Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައިޑްރޯގްރަފިކް ސާވޭ

މެދު ރާއްޖެއާއި އުތުރުގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ނިންމާލައިފި

މިސާވޭ ކުރިޔަށް ގެންގޮސްފައިވަނީ އޭޕްރީލް 21ން މެއި 23ށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 މެއި 2022 | ބުރާސްފަތި 20:21
ހައިޑްރޮގްރެފިކް ސާވޭގައި ހަރަކާތްތެރިވާ އުޅަނދު

ހައިޑްރޮގްރެފިކް ސާވޭގައި ހަރަކާތްތެރިވާ އުޅަނދު

އިންޑިއާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ކުރަން ފެށި ހައިޑްރޮގްރަޕިކް ސާވޭގެ ތެރެއިން މާލޭ ސަރަހައްދާއި އުތުރުގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ނިންމާލައިފިއެވެ.

މި ސާވޭ އަކީ އިންޑިއާ އަސްކަރިއްޔާ އާާއި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި ކުރިޔަށްގެންދިޔަ ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭއެވެ. ސާވޭ ކުރަން ބޭނުންކޮށްފައިވަނީ އިންޑިއާގެ ސުލްތެޖު ކިޔާ މަނަވަރެކެވެ. ސާވޭގެ ތެރެއިން ހޯދުނު ހޯދުންތައް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީއާ ހަވާލުކޮށްފައެވެ. މިސާވޭ ކުރިޔަށް ގެންގޮސްފައިވަނީ އޭޕްރީލް 21ން މެއި 23އަށެވެ.

Advertisement - newsAdvertisement

ދެވަނަ ހައިޑްރޮގްރަޕިކް ސާވޭގެ ދަށުން 650 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވެއެވެ. އެއީ އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އާއި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިންއެވެ. ހދ. ހަނިމާދޫ އިން ފެށިގެން ށ. ފުނަދޫއާ ހިސާބަށް 844 ސްކޮޔާ ކިލޯމީޓަރު ވަނީ ސާވޭ ކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ 100 ސްކޮޔާ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ސާވޭކޮށްފައެވެ.

އެންމެ ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭއެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިންނެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ އަދި މާޗް މަހުގައެވެ.

ހައިޑްރޮގްރެޕިކް ދެވަނަ ސާވޭގެ ސަބަބުން މި ސަރަހައްދުތަކުގައި ދަތުރުކުރަން ބޭނުން ކުރާ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވާނެ ކަމަށް ވެސް ހައިޑްރޮގްރެޕިކް ސާވިސްއިން ބުނެއެވެ. އަދި ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވެގެން ދާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ސަރވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަރު ކުޑަކުރެވިގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރުމަށާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ ކަމަށާއި، ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މައުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މައުލޫމާތު ވެސް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު