Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަމުގެ ތަފާސްހިސާބު

މިމަހު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު، އަދަދުތައް 2019 ވަނަ އަހަރާ އަޅާބަލާއިރު އިތުރު

25 މެއި 2022 | ބުދަ 14:05

2019ގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދަށްވުރެ 22.4 އިންސައްތަ އިތުރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 މެއި 2022 | ބުދަ 14:05
ފަތުރުވެރިންތަކެއް އެއަރޕޯޓުގައި

ފަތުރުވެރިންތަކެއް އެއަރޕޯޓުގައި

މިމަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު (ކޮވިޑް-19ގެ ހާލަތުގެ ކުރިން) 2019ގެ މި މުއްދަތުފައި އައި ފަތުރުވެރިންނަށްވުރެ 22.4 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މެއި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 100،228 ފަތުރުވެރިންނެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 81،889 ފަތުރުވެރިންނެވެ. 2019 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު އައި ފަތުރުވެރިންގެ އަދަދު ވަނީ 22.4 އިންސައްތަ އިތުރުވެފައެވެ. މިއީ 2019 ވަނަ އަހަރު ފަތުރުވެރިން އައި މިންވަރަށްވުރެ އިތުރަށް ފަތުރުވެރިން އައި ފުރަތަމަ މަހެވެ.

މީގެ ކުރީ މަސްތަކަށް ބަލާއިރު، އޭޕްރިލް މަހު 145،280 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 10.9 އިންސައްތަ ދަށް އަދަދެކެވެ. މިއަހަރުގެ މާޗް މަސް ނިމުނުއިރު 150،748 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 7.4 އިންސައްތަ ދަށް އަދަދެކެވެ. ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އައިސްފައިވާއިރު، މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 11.6 އިންސައްތަ ދަށް އަދަދެކެވެ. ޖެނުއަރީ މަހު 131،764 ފަތުރުވެރިން އައިސްފައިވާއިރު، މިއީވެސް 2019 ވަނަ އަހަރާ އަޅާ ބަލާއިރު 13.1 އިންސައްތަ ދަށް އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް 677،028 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ފާއިތުވި 2021 ވަނަ އަހަރާ އަޅާ ބަލާއިރު 52.5 އިންސައްތަ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިއީ 7 އިންސައްތަ ދަށް އަދަދެކެވެ. މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 4،702 ފަތުރުވެރިން އަންނަމުންދާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި އެވްރެޖުކޮށް 8 ދުވަހު ރާއްޖޭގެ މަޑުކުރާކަމަށް ވަނީ ރެކޯޑުކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ މާކެޓުންނެވެ. އިންޑިއާ މާކެޓު މިހާރު ޓޮޕް މާކެޓަށް ވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް އިންޑިއާ މާކެޓުން 13.6 އިންސައްތަ ހިއްސާކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިހާރު ދެވަނަ މާކެޓެއްގެ ގޮތުގައި އޮތީ އިނގިރޭސި ވިލާތް ހިމެނޭއިރު، މި މާކެޓުގެ ހިއްސާއަކީ 12.5 އިންސައްތައެވެ. ތިންވަނައިގައި ރަޝިއާ މާކެޓު އޮތްއިރު މި މާކެޓަކީ އަހަރު ފެށުނުއިރު ޓޮޕް މާކެޓުގެ ގޮތުގައި އޮތް މާކެޓެވެ.

މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތައް ގުޅިގެން ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
14 ޖެނުއަރީ 2017

ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ

14 ޖެނުއަރީ 2017
ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް