Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުއިއްޒުއެވެ. ކުޑަކުއްޖެއްހެން ރޮއި ބޮޑާހާކާވަރެއް އަދި ނުވެއެވެ. ރިބަންކަނޑާލާ މެޑަލްޖަހާލާށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތަށް ބަލާއިރު، ވެރިކަން ބަދަލުވިއިރު އެއަރޕޯޓުގެ އައު ޓާމިނަލްގެ 71 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވިއިރު، ބެގެޖް ހެންޑްލިންގ ސިސްޓަމް ފިޔަވައި އެހެން ހުރިހާ މަސައްކަތެއްގެ ބޮޑުބައި ވަނީ ނިމިފައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖުލައި 2025 | އަންގާރަ 16:48
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ ކްރެޑިޓް ހޯދަން މިސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ ކްރެޑިޓް ހޯދަން މިސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

"މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް. މި ސަރުކާރު އޮންނާނީ ރައްޔިތުންގެ ފަޅީފައި. މި ސަރުކާރުން ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭނެ. މިސަރުކާރުން ރާއްޖެ ތަރައްގީކުރާނެ" މިއީ މި ސަރުކާރުގެ ވެރިންގެ އެންމެ ގިނައިން ވިދާޅުވާ ބަސްތަކެވެ. ނަމަވެސް ކަން އޮތީ މިހެން ހެއްޔެވެ. ނޫނެކެވެ. މި ސަރުކާރުން ރައްޔިތުންނަށްޓަކައި މިވީ 2 އަހަރުގެ ތެރޭގައި ކުރި އެއްވެސް މަސައްކަތެއް ނެތެވެ.

ސަރުކާރަށް ދެ އަހަރުވާންދާއިރު އެއް އަހަރުގެ ބަޖެޓުގެ 60 ބިލިއަން ރުފިޔާއާއި މި އަހަރުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހުސްވެއްޖެއެވެ. މިހާތަނަށް ސަރުކާރަށް ފެެށުނު ބޮޑު މަސައްކަތެއް އަދި އަމިއްލައަށް ކޮށް ނިންމައިގެން ރިބަންކެނޑި އެއްވެސް މަޝްރޫއެއް ނެތެެވެ.

މިހާރުގެ ސަރުކާރުން އިފްތިތާހު ކުރަމުންދާ ގިނަ މަޝްރޫޢުތަކަކީ ކުރީގެ ސަރުކާރުން ފަށައި، ނިންމާފައިވާ މަޝްރޫޢުތަކެކެވެ. މީގެ ތެރޭގައި ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުވެސް ހިމެނެއެވެ. މި މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ވިޝަންގެ ދަށުން ފެށި އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން 71 އިންސައްތަ މަސައްކަތް ނިންމާފައި އޮތް ޕްރޮޖެކްޓެކެވެ.

ނަމަވެސް އައުޓާމިނަލްގެ ކްރެޑިޓް ހޯދަން ކުޑަކުއްޖެއް ރޯހެއް މި ސަރުކާރުން ވަކިން ހާއްސަކޮށް ރައިސް މުއިއްޒު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. ނުބީހެންޏާ ކަނޑާ ހަމައޭ ބުނާ އުސޫލުން ބަޔަކު ދައްކާހާ ވަހަކައަކަށް ރައްދު ދޭނަމަ އޭގެ ފަހަތުގައިވެސް ކަންކަން އޮންނާނެއެވެ. މި ދަންނަވަން އުޅޭ އެއްޗަކީ އޭގެ ކްރެޑިޓް ހޯއްދަވަން ނޫޅުއްވާނަމަ ރައީސް މުއިއްޒުގެ މި ބަސްފުޅު މިހެން ނައީހެވެ.

އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އާދައެއް ދޮގެއްތޯ. ގޯސް އާދައެއް. ދެން ޙަޤީޤަތްތައް ބަދަލެއްނުވާނެ ނޫންތޯ ދެން ކޮންމެގޮތަކަށް ވާހަކަދެއްކިޔަސް. މިހާރު އެއަރޕޯޓް މަޝްރޫޢަށް ބަލާކަމަށްވަންޏާ، ޓަރމިނަލް މަޝްރޫޢު، ނޫނީވިއްޔާ ޖުމްލަކޮށް އެއަރޕޯޓް މަޝްރޫޢު. އެހެރީ ތާރީޚުގައި ފެންނަން. ކޮން ވެރިކަމެއްގައި، ކޮން ކަމެއްކަން ކުރީ. އެހެންނޫންތޯ؟ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެންމެ ފުރަތަމަ އެއަރޕޯޓެއްގެ މަސައްކަތް ފެށީ" އެވެ.

ދެން ވިދާޅުވީ "ދެން އެހެންވީމާ، އެކި ވެރިން ކުރެއްވި މަސައްކަތް އެހެރީ ފެންނާށޭ. މިހާރު އެ ހުޅުވުމަށް ތައްޔާރުވަމުންދާ އާ ޓަރމިނަލަށް ބެލި ނަމަވެސް، ކޮން ވެރިކަމެއްގައި، ކޮން މަސައްކަތެއްކަން ހިނގީ ފެންނަން އޮންނާނީ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ނުރަނގަޅު އާދައެއް މިއީ. އެބަޖެހޭ މި އާދަ ދޫކޮށްލަން. ޙަޤީޤަތް އެއީ ވަރަށް ސާފުކޮށް ފެންނަން އޮންނަ އެއްޗެއް. އެހެންވީމާ، ޑިއު ކްރެޑިޓް ދޭންޖެހޭނޭ އެއިން ކޮންމެ މީހަކަށްވެސް. މިހާރުގެ މި އެއަރޕޯޓްގެ އެ ޓަރމިނަލް މަސައްކަތް، ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނީ. ދެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިތުރު މަސައްކަތްތައް ކުރެވިފައި އެހެރީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ދެން ބާކީހުރި ހުރިހާ މަސައްކަތެއް މި ނިންމީ، ގާތްގަނޑަކަށް ދޮޅުއަހަރުގެ ތެރޭގައި. ދެން އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ފެންނާނެތާ، ދެން ކޮން މަސައްކަތެއް، ކޮން ވެރިކަމެއް، ކިހާވަރަކަށްކަން ކުރެވުނީ. ދެން މިކަމުގައި ނުޖެހޭނޫންތޯ، ކޮންމެ މީހަކު ތިމަންނައޭ ހުރިހާ ކަމެއް ކުރީ. ތިމަންނައޭ ގިނަ މަސައްކަތްކުރީ. އެއީ ދެން ކުޑަކުދިން އުޅޭގޮތްކަންނޭނގެ. އެހެންއުޅޭކަށް ނުވާނެ." ކަމަށެވެ.

ރައީސް މުއިއްޒުއެވެ. އަދި ރޯވަރެއް ނުވެއެވެ. އަދި އަމުދުން ކުޑަކުއްޖެއްހެން ރޯވަރެއް ނުވެއެވެ. މަނިކުފާނުގެ ވެރިކަމުގައި އެތަނުގައި ކުރި މަސައްކަތް އެހުރީ ފެންނާށެވެ. ކުރި މަސައްކަތަކީ އެއް އަހަރު ވަންދެން މަސައްކަތް ނުކޮށް އޮތުމުން އަރާފައި ހުރި ހިރަފުސް ފޮޅުމެވެ. ކުލަ ވެއްޓިފައި ހުރި ތަންތަނުގައި ކުލަ ލުމެވެ. ދޮރު ބިއްލޫރިތައް ސާފުކުރުމެވެ. ރައީސް މުއިއްޒެވެ. ކިތައްމެ ވަރަކަށް މަނިފާނު ބޮޑާ ހާކާފައި ދެފައި ކާއްތާފައި ރުޔަސް އެއީ މަނިކުފާނަށް ކްރެޑިޓް ނެގޭނެ ކަމެއް ނޫނެވެ. ރިބަން ކަނޑައިގެން ކްރެޑިޓް ނަގާނަމަ އެކަން ކުރައްވާށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތަށް ބަލާއިރު، ވެރިކަން ބަދަލުވިއިރު އެއަރޕޯޓުގެ އައު ޓާމިނަލްގެ 71 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވިއިރު، ބެގެޖް ހެންޑްލިންގ ސިސްޓަމް ފިޔަވައި އެހެން ހުރިހާ މަސައްކަތެއްގެ ބޮޑުބައި ވަނީ ނިމިފައެވެ.

އައު ޓާމިނަލްގެ ކޮންކްރީޓް %100 އޮތީ ނިމިފައެވެ. ސްޓީލް ސްޓްރަކްޗަރ %97 ނިމިފައިވާ އިރު، ބްލޮކް ވޯލް %60 ވަނީ ނިމިފައެވެ. ފަސާޑް %89 ނިމިފައި، ރޫފް %100 ނިމިފައި، އެމް.އީ.ޕީ %45 ނިމިފައި، އައި.ސީ.ޓީ އަދި އީ.އެލް.ވީ %32 ނިމިފައި، އެޗް.ވީ.ޓީ.އެސް %90 ނިމިފައި، އޭ.ވީ.ޑީ.ޖީ.އެސް %97 ނިމިފައި އަދި ޕީ.ބީ.ބީ %99 ނިމިފައެވެ. ޖުމްލަ 71 އިންސައްތަ އޮތީ ނިމިފައެވެ. އެހެންވީމާ މަނިކުފާނު އަލަށް ފަށައި ނިންމަންޖެހޭ ކަމެއް ނެތެވެ. މަނިކުފާނާއި ހަވާލުކުރެވުނީ މަސައްކަތް ނިމުނީމާ ރިބަން ކަނޑާށެވެ. މެޑަލްވެސް ޖަހަންވީއެވެ. ފޮނިވެސް ކަނޑަންވީއެވެ. ނަމަވެސް އައު ޓާމިނަލްއޭ ކިޔާ މަނިކުފާނަށް އަނގަހުޅުވައި ވާހަކަ ދެއްކޭނެ ޖާގައެއް ނެތެވެ.

އެއަރޕޯޓުގެ އައު މަސައްކަތް ނިމި ހުޅުވެނީވެސް ރިކަން ބަދަލުވެގެން އައި އިރުވެސް ޓައިމްލައިން އިން ގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު