Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

ކޮވިޑުގެ ސަބަބުން މެސީގެ ކުޅުމަށް ބޮޑު އަސަރުތަކެއްކުރި

31 މެއި 2022 | އަންގާރަ 12:37

އެކަށީގެންވާ މުއްދަތަކު މަޑުނުކޮށް ކުޅެން ފެށުމުން ހާލަތު އިތުރަށް ގޯސްވި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 31 މެއި 2022 | އަންގާރަ 12:37
ޕީއެސްޖީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީ

ޕީއެސްޖީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީ

ކޮވިޑް-19ގެ ސަބަބުން ޕީއެސްޖީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީގެ ކުޅުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރިކަމަށް އޭނާ ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީއަކީ ވަރަށް މަދުން ނޫނީ މީޑިއާތަކާ ވާހަކަދައްކާ ކުޅުންތެރިއެއް ނޫނެވެ. ނަމަވެސް އޭނާ މީޑިއާތަކާ ވާހަކަދައްކާ މަދު ފަހަރަކީ އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓޭ ފަހަރުތަކެކެވެ.

ދާދި ފަހުން ޓީވައިސީ ސްޕޯޓްސްއަށް މެސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކޮވިޑު ޖެހުމުގެ ސަބަބުން ނޭވާލުމަށް އުނދަގޫވެ، އޭގެ ނޭދެވޭ އަސަރު ކުޅުމަށް ކޮށްފައިވާ ކަމަށެވެ. މެސީއަށް ކޮވިޑު ޖެހުނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ދުނިޔޭގެ ގިނަ މީހުންނެކޭ އެއްގޮތަށް ކޮވިޑު ޖެހުމުން މެސީއަށްވެސް ވަނީ ކެއްސުމާއި، ކަރަށް ތަދުވުމުގެ އިތުރުން ހުންއައުންފަދަ އުނދަގޫތައް ވެފައެވެ.

ނަމަވެސް ކޮވިޑުން ރަނގަޅުވި ފަހުންވެސް މެސީގެ ނޭވާލުމަށް އުނދަގޫވާކަން އޭނާ ފާހަގަކުރިއެވެ. މިއީ ކޮވިޑުގެ އާފްޓަރ އިފެކްޓެއްގެ ގޮތުގައި ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. މެސީ ބުނީ އޭނާ ހީކުރި ވަރަށްވުރެ ދިގު މުއްދަތަކަށް މި މައްސަލައާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން ރަނގަޅަށް ދުއްވައި ނުގަނެވި ދޮޅު މަސް ހޭދަކުރަން ޖެހުނުކަން މެސީ ފާހަގަކުރިއެވެ. ކޮވިޑުގެ ސަބަބުން ފްރެންޗް ލީގުގެ ދެމެޗަކާއި ކޫޕް ޑި ފްރާންސްގެ މެޗެއް މެސީއަށް ގެއްލުނެވެ.

ނޭވާލާން އުނދަގޫވި ނަމަވެސް އަވަހަށް ކުޅުމުގެ ތެރެއަށް ވަނީ ޓީމުގައި ކުރިއަށްދާން ބޭނުންވެފައި ހުރި ވަރުން ކަމަށް މެސީ ބުންޏެވެ. އެކަށީގެންވާ މުއްދަތަކު ކުޅުމާއި ދުރުގައި މަޑު ނުކުރުމުން އޭނާގެ ކުޅުމަށް ނޭދެވޭ އަސަރުކޮށް، ބަލި އިތުރަށް ގޯސްވިކަމަށް މެސީ ބުންޏެވެ.

ލިއޮނެލް މެސީޕީއެސްޖީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް