Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް19 ޕެންޑެމިކް

ކޮވިޑް މެނޭޖުކުރުމުގައި ސަރުކާރުން ކުރި މަސައްކަތަށް ޑަބްލިއުއެޗްއޯގެ ތައުރީފު

1 ޖޫން 2022 | ބުދަ 02:13

ޑަބްލިއުއެޗްއޯގެ މަންދޫބު ވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖޫން 2022 | ބުދަ 02:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިިހު

ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތަށް ޑަބްލިއުއެޗްއޯއިން ރާއްޖެއަަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. ނާޒްނީން އަންވަރު ތައުރީފު ކުރައްވައިފިއެވެ.

އެކަމަނާ ސަރުކާރުން ކުރެއްވި މަސައްކަތަށް ތައުރީފު ކުރެއްވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން ބައްވާފައިވަނީ ވަނީ ރައީސް އޮފީހުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ނާޒްނީން ވަނީ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރުން އެޅި ވިސްނުންތެރި ފިޔަވަޅުތަކާއި، ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ވެކްސިނޭޓްކުރުމަށް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މި ސަރަޙައްދުގެ އެހެން ބައެއް ޤައުމުތަކަށްވުރެ ކުރިން ކޮވިޑް ކޮންޓްރޯލްކުރެވުނު ކަން ފާހަގަކުރައްވައިފައެވެ.

އެ ކަމަނާ ވަނީ މި ސަރަޙައްދުގައި ރަނގަޅު ފެންވަރުގެ ތަޖުރިބާކާރު ސައިކޭޓްރިސްޓުން މަދުކަން ހާމަކުރައްވައި، ޑަބްލިއުއެޗްއޯއިން އިސްނަގައިގެން މެންޓަލް ހެލްތު އެކްޝަން ޕްރޮގްރާމްގެ ތެރެއިން އެކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ. އަދި އެ ޖަމިއްޔާއިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ސްކޫލް ކުދިންގެ މެދުގައި ނަފްސާނީ ބަލިމަޑުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރަމުންދާކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި ތިބި ނާޒުކު ގިންތިތަކުގެ މީހުންނަށް އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ޑަބްލިއުއެޗްއޯއިން ދެއްވާ ސަމާލުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ނަފްސާނީ އެހީތެރިކަންދިނުމުގެ ދާއިރާއަކީ މިހާރު ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަން ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުޑަބްލިޔުއެޗްއޯޑަބްލިއު އެޗްއޯ މޯލްޑިވްސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް