Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

އެންމެ ގިނައިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިން

އެންމެ ގިނައިން މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔަކީ ފްރެންސިސްކޯ ޖެންޓި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2022 | އާދީއްތަ 05:39
ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑް

ކުލަބް ފުޓުބޯޅައިގެ އެންމެ ވާދަވެރި އަދި އެންމެ ފޯރި ގަދަ މުބާރާތަކީ ޔުއެފާ ޗެމްޕިއަންސް ލީގެވެ.

އެކި ކުލަބުތަކުން މޮޅެތި ކުޅުންތެރިން ހިމަނައިގެން މުބާރާތަށް ނިކުތުމުގެ ބޭނުމަކީ ވެސް މި މުބާރާތް ކާމިޔާބުކުރުމެވެ. އެއް ސީޒަނުން އަނެއް ސީޒަނަށް ޓީމުތައް ވަރު ގަދަ ކުރުމުގެ ބޭނުމަކީ އެއީއެވެ. އެ ކުޅުންތެރިޔަކު ހިމެނޭ ޓީމަކާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ކޮންމެ ކުޅުންތެރިއެއްގެ ވެސް އަޒުމަކަށްވާނެއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑެވެ. އެ ޓީމުން މި މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައިވެއެވެ. އެ ޓީމާ އެންމެ ގާތުން މި މުބާރާތް ކާމިޔާބުކުރީ އޭސީ މިލާނެވެ. އޭސީ މިލާނުން ވަނީ ހަތް ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައެވެ. އޭގެ ފަހަތުން ލިވަޕޫލާއި ބަޔާން މިއުނިކް ވަނީ ހަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި ޓީމުތަކާއެކު ކުޅުންތެރިން ވަނީ އެތައް ފަހަރަކު މި މުބާރާތް ކާމިޔާބުކޮށްފައެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިންގެ ލިސްޓުގައި އެތައް ކުޅުންތެރިންނެއް ހިމެނެއެވެ. ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގަރެތް ބޭލް، ކަރީމް ބެންޒެމާ ޑެނީ ކަވަހަލް، ކަސެމިރީ، އިސްކޯ، މާސެލޯ، ލޫކާ މޮޑްރިޗް، ނާޗޯ އަދި ޓޯނީ ކްރޫސް ވަނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2014، 2016، 2017، 2018 އަދި 2022 ގައެވެ.

މި ލިސްޓުގައި ދެން ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ހެކްޓޯ ރިއާލް، ޖުއާން އެލޮންސޯ، ޖުއާން ސެންޓިސްޓެބަން، މާކިޓޮސް، ރަފެއެލް ލެސްމެސް، ޖޯސް މާރިއާ އަދި އަލްފްރެޑޯ ޑީ ސްޓެފާނޯ ވެސް ވަނީ މި މުބާރާތް ފަސް އަހަރު ހޯދާފައެވެ. އެއީ 1956، 1957، 1958، 1959 އަދި 1960 ގައެވެ. އަދި އަލެސާންޑްރޯ ކޮސްޓަކޫޓާ އާއި ޕައޮލޯ މަލްޑިނީ ވަނީ 1989، 1990، 1994، 2003 އަދި 2007 ގައި މުބާރާތް ހޯދާފައެވެ.

ދެން މި މުބާރާތް ފަސް އަހަރު ހޯދީ ކްރިސްޓިނާނޯ ރޮނާލްޑޯއެވެ. އޭނާ އަކީ ފަސް އަހަރު މުބާރާތް ހޯދުމުގެ އިތުރުން މުބާރާތުގެ އެތައް ރެކޯޑެއް އޮތް ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު އޮތީ ރޮނާލްޑޯ އަތުގައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް އޭނާއެވެ. ރޮނާލްޑޯ ވަނީ 2008، 2014، 2016، 2017 އަދި 2018 ގައި ޗެމްޕިއަންސް ލީގު ހޯދާފައެވެ.

އެންމެ ގިނައިން ޗެމްޕިއަންސް ލީގު ހޯދާފައިވަނީ ފްރެންސިސްކޯ ޖެންޓިއެވެ. އޭނާ ވަނީ މުބާރަތް ހަ އަހަރު ހޯދާފައެވެ. އެއީ 1956، 1957، 1958، 1959، 1960 އަދި 1966 އެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު