Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ލޯންޗުކޮޅު ގޮއްވާލުން

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ލޯންޗު ގޮވި ޙާދިސާ ހިނގި ދުވަހު ނުހަނު ބާރަށް ހިންގަވާފައި ލޯންޗަށް އަރާވަޑައިގެންނެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 މެއި 2022 | ބުދަ 03:56
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލަ- މުއާޒު ވިދާޅުވީ ލޯންޗުކޮޅުން އަލިފާން ފެނުމުން ހައިރާންވެވަޑައިގެންނެވި ކަމަށް

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލަ- މުއާޒު ވިދާޅުވީ ލޯންޗުކޮޅުން އަލިފާން ފެނުމުން ހައިރާންވެވަޑައިގެންނެވި ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅޭ ގިނަ ވާހަކަތަކެއް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ދައްކަވައިފިއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ޙާދިސާއާ ގުޅޭގޮތުން މުއާޒް ވިދާޅުވީ، އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ހުރިހާ މީޑިއާތަކަށް ދައުވަތު ދެއްވީ ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން މި ބައްދަލުވުމަކީ މުހިއްމު ބައްދަލުވުމެއްކަމަށް ރައީސް ޔާމީނު ވިސްނަވައިދެއްވިކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ، އެމަނިކުފާނު ޓީވީއެއް ކުރިމައްޗަށް އަރާވަޑައިގަތުމަކީ ނުހަނު އުނދަގުލުން ކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަން އެދިވަޑައިގަތީ ރައީސް ޔާމީނު އަމިއްލަފުޅަށް ކަމަށް މުއާޒް ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުން ބާއްވަންވީ ވަކި ތަނެއްވެސް ކަނޑައެޅުއްވީ ރައީސް ޔާމީނުކަމަށް އޭނާ ވިދާޅުވިއެވެ.

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ހިނގި ދަތުރުފުޅުގައި ރައީސް ޔާމީން އަމަލުކުރެއްވީ އެހެން ދަތުރުފުޅުތަކުގައި އަމަލު ކުރައްވާ ގޮތަށް ނޫންކަމަށް މުއާޒް ވިދާޅުވިއެވެ.

އެ ވާހަކަދައްކަވަން ނުހަނު އުނދަގޫކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ލޯންޗު ގޮވި ޙާދިސާ ހިނގި ދުވަހު ނުހަނު ބާރަށް ހިންގަވާފައި ލޯންޗަށް އަރާވަޑައިގެންނެވި ކަމަށެވެ. އެ ދުވަހު ކުރީގެ ދަތުރުފުޅުތަކާ ތަފާތުކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އެއީ ހަމައެކަނި ރައީސް ލޯންޗުގައި އިންނަވާ ގޮނޑިކޮޅު ނޫން ގޮނޑިކޮޅެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅުކަމަށް މުއާޒް ވިދާޅުވިއެވެ. ލޯންޗްކޮޅަށް އަރައި ވަޑައިގަންނަވާ ރައީސް ޔާމީން އެދުވަހު އިށީނދެވަޑައިގަތީ އާންމުކޮށް އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅުގައި ނޫން ކަމަށާއި، އެގޮނޑިކޮޅުގައި އިށީނދެވަޑައިގަތީ އެމަނިކުފާނުގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒް ވަނީ އެ ދުވަހު އެއްވެސް ވަރަކަށް އަލިފާން ފެނިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެފައެވެ. މުއާޒު ވިދާޅުވީ ލޯންޗްކޮޅުގައި އެއްޗެއް ގޮވިއިރު، އަޑު ހުރީ ރައީސް ކަމަށް ހުވާކުރައްވާއިރު، އެމްއެންޑީއެފުން އަރުވާ 21 ބަޑީގެ ސަލާމްގެ އަޑު ހުންނަ ގޮތަށް ކަމަށެވެ. އަދި ލޯންޗްކޮޅުން އަލިފާނުގެ އެއްވެސް އަސަރެއް، ކުލައެއް ފެނިފައިނުވާކަމަށް މުއާޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގުޅުއްވައި ފިނިފެންމާ ލޯންޗާ ގުޅޭ އައު ހޯދުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ވަރަށް އަވަހަށް ނޫސްވެރިންނަށް އެކަން ހާމަކޮށްދެން އެދިވަޑައިގެންނެވިކަމަށް މުއާޒް ވިދާޅުވިއެވެ. އެއީ އަމިއްލަ ނަފްސަށް ބަލައިނުގެންނެވުނު ހަމައެކަނި ނޫސްވެރިންގެ ބައްދަލުވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނަށް އެކުލަވާލެއްވުމަށްފަހު އެކޮމިޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީވެސް އުމަރު ނަސީރުއެވެ.

އެ ދުވަހު އުމަރު ދެއްވީ ސީޑީއެއް ކަމަށާއި، ހަމައެކަނި އެދިވަޑައިގެންނެވީ އެ ސީޑީގައިވާ ވީޑިއޯ ނޫސްވެރިންނަށް ދައްކާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ލޯންޗުކޮޅުން އަލިފާން ފެނުމުން ހައިރާންވެވަޑައިގެންނެވި ކަމަށާއި، އެލޯންޗުގައި ތިއްބެވި އެހެން ބޭފުޅުންނާއި ސުވާލުކުރުމުން ވެސް އެބޭފުޅުންނަށް އަލިފާނުގެ އެއްވެސް ކަމެއް ލޯންޗްކޮޅުން ނުފެންނަ ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.

މުއާޒު ވިދާޅުވީ އެވީޑިއޯއިން އަލިފާން ފެންނަތީ އެއީ ކޮންތާކުން ހޯދި ވީޑިއޯއެއްތޯ ސުވާލު ކުރުމުން އެއީ ރައީސް އޮފީހުގެ ކެމެރާއަކުން ނެގިފައިވާ ވީޑިއޯ އެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ އެއްވެސް މުއައްޒަފަކު ހުޅުލެއިން، މާލެއަށް އަންނަންދެން ކެމެރާ ރިކޯޑް ކޮށްގެން ހުންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒް ސިފަކުރައްވާ ގޮތުގައި މި މުޅި ގޮވުމަކީ އަހުމަދު އަދީބުގެ ސިޔާސީ ޙަޔާތް ނިންމާލުމަށް ގޮއްވާލި ގޮއްވާލުމެކެވެ. އެގޮތުން މި މައްސަލައިގައި އޭރު ތަހުގީގުކޮށް ދައުވާ އުފުލައި އެ ކަންކަން ކުރިއަށްދިޔައީ ހަމައެކަނި އަދީބަށް ފޯކަސް ކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު