Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕުޓިންގެ ސިއްހީ ހާލުކޮޅު

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ޕުޓިން ދެން ދުނިޔޭގައި ހުންނަވާނީ ތިން އަހަރު

ޕުޓިން އަށް ވަނީ ވަރަށް ނުރައްކާތެރި ވަރަށް އަވަހަށް ފެތުރިގެންދާ ކެންސަރު ބަލީގެ ވައްތަރެއް ޖެހިވަޑައިގަންނަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 މެއި 2022 | ހޯމަ 01:54
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއަށް ވަނީ ވަރަށް ނުރައްކާތެރި ވަރަށް އަވަހަށް ފެތުރިގެންދާ ކެންސަރު ބަލީގެ ވައްތަރެއް ޖެހިވަޑައިގަންނަވާފައިކަމަށް ރަޝިޔާގެ އިންޓެލިޖެންސްއާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިޔާ ރިޕޯޓްތަކުގައި ރަޝިޔާ އިންޓެލިޖެންސްއާ ހަވާލާދީ ބުނެފައިވަނީ ޕުޓިންގެ އަތާއި ފައި އެއްވެސް ކޮންޓްރޯލެއް ނެތި ތުރުތުރުއަޅާކަމަށެވެ. މީގެއިތުރުން ރަޝިޔާގެ އިންޓެލިޖެންސް އާއި ހަވާލާދީ ޕުޓިންގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ޕުޓިން ދުނިޔޭގައި އެންމެ ގިނަވެގެންވެސް ހުންނަވާނީ ތިން އަހަރުކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މީގެއިތުރުން އުމުރުފުޅުން 69 އަހަރުގެ ޕުޓިންގެ ލޮލުގެ ފެނުންވެސް އަންނަނީ މަޑުމަޑުން ނެތެމުންކަމަށް އިންޓެލިޖެންސް އޮފިސަރަކާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ. އޮފިސަރު ވިދާޅުވެފައިވަނީ ޕުޓިން ގެންދަވަނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސުމާވެސް ކުރިމަތިލައްވަމުންނެވެ. އަދި ޓީވީން ރައްޔިތުންނާ މުޚާތަބުކުރައްވާއިރު ވިދާޅުވާ ހުރިހާ ވާހަކައެއްވެސް ހުންނަނީ ބޮޑު އަކުރުން ކަރުދާހުގައި ލިޔެފައިކަމަށާއި އަކުރުތައް ބޮޑުކަމުން ގަނޑެއްގައި ލިޔެވެނީ ދެތިން ޖުމްލަކަމަށް އޮފިސަރު ވަނީ ވިދާޅުވެފައެވެ.

ފާއިތުވި ހަފްތާގައި ޕުޓިން ވަނީ ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކާޝެންކޯއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ޕުޓިންގެ ފައިންޕުޅަށް ގޮތްތަކެއް ހައްދަވާ މަންޒަރު ފެނިފައިވެއެވެ. އަދި ފާއިތުވި ހަފްތާގައި ޓީވީން ޕުޓިން ފެނުނުއިރު އެހެންޏާއި ނުހައްދަވާ ގޮތްތަކެއް ހެއްދެވި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ޔޫކްރެއިންގެ ސްޕައިމާސްޓަރަކާ ހަވާލާދީ މީޑިޔާގައި ރިޕޯޓްކޮށްފައިވަނީ ޕުޓިންއަށް ވަނީ ވަރަށް ސީރިއަސް ބައްޔެއް ޖެހިވަޑައިގަންނަވާފައިކަމަށާއި އޭގެތެރެއިން އެއް ބައްޔަކީ ކެންސަރު ކަމަށެވެ.

ޕުޓިންއަށް ވަރަށް ބޮޑެތި އަކުރުތައް ނޫނީ ވިދާޅުނުވެވުމާއި އަވަސް އަވަހަށް މޫޑަށް އަންނަ ބަދަލުތަކާއެކު ސްޓާފުންވެސް ތިބެނީ ފާޑަކަށް ބިރުންކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ޕުޓިން އައިނު ނާޅުއްވާނެކަމަށާއި އެއީ އެކަމުގެ ސަބަބުން ޕުޓިން އާލާސްކަންފުޅާ އުޅުއްވާކަން އެނގިގެންދާނެތީކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން ޕުޓިން މިހާރު އެއްވެސް މީހަކަށް އިތުބާރު ނުކުރައްވާކަމަށާއި ވަރަށް އަވަސް އަވަހަށް ކޯފާއިސްކުރައްވާކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޕުޓިން ވަނީ މީގެ 14 ދުވަސް ކުރިން ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް އޮޕަރޭޝަނެއް ކުރައްވާފައެވެ. އަދި އެއޮޕަރޭޝަން ކާމިޔާބުކަމަށް ކްރެމްލިންގެ އެކި ސޯސްތަކާއި ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ.

މީގެއިތުރުން ޕުޓިން ކައިރީގައި އަބަދުވެސް ޑޮކްޓަރުންގެ ޓީމެއް ގެންގުޅުއްވާކަމަށާއި ޓްރީޓްމެންޓްތައް ނަންގަވާތީ ބްރޭކެއް ނުނަންގަވާ މީޓިންތައްވެސް ކުރިޔަށް ނުގެންދަވާކަމަށް ކުރީގެ އެމްސިކްސްޓީނު ޑެސްކް އޮފިސަރު ކްރިސްޓޮފަރ ސްޓީލެ އާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ.

ވްލަޑިމިއަރ ޕުޓިންރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު