Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ ސްކޫލަކަށް ދިން ބަޑީގެ ހަމަލާ

އެމެރިކާގެ ސްކޫލަކަށް ވަދެ ބަޑިޖެހި ހާދިސާގައި ފުލުހުންގެ ރެސްޕޮންސް ލަސްވި ސަބަބު ބަލަނީ

މިހާދިސާގައި 19 ކުދިންނާއި 2 ޓީޗަރުންވަނީ ރަހުމެއްނެތި މަރާލާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 30 މެއި 2022 | ހޯމަ 06:44
އެމެރިކާގައި ސްކޫލް ކުދިންތަކެއް މަރާލުން

އެމެރިކާގައި ސްކޫލް ކުދިންތަކެއް މަރާލުން

ޓެކްސަސްގެ ޔޫވަލްޑީގައި ހުންނަ ރޮބް އެލިމެންޓަރީ ސްކޫލްއަށް ބަޑި ހިފައިގެން ހުރި ޒުވާނަކު ވަދެ 19 ކުދިންނާއި 2 ޓީޗަރުން ވަނީ ރަހުމެއްނެތި ބަޑި ޖަހާ މަރާލާފައެވެ. ބަޑި ޖަހާފައިވަނީ އުމުރުން 18 އަހަރުގެ ސެލްވެޑޯ ރާމޯސް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ކުދިން ގަޔަށް ބަޑި ޖަހަން ބޭނުންކޮށްފައިވަނީ އޭނަޔަށް 18 އަހަރުފުރުމާއެކު ގާނޫނީ ހުއްދަޔާއެކު އަމިއްލަޔަށް ގަނެފައިވާ އެސޯލްޓް ރައިފަލް އެކެވެ.

ކުދިންނާއި ދެޓީޗަރުގެ ޖަނާޒާ ބާއްވާފައިވާ އިރު އާދީއްތަ ދުވަހު ވަނީ ކުދިންގެ ހަދާނުގައި ޚާއްސަ އިހްތިފާލެއް ބާއްވާފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އަނބިކަނބަލުން ޖިލް ބައިޑަން ވަނީ އާދީއްތަ ދުވަހު ޔޫވަލްޑީއަށް ދަތުރު ކުރައްވާ މިކަމުގައި ބައިވެރިވެވަޑައިގެން މަރުވި ކުދިންގެ އާއިލާތަކާ އަދި ސަލާމަތްވި ކުދިންނާ ބައްދަލުކުރައްވާ ތައުޒިޔާ ވިދާޅުވެ ހިއްވަރު ދެއްވާފައެވެ.

މިހާދިސާ ހިނގުމަށްފަހު ވަރަށް އަވަހަށް ފުލުހުން ސީންއަށް ގޮސްފައިވީ ނަމަވެސް ބަޑި ހިފައިގެން ހުރި މީހާ ހުރި ތަނެއް ހޯދާ އޭނާއާ ކުރިމަތިލުން މާބޮޑަށް ލަސްކޮށްފައިވާކަމަށް ބުނެ، ބެލެނިވެރިން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ބަޑި ގެންގުޅެވޭ އުމުރު މަތި ކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މިމަހު އުމުރުން 18 އަހަރު ފުރުނު ސެލްވެޑޯ ރާމޯސް އަކީ ވާހަކަ ދެއްކުމުގައި ހުންނަ އުދަގޫ ގޮތެއްގެ ސަބަބުން ސްކޫލްގަ ގަނާ ކުރެވެމުން އައި ކުއްޖެއްކަމަށް ވެއެވެ. އަދި މިކަމާ ހުރެ އޭނާގެ ސްކޫލްގެ ހަޔާތް ވޭތުވެފައިވަނީ އެންމެ އެދެވޭ ގޮތުގައެއް ނޫނެވެ. އަދި އޭނާ އަބަދުވެސް ހުންނަނީ ހިތް ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށް ވެއެވެ.

މިދިޔަ އަންގާރަ ދުވަހު ވެސް ސެލްވެޑޯ ރާމޯސް ހެނދުނު ގެއިން ނިކުތީ އެފަދަ ނުތަނަވަސް ހާލަތެއްގައި ހުރެ އަމިއްލަ މާމައާ ގަދަޔަށް ޒުވާބުކޮށް މާމަގެ ގަޔަށްވެސް ބަޑިން ހަމަލާދިނުމަށް ފަހުއެވެ. އެއަށް ފަހު އޭނާ ދެކެފަރިތަ އަންހެން ކުއްޖަކަށް މެސެޖްކޮށް މާމަޔަށް ބަޑިން ހަމަލާ ދިން ކަމަށާއި އަދި ސްކޫލްއަކަށް ވަދެ ބަޑިޖަހަން ދާ ކަމަށް ބުނެ ޕްރައިވެޓް މެސެޖް ކުރި ކަމަށް ވެއެވެ.

ހެނދުނު 11:30 އެހާކަންހާއިރު ޓްރަކްއެއްގައި އޭނާގެ ގެޔާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ރޮބް އެލިމަންޓަރީ ސްކޫލް ކައިރިއަށް ގޮސް، ފެންސެއްގެ މަތިން ފުންމާލައިގެން ސްކޫލް ތެރެއަށް އޭނާ ވަނެވެ. އަދި ހުޅުވިފައި ހުރި ދޮރަކުން ސްކޫލް އިމާރާތުގެ އެތެރެޔަށް ވެސް ވަނެވެ. ހުއްޓުވާނެ މީހަކު ނެތި އޭނާ ދިޔަ ގޮތަށް ގޮސް ގްރޭޑް 4 ގެ ކްލާހަކަށް ވަދެ ކުދިންތަކެއް ގަޔަށް ވަގުތުން ބަޑި ޖެހިއެވެ. އޭރު ގަޑިން 11:35 ހާއިރެވެ. ހަމަ އޭރު ފުލުހުން ނުވަތަ ސެކިއުރިޓީ އޮފިސަރުން ސްކޫލްއަށް ވަން ކަމަށް ވެއެވެ. ނަމަވެސް ބަޑީގެ އަޑު އިވެމުންދާތީ ފުލުހުން ތިބީ "ލޮކްޑައުންގައި" ކަމަށް ފުރަތަމަ ރިޕޯޓްތައް ބުނެފައި ވެއެވެ. 12 ޖެހުމާހަމަޔަށް ވެސް އިތުރު ފުލުހުން ސްކޫލު ދޮށަށް އަންނަމުން ދިޔައެވެ. ނަމަވެސް ބަޑިޖެހި މީހާއާ ދިމާލަކަށް ނުދެއެވެ. ފުލުހުން އެކްޝަންއަށް އައީ ކްލާސް ރޫމް ތެރޭ ތަނެއްގައި ފިލާ ހުރެފަ ނިކުމެ ދެވަނަ ފަހަރަށް ކުދިން ގަޔަށް ރާމޯސް ބަޑި ޖަހަން ފެށުމުންނެވެ. އެހާހަމައިން ފުލުހުންގެ ޚާއްސަ ޔުނިޓަކުން ސްކޫލްގެ ޖެނިޓަރު އަތުން ތަޅުދަނޑި ހޯދައިގެން ކްލާސް ރޫމަށް ވަދެ ރާމޯސް މަރާލާފައިވަނީ 12:50 އެހާއިރު އެވެ. އެހިނގި ވަގުތުގެ ތެރޭގައި ރާމޯސް ވަނީ 19 ކުދިންނާއި އެކުދިންގެ ދެ ތީޗަރަކު މަރާލާފައެވެ. ބެލެނިވެރިން ބުނަނީ ކްލާސް ރޫމް ތެރޭގައި އޭނާ ހުރި ފަންސާހަކަށް މިނެޓު ތެރޭގައި ފުލުހުން އެކްޝަނަށް ދިޔަނަމަ، އެއަދަދަށް ކުދިން މަރުނުވެ ސަލާމަތް ކުރެވުނީސް ކަމަށެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު މައްސަލަ ހިނގި ގޮތް ބަލަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިވަނީ ނިންމާފައެވެ.

މިހާދިސާގައި މަރާލާފައިވަނީ އުމުރުން 10 އަހަރުން ދަށުގެ ކުދިންނެވެ.

ޖޯ ބައިޑަންއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު