Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްކަމަށް ޓެޑްރޯސް

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްކަމަށް ދެ ވަނަ ދައުރަކަށް ޓެޑްރޯސް އިންތިޚާބުކޮށްފި

ޓެޑްރޯސް އެމަގާމަށް އިންތިޚާބުކުރުމުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ ސިއްރު ވޯޓެއްގެ ގޮތުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 މެއި 2022 | އަންގާރަ 17:29
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ދެ ވަނަ ދައުރަކަށް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް އިންތިޚާބުވެވަޑައިގެންފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީވެސް ހަމައެކަނި ޓެޑްރޯސްއެވެ. ޓެޑްރޯސް އެމަގާމަށް އިންތިޚާބުކުރުމުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ ސިއްރު ވޯޓެއްގެ ގޮތުގައެވެ.

އިތިއޯޕިއާގެ ކުރީގެ ހެލްތު މިނިސްޓަރގެ މަގާމުގައި ހުންނެވި ޓެޑްރޯސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމަށް ދެ ވަނަ ދައުރަކަށް އިންތިޚާބުވުމާއެކު އެކި ގައުމުތަކުގެ މިނިސްޓަރުންނާއި ޑެލިގޭޓުންވަނީ ޓެޑްރޯސް އާ ސަލާންކޮށް މަރުޚަބާކިޔާފައެވެ. ޓެޑްރޯސް އެންމެ ބޮޑަށް ފާހަގަވެފައިވަނީ ކޮވިޑް-19 ޕެންޑަމިކްގެ ކަންތަކުގައި އެންމެ އިސްކޮށް ޑަބްލިޔުއެޗްއޯގެ ކަންކަން ލީޑުކުރައްވަން ހުންނެވި ބޭފުޅާގެ ގޮތުގައެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވާހަކަދައްކަވަމުން ޓެޑްރޯސް ވިދާޅުވީ މައިގަނޑުގޮތެއްގައި މަސައްކަތްތައް އަމާޒުކުރައްވާނީ އިމަރޖެންސީ ތައްޔާރީތައްވުމަށާއި ޑަބްލިޔުއެޗްއޯ އިތުރަށް ޚަރުދަނާކުރުމަށްކަމަށެވެ.

ޕެންޑަމިކާއެކު ކުރިން ހީވެފައިނުވާ އެތައް ކަމެއް ދަސްވެގެން ހިނގައްޖެކަމަށާއި ދަސްވިކަންކަމުގެ ބޭނުން ކުރިޔަށް އޮތްތަނުގައިވެސް ހިފަންޖެހޭނެކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. މީގެއިތުރުން ޔޫކްރެއިންގައި މިހާރު ދިމާވަމުންދާ ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން ކުޑަކުދިން މަރުވެ އެމީހުންނަށް އެންމެ އެކަށީގެންނުވާ މާހައުލެއްގެ ތެރޭގައި އުޅެންޖެހުމަށް މަޖުބޫރުވެގެންދަނީ ކަމަށާއި އެކަން އެގޮތަށް ވެގެންނުވާނެކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

އެމެރިކާ އަދި ޖަރުމަނު ހިމެނޭގޮތުން ގިނަ ގައުމުތަކަކުން ވަނީ ޓެޑްރޯސް އަށް މަރުޚަބާ ކިޔާފައެވެ. ނަމަވެސް އިތިއޯޕިއާގައި ހިނގަމުންދާ ދާޚިލީކަންކަމުގެ ސަބަބުން އެގައުމުން މާބޮޑު މަރުޚަބާއެއް ޓެޑްރޯސް އަށް ކިޔާފައެއްނުވެއެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2018

ސީއައިއޭގެ ޑިރެކްޓަރ އުތުރު ކޮރެއާގެ ރައީސްއާ ބައްދަލުކުރައްވަނީ

18 އެޕްރީލު 2018
ސީއައިއޭގެ ޑިރެކްޓަރ އުތުރު ކޮރެއާގެ ރައީސްއާ ބައްދަލުކުރައްވަނީ
19 މާރިޗު 2018

ރަޝިޔާގެ ރިޔާސީ އިންތިޚާބު: ފަސޭހަކަމާ އެކު އިތުރު ދައުރަކަށް ޕޫޓިން

19 މާރިޗު 2018
ރަޝިޔާގެ ރިޔާސީ އިންތިޚާބު: ފަސޭހަކަމާ އެކު އިތުރު ދައުރަކަށް ޕޫޓިން
30 ޖެނުއަރީ 2018

ޓްރަމްޕް ފާޑުވިދާޅުވުމުން އެފްބީއައިގެ ޑެޕއުޓީ ޑިރެކްޓަރ އިސްތިއުފާދެއްވައިފި

30 ޖެނުއަރީ 2018
ޓްރަމްޕް ފާޑުވިދާޅުވުމުން އެފްބީއައިގެ ޑެޕއުޓީ ޑިރެކްޓަރ އިސްތިއުފާދެއްވައިފި
27 ޖެނުއަރީ 2018

ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ

27 ޖެނުއަރީ 2018
ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ
20 ޖެނުއަރީ 2018

ރިޔާސީ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން މިސްރުގެ ރައީސް ސިސީ އިއުލާން ކުރައްވައިފި

20 ޖެނުއަރީ 2018
ރިޔާސީ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން މިސްރުގެ ރައީސް ސިސީ އިއުލާން ކުރައްވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު