށް ތެދުވަން ޖެހިދާނެކަމަށް ވިދާޅުވެ، މިކަން ކުރަން އެގައުމުގެ ރޯޔަލް ނެވީ ޝިޕްތައް ބޭނުންކުރަން ޖެހިދާނެކަމަށް ވިދާޅުވެފައެވެ.

އޭނާ މިގޮތަށް ކަންތައް ކުރަންޖެހޭނީ ރަޝިއާގެ މިއަމަލުގެ ސަބަބުން ޔޫކޭގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި، ޔޫރަޕްގައި މިހަނގުރާމަ އިތުރަށް ފުޅާވެ ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ގައުމުތަކުން ގުޅިގެން މިފަދަ ހަރަކާތެއް ހިންގައި، ގޮވާން ހިފައިގެން ދަތުރުކުރާ ބޯޓުފަހަރަށް އެފުރުސަތު ތަނަވަސްކޮށްދިނުމާ ގުޅޭގޮތުން ނޭޓޯއިން މަޝްވަރާކުރަމުންދާކަމަށް ޝެލްބްރޫކް ވިދާޅުވިއެވެ.

ރަޝިއާއިން ކާބޯތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑެރ ލެޔެން ވެސް ވަނީ ވިދާޅުވެފައެވެ. އެކަމަނާ ވަނީ ރަޝިއާއިން ޔޫކްރެއިނަށް އަރައި މިހާރު ދެމުންދާ ހަމަލާތަކުގައި، ޔޫކްރެއިންގެ ގްރެއިން ސްޓޮކާއި މެޝިނަރީސް އަތުލައި، ފުށާއި ސަންފްލާވަރ ސީޑްސް ހިފައިގެން ޔޫކްރެއިންގެ ބޯޓުތައް ދަތުރުކުރިޔަނުދީ ރަޝިއާގެ ހަނގުރާމަމަތީ ބޯޓުތަކުން ހިފަހައްޓަމުންދާކަމަށް ވިދާޅުވެފައެވެ.

އެގައުމުން ދަނީ ތެލާއި ގޭސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ގޮތަށް، މިިހާރު ކާބޯތަކެތިވެސް ހަތިޔާރުގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ވިދާޅުވެ، ރަޝިއާއިން ކުރަމުންދާ ބްލެކްމެއިލްތަކުން އަރައިގަނެވޭނީ މުޅި ދުނިޔެ ގުޅިގެން އެކަން ކުރަން އުޅެގެންކަމަށް އުރުސުލާ ވިދާޅުވެފައިވެއެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި، ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލާއި، ފަރޓިލައިޒަރއާއި ގޮވާމުގެ އިތުރުން ގޭހާއި ތެލުގެ އަގުވެސް ވަނީ އުފުލެންފަށާފައެވެ.

އިނގިރޭސިވިލާތްރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު