Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖްކުރުން

"ކުނިން ހަކަތަ އުފައްދާ ނިޒާމަށް ބޭނުންވަނީ ވަކި ކޮލިޓީއެއްގެ ކުނި، ކުނި ވަކިކުރުމުން އެކަން ހާސިލްވާނެ"

28 މެއި 2022 | ހޮނިހިރު 09:53

ޖޫން އެކަކުން ފެށިގެން ކުނި ނެރެންޖެހެނީ އެކި ބާވަތްތައް ވަކިކޮށްގެން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 މެއި 2022 | ހޮނިހިރު 09:53
މާލޭގެ މަގުމައްޗަށް ޖަމާކޮށްފައި ހުރި ކުނި

މާލޭގެ މަގުމައްޗަށް ޖަމާކޮށްފައި ހުރި ކުނި

މުޅި މާލެ ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ގާއިމްކުރާ ކުރިން ހަކަތަ އުފެއްދުމުގެ ނިޒާމަށް ބޭނުންވަނީ ވަކި ކޮލިޓީއެއްގައި ހުންނަ ކުނި ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ރައްކާތެރިގޮތުގައި ކުނި މެނޭޖްނުކުރުމުގެ މައްސަލައަކީ ޒަމާންތަކެއްވީ މައްސަލައެކެވެ. މިކަމަށް ތިމާވެއްޓާ ރައްޓެހި ހައްލެއް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ވަނީ ކުނި މެނޭޖްކުރުމުގެ ގާނޫނެއް އެކުލަވާލައި، ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމަކާ ދިމާލަށް މިސްރާބު ޖަހާފައެވެ. އަދި މި މަސައްކަތާ ގުޅިގެން ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބީސީތަކުން ކުނި ނެރޭއިރު ކުނި ވަކިކޮށްގެން ނެރުމަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

ކުނި މެނޭޖްކުރުމަށް ތިލަފުށީގައި މިހާރު ކުރެވެމުންދާ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުމަށް ހޮނިހިރު ދުވަހު ވަނީ ފީލްޑް ޓްރިޕެއް ކުރިއަށްގެންގޮސްފައެވެ. ވެމްކޯއިން މިހާރު ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށްފަހު އެކުންފުނިން ބުނީ ކުރިއަށްއޮތްތަނުގައި ގާއިމްކުރާ ވޭސްޓް އެނަރޖީ ޕްލާންޓަށް ގެންދާ ކުނި ހުންނަންޖެހެނީ ވަކި ކޮލިޓީއެއްގައި، އެކި ކަހަލަ ކުނި ވަކިން ކަމަށެވެ.

ވެމްކޯއަށް ކުނި ގެންދާއިރު ކުނި ވަކިނުކޮށް ހުންނަނަމަ އެ މަސައްކަތަށް ބޭނުންވާ ކޮލިޓީއަށް ކުނި ގެނެސް، ކުނި ވަކިކުރުމުގެ މަސައްކަތް ކުރަމުންދަނީ ވެމްކޯގެ މުވައްޒަފުން އެމީހުންގެ އަތުން ކަމަށާއި، މިއީ އެތައް ވަގުތެއް ހޭދަކޮށް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މިއި ބޮޑު ޚަރަދެއްވެސް ހިނގާ ކަމެއް ކަމަށާއި، މި ހުރިހާ ކަމަކަށްވެސް ހައްލު ލިބެން އޮތީ ކުނި އުފައްދާ ތަންތަނުން އެކުނި ވަކިކޮށް، ރަނގަޅު ގޮތުގައި ތިލަފުއްޓަށް ފޮނުވައިގެން ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. އަދި 2023 ގައި ފަށާ ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތަށް ތައްޔާރުވެވެންވެސް އޮތީ މިހެން ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ކުނިން ނަފާ ހޯދުމަށްވެސް މަސައްކަތް ފަށާފައިވާއިރު، އެތަކެތި އަނބުރާ މާކެޓަށް ނެރެވެން އޮތީވެސް ކުނި ވަކިކޮށްގެންކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.

އަންނަ ޖޫން މަހުގެ އެކަކުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެރޭއިރު ނެރެންޖެހެނީ 3 ބާވަތެއްގެ ކުނި ވަކިކޮށްގެންނެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތުގެ ކުންޏެވެ. މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ ކުނިވާޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި، މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.

މި ބަދަލާއެކު ޖޫން މަހުން ފެށިގެން ކުނި ބަންދު ކުރާއިރު ވަކި ކުރަން ކަނޑައަޅާފައިވާ ކުނި، އެއްކުނީގެ ބާވަތްތަކާއި އަނެއްކުނީގެ ބާވަތްތައް އެއް ނުވާނެހެން ވަކި ކޮތަޅުތަކުގައި ބަންދު ކުރުމަށް ސަމާލުވުމަށް ވެމްކޯއިން އެދެއެވެ. އަދި އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުން ވެސް ވެމްކޯގެ ސައިޓުތަކަށް ކުނި އުކާލާއިރު ކުނި ވަކި ކުރަން އެ ކުންފުނިން ވަނީ އަންގާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް