Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރުޑިގާ ރެއާލަށް ބަދަލުން

މެޑިކަލް ޓެސްޓުތައް ހަދައި ރުޑިގާ ރެއާލަށް ސޮއިކޮށްފި

މެޑިކަލް ޓެސްޓުތައް ހަދައި، އެއްބަސްވުމުގައި ސޮއިކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މެއި 2022 | ހޯމަ 05:05
އެންޓޯނިއޯ ރުޑިގާ

އެންޓޯނިއޯ ރުޑިގާ

ޗެލްސީއަށް ކުޅެމުން އައި ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ރެއާލް މެޑްރިޑަށް ބަދަލުވުމަށް ހަދަންޖެހޭ މެޑިކަލް ޓެސްޓުތައް ހަދައި އެ ޓީމަށް ސޮއިކޮށްފިއެވެ.

ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި އަންނަ ސީޒަނަށް ރެއާލުން ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރުޑިގާ އިއުލާންކުރުމަށް އެ ޓީމުން މިހާރު ވަނީ ތައްޔާރުވެފައެވެ. އަދި ރެއާލަށް ބަދަލުވުމުގެ ކުރިން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހަފްތާތަކެއްގެ ކުރިން ލަންޑަނުގައި ހަދާފައިވާ ކަމަށެވެ. އަދި ރެއާލާއެކު އެއްބަސްވުމުގައި ސޮއިކޮށްފި ކަމަށް ރޮމާނޯ ވަނީ ބުނެފައެވެ.

ރުޑިގާ ރެއާލަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ރެއާލާއެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރެއާލުން ރުޑިގާ ހޯދީ އެ ޓީމަށް މިހާރު އެންމެ ބޭނުން ބޮޑުވެފައި އޮތީ ޓީމުގެ ފަހަތަށް ކުޅޭނެ ޓޮޕް ލެވެލްގެ ކުޅުންތެރިއަކަށްވުމުން ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.

ރޮމާގައި ހުރުމަށްފަހު ރުޑިގާ ޗެލްސީއަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް 203 މެޗު ކުޅެދީ 12 ލަނޑު ޖަހާފައެވެ. ރުޑިގާ ވަނީ ޗެލްސީއާއެކު އެފްއޭ ކަޕް އެއް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ޔޫރޮޕާ ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެއް ފަހަރު ހޯދާފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ޓީމާއެކު އެފްއޭ ކަޕްގެ ރަނަރއަޕް ކަން ތިން ފަހަރު އަދި ކަރަބޯ ކަޕްގެ ރަނަރއަޕް ކަން ދެ ފަހަރު ހޯދާފައެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ރުޑިގާ ވަނީ ގައުމީ ޓީމާއެކު 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑަރޭޝަން ކަޕް ކާމިޔާބުކޮށްފައެވެ. އޭނާ އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެމުންނެވެ.

ރެއާލް މެޑްރިޑްއެންޓޯނިއޯ ރުޑިގާޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު