Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗެކް ރިޕަބްލިކްގެ އިންތިޚާބު

ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ

ޒީމަންއަށް އިންތިޚާބުގައި 52 އިންސައްތަ ލިބިވަޑައިގެންނެވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2018 | ހޮނިހިރު 18:33
ރައީސް މިލޯޝް ޒީމަން ވަނީ ފަސް އަހަރުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައި

ރައީސް މިލޯޝް ޒީމަން ވަނީ ފަސް އަހަރުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައި

ޗެކް ރިޕަބްލިކްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަވެރި ކެނޑިޑޭޓް އިޒީ ދްރައޯޝްގެ މައްޗަށް ހަނި އަޣުލަބިއްޔަތަކުން ކުރި ހޯއްދަވައި ރައީސް މިލޯޝް ޒީމަން ދެވަނަ ދައުރަކަށް އިންތިޚާބުވެވެޑައިގެންފިއެވެ.

އެ ގައުމަށް ރެފިއުޖީން އެތެރެވުމާ ދެކޮޅު އަދި އީޔޫ އިން ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ދެކޮޅު ހެއްދެވި ޒީމަން އަށް އިންތިޚާބުގައި 52 އިންސައްތަ ލިބިވަޑައިގެންފައިވެއެވެ.

އީޔޫއަށް ތާއީދު ކުރައްވައި ދްރައޯޝްއަކީ އިލްމީ ބޭފުޅެއް ނަމަވެސް ސިޔާސީ ތަޖުރިބާ ހުންނެވި ބޭފުޅެއް ނޫނެވެ.

ހޮނިހިރު ދުވަހު ނެގި ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 66 އިންސައްތަ މީހުން ވޯޓްލާފައިވެއެވެ.

ޗެކް ރިޕަބްލިކްގެ ރައީސްގެ މަޤާމަކީ ނުފޫޒު ގަދަ މަގާމަކަށް ވާއިރު ޒީމަން އަށް ބޮޑުވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ބާރު ލިބިވަޑައިގަންނަވާނެއެވެ. އަދި ގާނޫނުހަދާ މަޖިލީހުން ފާސްކުރާ ބިލްތައް ތަސްދީގު ކުރައްވާނީ ވެސް ރައީސްއެވެ.

ޒީމަން ވަނީ ބިލިއަނަރ އަންދްރެޖް ބަބިޝް ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ޒީމަންގެ ވެރިކަމުގެ މިހާރު ހިނގަމުންދާ ދައުރު މާޗް މަހުގެ ނިޔަލަށް ދެމިގެންދާއިރު ބޮޑުވަޒީރު ކަމަށް ބަބިޝް އަންނަ މަހު އައްޔަން ކުރެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މީގެ އިތުރުން ސެންޓްރަލް ބޭންކްގެ ބޯޑް މެމްބަރުންނާއި ފަނޑިޔާރުން އައްޔަން ކުރެއްވުމުގެ ބާރު ވެސް ޒީމަން އަށް ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު