Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިސްރުގެ ރިޔާސީ އިންތިޚާބު

ރިޔާސީ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން މިސްރުގެ ރައީސް ސިސީ އިއުލާން ކުރައްވައިފި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސިސީ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2018 | ހޮނިހިރު 04:28
މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ: ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައި

މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ: ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައި

މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ، ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފިއެވެ.

އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ރިޔާސީ އިންތިޚާބުގައި ސިސީ ވާދަކުރައްވާ، އެއިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ނަމަވެސް، އިންތިޚާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ސިސީ މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންތިޚާބަށް ނިކުންނެވުމަށް ނިންމެވިކަން ސިސީ އިއުލާން ކުރެއްވީ، ހުކުރު ދުވަހުގެރޭ މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިސްރުގެ ގައުމީ ޓީވީން ވަގުތުން ދެއްކި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިސީ ވިދާޅުވީ، މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވިކަން މިސްރުގެ ރައްޔިތުންނަށް ހާމަކޮށްދެނީ ތެދުވެރިކަމާއެކުގައި ކަމަށެވެ.

"ދަ ސްޓޯރީ އޮފް އަ ނޭޝަން"ގެ ނަމުގައި ބޭއްވި އެބައްދަލުވުމުގައި ސިސީ ދެއްވި ބަޔާނުގައި ވިދާޅުވީ، އޭނާ ކުރިއަށް ވަޑައިގަންނަވަނީ ގައުމީ ޒިންމާގެ މަތިން ހަނދުމަފުޅު ބަހައްޓަވައިގެން ކަމަށާއި، ގައުމީ މަސްލަހަތު ހިފެހެއްޓުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނޭ ކަމަށެވެ. އަދި ރައްޔިތުންގެ އެދުމާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ސިސީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ދެ ފުށް ފެންނަ، ނަމޫނާ އިންތިޚާބަކަށް ހައްދަވާނެ ކަމަށް ސިސީ ވައުދުވެވަޑައިގެންނެވިއެވެ.

މާޗް މަހުގެ 26 އިން 28 އަށް ބޭއްވުމަށް ތާވަލް ކޮށްފައިވާ މިއިންތިޚާބުގެ ފުރަތަމަ ބުރު ސިސީ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ. އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މާޗްމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާއިރު، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ޖެނުއަރީ މަހުގެ 20 އިން 29 ގެ ނިޔަލަށް އެގައުމުގެ އިންތިޚާބީ ކޮމިޝަންގައި ރެޖިސްޓަރ ކުރަން ޖެހެއެވެ.

މިސްރުގެ ވެރިކަމަށް އައުމަށް ކޮރަޕްޓް އެއްވެސް ބޭފުޅަކަށް ފުރުޞަތު ނުދެއްވާނެ ކަމަށް ވިދާޅުވެ، ސިސީ ވަނީ އިންތިޚާބުގައި އޭނާ އާ ވާދަކުރެއްވުމަށް ނުކުންނަވާ ބޭފުޅުންނަށް އިންޒާރަކަށްވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ސިސީގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އޭނާ ވަނީ، އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ވީހާވެސް ގިނަ އަދަދެއްގެ އާއްމުން ނިކުމެ އިންތިޚާބުގައި ބައިވެރިވުމަށް ގޮވާލާފައެވެ.

ސިސީގެ އިތުރުން މިއިންތިޚާބުގައި ވާދަކުރެއްވާނެކަން އިއުލާން ކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ލީޑަރު އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ގާނޫނީ ވަކީލެއް ކަމަށްވާ ޚާލިދު އަލީ، އަދި 2013 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދު އެގައުމުގެ ސައިންޓިފިކް އެފެއަރޒްގެ މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖައްވީ ސައިންޓިސްޓެއް ކަމަށްވާ އީސާމް ހެގީއެވެ. މީގެ އިތުރުން މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ޖެނެރަލް ސާމީ އަނާން ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހުކުރު ދުވަހު އިއުލާން ކުރައްވާފައެވެ.

މި އިންތިޚާބުގައި ވާދަކުރެއްވާނެ ކަމަށް ކުރިން ބެލެވުނު ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ދެ ކެންޑިޑޭޓަކު ވަނީ އެ ނިންމުން އަނބުރާ ގެންދަވާފައެވެ. އެގޮތުން މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު މުޙައްމަދު އަންވަރު ސާދާތު އަދި ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީޤް ވަނީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވިކަން އިއުލާން ކުރައްވާފައެވެ.

މި ދެބޭފުޅުންގެ ތެރެއިން ޝަފީޤް ވަނީ 2014 ވަނަ އަހަރު މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ސިސީއާ ވާދަކުރައްވާފައެވެ. ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވައިގެން އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވުމަށް ފަހު އެނިންމެވުން ބަދަލުކުރެއްވީ ކެމްޕެއިން ކުރެއްވުމަށް އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ފަހުއެވެ. ޝަފީގްގެ ގާނޫނީ ވަކީލަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ވަނީ، އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ޝަފީގް ދޫކޮށްލެއްވީ، ރިޔާސީ ރޭހުން ވަކިވެވަޑައިނުގަންނަވައިފި ނަމަ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ޝަރީއަތްތައް ފަށާނެ ކަމަށް ބުނެ، މިސްރުގެ ސަރުކާރުން ބިރު ދެއްކުމާ ގުޅިގެން ކަމަށެވެ.

މިސްރުގެ ރައީސްކަމާއި ބޮޑުވަޒީރުގެ މަގާމް ފުރުއްވާފައިވާ ކުރީގެ ސިޔާސީ ލީޑަރު މުޙައްމަދު އަންވަރު އަލް ސާދާތު އަށް ބޮޑުބޭބެ ވިދާޅުވާ ސާދާތު އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވީ، މިސްރުގެ ރައްޔިތުން އުއްމީދުކުރާ ފަދަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި، އެހެންކަމުން ބަލިވެފައިވާ ހަނގުރާމައެއްގެ ތެރެއަށް ވަނުމަށް ބޭނުންނުވާ ކަމަށް ވިދާޅުވެ އެވެ.

މިސްރުގެ އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި ސިސީ އެގައުމުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ، ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވި މިސްރުގެ ފުރަތަމަ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން 2013 ގެނައި އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށް ފަހު،2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ. ސިސީ އިސްވެ ހުންނަވައިގެން ގެނައި ބަޣާވާތުގައި މުރްސީގެ މުސްލިމް ބްރަދަހުޑް ޕާޓީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު، ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއި ދެމެދު އެގައުމުގެ ވެރިކަން ކުރައްވާފައިވަނީ ވެސް ސިސީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު