Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިޤްތިސާދު

ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނީ ދަނީ ދަށްވަމުން: އަމީރު

26 މެއި 2022 | ބުރާސްފަތި 06:56

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އިތުރުވެގެންދާނީ 2026 ވަނަ އަހަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 މެއި 2022 | ބުރާސްފަތި 06:56
އިޤްތިސާދީ ކޮމިޓީ ބައްދަލުވުން

އިޤްތިސާދީ ކޮމިޓީ ބައްދަލުވުން

ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނީ ދަނީ ދަށްވަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީ ބައްދަލުވުމުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑަށް ފަހު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރާ އިޤްތިސާދުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެންދާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އައީ 2020 އަދި 2021 ގައި ކަމަށެވެ. މިހާރު ރާއްޖެ އޮތީ މިއަށްވުރެ ރަނގަޅު ހާލަތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު ނިމުނުއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނީގެ ނިސްބަތް ހުރީ ގާތްގަނޑަކަށް 130 ގައި ކަމަށެވެ. މިހާރު ދައުލަތުގެ އާމްދަނީ އިތުރުވެ، ޖީޑީޕީ އިތުރުވަމުންދިއުމާއެކު ދަރަނި ނަގާ މިންވަރު ދަށްވަމުންދާތީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަނީ ދަށްވަމުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އެހެންކަމުން، ރާއްޖެއިން ދައްކަންޖެހޭ ދަރަނި ނުދެއްކުމުގެ އެއްވެސް ރިސްކެއް ނެތް ކަމަށާއި އެކަންކަން މެނޭޖްކުރަމުންދާކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. މިގޮތުން، 2021 ވަނައަހަރު ސުކޫކު ވިއްކިއިރު ލައިބިލިޓީ މެނޭޖްމެންޓް އެކްސަރސައިޒެއް ހިންގައި، މާކެޓް ޕްރޯ ގޮތަކަށް މިކަން ރީސްޓްރަކްޗަރ ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނޫންނަމަ މި އަންނަ ޖޫން މަހު ސަނީ ސައިޑް ބޮންޑަށް އެއްފަހަރާ 250 މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށާއި، ކުރިއާލައި ރާވައިގެން މިދިޔަ އަހަރު މި ބޮންޑަށް ގާތްގަނޑަކަށް 192 މިލިއަން ޑޮލަރު ދައްކާފައިވާކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. ބާކީ 58 މިލިއަން ޑޮލަރާއި އިންޓްރެސްޓް ޕޭމެންޓާ އެއްކޮށް ޖޫން ފުރަތަމަ ހަފްތާގައި 62 މިލިއަން ރުފިޔާ ދައްކާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ފައިސާ އެބަހުރި ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު ނަގާފައިހުރި ދަރަނިތަކާއެކު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އިތުރުވެގެންދާނީ 2026 ވަނަ އަހަރުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ކުރިން އަނެއްކާވެސް ލައިބިލިޓީ މެނޭޖްމެންޓް އެކްސަރސައިޒެއް ހިންގައި ދަރަނި މެނޭޖްކުރުމަށްޓަކާ މަސައްކަތްތަކެއް ކުރަންޖެހޭނެކަން މިނިސްޓަރު އަމީރު ވަނީ ފާހަގަކުރައްވާފައެވެ. ޗޯޓް އަދި މީޑިއަމް ޓާމްގައި ރާއްޖެއިން ދަރަނި ދެއްކުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެކަން ވޯލްޑް ބޭންކް އަދި އޭޑީބީގެ ރިޕޯޓުތަކުގައިވެސް ފާހަގަކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައްވެސް ބަރާބަރަށް ދަށްކަމުން ދާކަމަށެވެ. ޑެޓް މެނޭޖްމެންޓް ސްޓްރެޓެޖީގެ ދަށުން އެ ދަރަނީގެ 76 އިންސައްތަ ވަނީ ދައްކާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުންވެސް ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދައްކަމުން ދާކަމަށާއި، 2020 ވަނަ އަހަރު އިޤްތިސާދު އެންމެ ދަށް ދަނޑިވަޅުގައިވެސް ދަރަނި ދެއްކުމަށް އިސްކަންދީގެން އެެކަން ކުރަމުން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިސާދަކީ ކޮވިޑްގެ ހާލަތުގައި ވަރަށް ބޮޑަށް ދަށަށް ދިޔަ، އަދި އެހާމެ އަވަހަށް ރަނގަޅު ހާލަތަކަށް އަނބުރާ ރުޖޫއަވި އިގްތިސާދެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން 2021 ވަނަ އަހަރު އަންދާޒާކުރީ 1 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ކަމަށާއި އަހަރު ނިމުނުރިއު 1.3 މިލިއަން ފަތުރުވެރިން އައިސް 2019 ވަނަ އަހަރަށްވުރެ ބެޑް ނައިޓް އިތުރުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސް، 2021 ވަނަ އަހަރު އިގްތިސާދު 30 އިންސައްތައަށްވުރެ އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރުވެސް މިހާތަނަށް އަންދާޒާކުރި މިންވަރަށް ފަތުރުވެރިން އަންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާތަނަށް އަންދާޒާކުރި މިންވަރުގެ 90 އިންސައްތަ ހާސިލުކުރެވިފައިވާކަމަށާއި، އަހަރު ނިމޭއިރު އަންޒާދާ ކުރާ މިންވަރަށް ފަތުރުވެރިން އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދީ އިންޖީނު ބަރާބަރަށް ހިނގާ ކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް