Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާއިން މިއަހަރު މީހުން ހައްޖަށް ނުފޮނުވުން

އިގްތިޞާދީ ހާލަތާއި ހެދި ސްރީލަންކާގެ މުސްލިމުން މިއަހަރު ހައްޖަށް ނުފޮނުވާން ނިންމައިފި

1 ޖޫން 2022 | ބުދަ 02:09

ލަންކާއަށް ލިބިފައިވަނީ 1585 މީހުންގެ ކޯޓާއެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖޫން 2022 | ބުދަ 02:09
ހައްޖު

ހައްޖު

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާގެ ސަބަބުން މިއަހަރު ހައްޖަށް ލަންކާގެ މުސްލިމުން ނުފޮނުވާން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެކަންހާމަކޮށް ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް މުސްލިމު ރެލިޖިއަސް އެންޑް ކަލްޗަރަލް އެފެެއަރޒް އިން ބުނީ ޤައުމުގެ އިގްތިޞާދީ ހާލަތަށް ރިޢާޔަތްކުރުމަށްފަހު މިއަހަރު ހައްޖަށް ނުފޮނުވާން ނިންމާފައިވާކަމަށެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގައި މުސްލިމުންގެ އާބާދީއަކީ 10 އިންސައްތައެވެ. މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެއް މިލިއަން މީހުންކަމަށް ސައުދީއަރަބިއްޔާއިން ކަނޑައެޅުމުން ލަންކާއަށް ލިބިފައިވަނީ 1585 މީހުންގެ ކޯޓާއެކެވެ. ނަމަވެސް ލަންކާގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކާއެކު މިއަދަދަށްވެސް މުސްލިމުން ހައްޖަށް ނުފޮނުވުމަށް ވަނީ ނިންމާފައެވެ.

ހައްޖަށް މީހުން ފޮނުވުމުގައި ލަންކާގައި ހަރަކާތްތެރިވާ ދެ ޖަމާއަތްކަމުގައިވާ އޯލް ސިލޯން ހައްޖު ޓުއަރ އޮޕަރޭޓަރސް އެސޯސިއޭޝަން އާއި ހައްޖު ޓުއަރ އޮޕަރޭޓަރސް އެސޯސިއޭޝަން އޮފް ސްރީލަންކަން އިން ޑިޕާޓްމަންޓް އޮފް މުސްލިމު ރެލިޖިއަސް އެންޑް ކަލްޗަރަލް އެފެއަރޒްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިޞާދީ ހާލަތާ ހުރެ، މީހުން ތަހައްމަލުކުރަމުންދާ ކަންކަމާއެކު ދެ ޖަމާއަތުންވެސް ހައްޖަށްނުދާން ނިންމާފައިވާކަމަށެވެ.

ހައްޖު ޓުއަރ އޮޕަރޭޓަރސް އެސޯސިއޭޝަންގެ ރައީސް ރިޒްމީ ވިދާޅުވީ މިގޮތަށް ނިންމަން ޖެހުނީ ގައުމަށް ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ އިންތިހާ ދަރަޖައިގެ ދަތިކަމުގެ ސަބަބުންކަމަށެވެ.

ޑިޕާޓްމަންޓް އޮފް މުސްލިމު ރެލިޖިއަސް އެފެއަރސްގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ހައްޖު ކޮމިޓީގެ ޗެއާމަން އަހްކަމް އުވައިސް ވިދާޅުވީ ހައްޖަށް މީހުން ގެންދިޔުމުގެ ހުރިހާ ކަމަކަށް 10 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށެވެ. މިއީ މިހާރުގެ އިގްތިޞާދީ ހާލަތާއި އަޅާބަލާއިރު ވަރަށް ބޮޑު އަދަދެއްކަމަށް އަހްކަމް ވިދާޅުވިއެވެ.

1948 ވަނަ އަހަރު ސްރީލަންކާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިޞާދީ ތަދުމަޑުކަމާއެކު އެންމެ އަސާސީ ތަކެތި ހޯދުމަށްވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ފޮރިން ރިޒަރްވ އެއްކޮށްހެން ހުސްވެ ގައުމު ވަނީ ޑިފޯލްޓަކަށް ގޮސްފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާހައްޖު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް