Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލްއިން އެމްބާޕޭ ހަނދާން ނައްތާލައިފި: ޕެރޭޒް

ޕެރޭޒް ބުނީ ކޯޓުއާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރު ކަމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 29 މެއި 2022 | އާދީއްތަ 02:38
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މޮޑްރިޗްއާއެކު

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މޮޑްރިޗްއާއެކު

ރެއާލް މެޑްރިޑުން ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ހަނދާން ނައްތާލާފައިވާކަމަށް ރެއާލްގެ ރައީސް ލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ސީޒަންގައި ރެއާލްއަށް ބަދަލުވުމުގެ މަޝްވަރާތައް ކުރުމަށްފަހު އެމްބާޕޭ ވަނީ ޕީއެސްޖީގައި މަޑުކުރުމަށް ނިންމާފައެވެ. މީގެ ސަބަބުން ރެއާލްގެ މެނޭޖުމެންޓާއި ސަޕޯޓަރުން އަދި ކުޅުންތެރިންވެސް ވަނީ އެމްބާޕޭގެ ނިންމުމާމެދު ނުރުހުން ފާޅުކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމަށްފަހު ޕެރޭޒް ވިދާޅުވީ ރެއާލްއިން އަބަދުވެސް ސަމާލުކަން ދޭނީ އެންމެ މޮޅު ކުޅުންތެރިންނާއެކު މަސައްކަތް ކުރުމަށް ކަމަށެވެ. ނަމަވެސް މިއަދު އެމްބާޕޭގެ މަތިން ޓީމު ހަނދާން ނައްތާލައިފިކަން ފާހަގަކޮށް ޕެރޭޒް ވިދާޅުވީ ރެއާލް މެޑްރިޑުން މިވަނީ ފުރިހަމަ ސީޒަނެއް ނިންމާލާފައި ކަމަށެވެ. މި ސީޒަންގައި ރެއާލް ވަނީ ސްޕެނިޝް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ޕެރޭޒް ވިދާޅުވީ ޓީމު ހޯދި ކާމިޔާބީއާމެދު އޭނާ އުފާކުރާ ކަމަށެވެ. އަދި މިއީ ޓީމުގެ ކުޅުންތެރިންނާ ކޯޗުގެ އިތުރުން ސަޕޯޓަރުންގެ ހިތްވަރުން ލިބުނު ކާމިޔާބެއްގެ ގޮތުގައި ޕެރޭޒް ސިފަކުރެއްވިއެވެ. މުބާރާތުގެ ފައިނަލް މެޗުގައި ލިވަޕޫލް އަތުން ރެއާލް މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ވިނީޝިއޫސް ޖޫނިއާއެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ވިނީޝިއޫސް ވަނީ މުބާރާތުގެ ތަށި ޓީމަށް ހޯދައިދީ، ޓީމުގައި ޒުވާން މުސްތަގުބަލެއް އޮތްކަން ސާބިތު ކޮށްދީފައެވެ.

ޕެރޭޒް ވަނީ މި ސީޒަންގައި އެޓީމުގެ ކީޕަރު ތީބޯ ކޯޓުއާ ދެއްކި މޮޅު ކުޅުމަށް ތައުރީފު ކޮށްފައެވެ. ޕެރޭޒް ވަނީ ލިވަޕޫލްގެ ސަލާހްއާ މާނޭ އުފެއްދި ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމުގައި ކޯޓުއާ އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޕެރޭޒް ވިދާޅުވީ ކޯޓުއާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރު ކަމަށެވެ.

ރެއާލް މެޑްރިޑްކީލިއަން އެމްބާޕޭފްލޮރެންޓީނޯ ޕެރޭޒްޗެމްޕިއަންސް ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު