Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޓޯގެ ސެކެރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް

އިގުތިސާދީ ފައިދާ ހޯދުމަށް ގައުމުގެ ސަލާމަތް ވިއްކާނުލާ: ނޭޓޯ

24 މެއި 2022 | އަންގާރަ 16:39

ސްޓޮލްޓެންބަރގް ވިދާޅުވީ ޗައިނާ އާއެކު ވިޔަފާރީގެ މުއާމަލާތްތައް ނުކުރުމަށް ނުބުނާކަމަށާއި އެހެން ނަމަވެސް އެގައުމަށް 5ޖީ ހިދުމަތުގެ ބާރު ދިނުން އެއި ގައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 މެއި 2022 | އަންގާރަ 16:39
ނޭޓޯގެ ސެކެރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް

ނޭޓޯގެ ސެކެރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް

ހުޅަނގުގެ ގައުމުތަކުން އިގުތިސާދީ ފައިދާ ހޯދުމަށް ގައުމުތަކުގެ ސަލާމަތް ވިއްކާނުލުމަށް ނޭޓޯގެ ސެކެރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ގޮވާލައްވައިފިއެވެ.

އަންގާރަ ދުވަހު ކުރިއަށްދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ސްޓޮލްޓެންބަރގް ވަނީ ގައުމުތަކުން އިގުތިސާދީ ކުރިއެރުން ހޯދަން ނިންމާ ނިންމުންތަކުގެ ސަބަބުން ގައުމުތަކުގެ ސަލާމަތަށް އޭގެ އަސަރު ކުރާކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ ޓެކްނޮލޮޖީ، 5ޖީ ޓެކްނޮލޮޖީ އާއި ރަޝިއާގެ ގޭހަށް ނޯޑް ސްޓްރީމް 2 ޕައިޕްލައިން ބޭނުންކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޮލްޓެންބަރގް ވަނީ އިގުތިސާދީ ކުރިއެރުން ހޯދަން ނިންމާ ނިންމުންތަކުގެ ސަބަބުން ގައުމުތަކުގެ ސަލާމަތައް އޭގެ އަސަރު ކުރާކަމަށާއި ފްރީ ޓްރޭޑަށްވުރެ ގައުމުގެ މިނިވަންކަން މުހިންމުކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ގައުމުގެ އުސޫލުތަކާއި ހަމަތައް ހިފޭއްޓުން ފައިސާއަށް ވުރެ މުހިންމުކަމަށް ވިދާޅުވެފައެވެ.

ސްޓޮލްޓެންބަރގް ވަނީ ޗައިނާ އާއެކު ވިޔަފާރީގެ މުއާމަލާތްތައް ނުކުރުމަށް ނުބުނާކަމަށާއި އެހެން ނަމަވެސް އެގައުމަށް 5ޖީ ހިދުމަތުގެ ބާރު ދިނުން އެއި ގައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ.

ސްޓޮލްޓެންބަރގް ވިދާޅުވީ ފްރީ ޓްރޭޑާއި އިގުތިސާދީ ފައިދާ ހޯދުމަށް ގައުމުގެ ނެޓްވޯލް އިތުބާރު ނުކުރެވޭ ސަޕްލަޔަރުންނަށް ހުޅުވާލުމަކީ ގައުމުގެ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ.

5ޖީ ނެޓްވޯކް އިން ޗައިނާގެ ޓެކްނޮލޮކީ ބޭރުކުރުމަށް އެމެރިކާއިން ހުޅަނގުގެ ގައުމުތަކަށް ބާރުއަޅަމުންދާތަ ދުވަސްތަކެއް ވެއްޖެއެވެ. އެމެރިކާއިން ގަބޫލުކުރާ ގޮތުގައި ޗައިނާގެ ވާވޭ އެޗްޑަބްލިއުޓީ.ޔޫއެލް އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގްލޯބަލް ސަވެއިލަންސް މެޝިނަރީއެކެވެ.

މީގެ އިތުރުން ސްޓޮލްޓެންބަރގް ވަނީ ފިންލޭންޑް އާއި ސްވިޑްން އިން ނޭޓޯއާ ގުޅުމަށް ތުރުކީއާއެކު ކުރާ މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ. ތުރުކީއާ މަޝްވަރާކުރަން ފިންލޭންޑް އާއި ސްވިޑްންގެ މަބްދޫބުން ބުދަ ދުވަހު ތުރުކީއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ފިންލޭންޑްގެ ފޮރިން މިނިސްޓަރު ޕެއްލާ ހާވިސްޓޯ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޖޫން 2017

ކޮންގޯގައި ޖަލެއް ފަޅާލާ 900 މީހުން ސަލާމަތްވިއިރު، 11 މީހުން މަރުވެއްޖެ

11 ޖޫން 2017
ކޮންގޯގައި ޖަލެއް ފަޅާލާ 900 މީހުން ސަލާމަތްވިއިރު، 11 މީހުން މަރުވެއްޖެ
08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
07 ޖޫން 2017

ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ

07 ޖޫން 2017
ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ
06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
01 ޖޫން 2017

ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ

01 ޖޫން 2017
ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ
25 އެޕްރީލު 2017

ސައްދާމް މަރުގެ އަދަބުން ސަލާމަތް ކުރުމަށް ޤައްޒާފީ އުޅުއްވި: ފަނޑިޔާރެއް

25 އެޕްރީލު 2017
ސައްދާމް މަރުގެ އަދަބުން ސަލާމަތް ކުރުމަށް ޤައްޒާފީ އުޅުއްވި: ފަނޑިޔާރެއް
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް