Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރެންކީ ޑި ޔޯން

ފްރެންކީ ޑި ޔޯން ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފަށައިފި

ޔުނައިޓެޑުން ވަނީ ބާސާއާއެކު ވާހަކަ ދައްކަން ފަށާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 10:03
ފްރެންކީ ޑި ޔޯން

ފްރެންކީ ޑި ޔޯން

ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ހޯދުމުގެ މަސައްކަތް އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުން ފަށައިފިއެވެ.

ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ޑި ޔޯން ހޯދުމުގެ މަސައްކަތުގެ ތެރެއިން ޔުނައިޓެޑުން އަންނަނީ ބާސާއާއެކު ސީދާ މުއާމަލާތް ކުރަމުންނެވެ. އަދި އެކަމާ ގުޅޭ ވާހަކަތައް ދެ ކުލަބުގެ ދެމެދު މިހާރު ފެށިފައިވާ ކަމަށެވެ. ރޮމާނޯ ބުނި ގޮތުގައި ޔުނައިޓެޑުން ޑި ޔޯން ހޯދުމުގެ މަސައްކަތް ކުރަނީ އެ ކުލަބުގެ އައު ކޯޗު އެރިކް ޓެން ހާގް އޭނާ ގެނައުމަށް ބޭނުންވާތީކަމަށެވެ.

މީގެ އިތުރުން ރޮމާނޯ ބުނި ގޮތުގައި ބާސާއިން ޑި ޔޯން ދޫކޮށްލުމަށް ހުށަހަޅާ އަގަކީ 85 މިލިއަން ޔޫރޯއެވެ. ވާހަކަތައް ދެކެވުނު ނަމަވެސް މިކަމާ ގުޅޭ ރަސްމީ އެއްވެސް ބިޑެއް މިހާތަނަށް އަދި ނެތެވެ. ބާސާއަށް ފައިނޭންޝިއަލް ފެއަރ ޕްލޭގެ މައްސަލަތަކާ ކުރިމަތިވުމާ ގުޅިގެން އަނެއްކާ ވެސް ޔުނައިޓެޑުން މި ވަނީ ޑި ޔޯން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ޔުނައިޓެޑުން ޑި ޔޯން ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް، އޭނާ ބާސާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އަދި އޭނާ ބޭނުންވަނީ ބާސާގައި މަޑުކޮށް، އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީފު ކުޅެން ކަމަށް ރޮމާނޯ ބުންޏެވެ. އަދި ސީދާ ޓެން ހާގް އެކަމާ ގުޅޭ ގޮތުން ޑި ޔޯންއާ ވާހަކަ ދައްކައި، އޭނާ އެއްބަސްކުރުވަން މަސައްކަތް ކުރާނެ ކަމަށް ރޮމާނޯ ބުންޏެވެ. ޑި ޔޯން އަޔެކްސް އަށް ކުޅުނު ދުވަސްވަރު، އެ ޓީމުގެ ކޯޗަކަށް ހުރީ ޓެން ހާގެވެ.

އަޔެކްސްގައި ހުރުމަށްފަހު ޑި ޔޯން ބާސާއަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ ބާސާއަށް 140 މެޗު ކުޅެދީ 13 ލަނޑު ޖަހާފައެވެ. ބާސާއާއެކު މިހާތަނަށް އޭނާއަށް ކާމިޔާބުކުރެވުނީ އެންމެ ތައްޓެކެވެ. އެއީ 21-2020 ވަނަ އަހަރުގެ ކޮޕަ ޑެލްރޭއެވެ.

ފްރެންކީ ޑި ޔޮންބާސެލޯނާމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު