Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރައީސް ޖޯ ބައިޑަން

ޓައިވާންގެ ދިފާއުގައި ބާރުގެ ބޭނުންކުރަންވެސް ތައްޔާރު: ބައިޑަން

23 މެއި 2022 | ހޯމަ 14:51

ބައިޑަން ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެމެރިކާއިން ޓައިވާނާ ދޭތެރޭ ގެންގުޅޭ ސިޔާސަތައް އެއްވެސް ބަދަލެއް ނާންނަކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 މެއި 2022 | ހޯމަ 14:51
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ޓައިވާން ދިފާއުކުރުމަށް ބާރުގެ ބޭނުންކުރަންވެސް ތައްޔާރުކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހޯމަ ދުވަހުއެވެ.

ބައިޑަން ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެމެރިކާއިން ޓައިވާނާ ދޭތެރޭ ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަމަށް ވިދާޅުވެފައެވެ. ޓައިވާނަކީ އަމިއްލައަށް ވެރިކަންކުރުމުގެ ބާރުލިބިގެންވާ މިނިވަން ދައުލަތެއްކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް ޗައިނާގެ "ވަން ޗައިނާ" ޕޮލިސީގެ ދަށުން އެގައުމުން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. ޓައިވާންގެ މައްސަލާގައި މި ދެގައުމުން ގެންގުޅޭ ވިސްނުމަކީ ދެގައުމުގެ ދެމެދު އޮތް ގުޅުމަށް އެންމެ ބޮޑަށް ބުރޫއަރާ މައްސަލައެވެ.

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ އާއެކު ހޯމަ ދުވަހު ބައިޑެން ބައިވެރިވެވަޑައިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ޓައިވާނަށް ހަމަލާދޭން ފަށައިފިނަމަ އެގައުމުގެ ދިފާއުގައި އެމެރިކާއިން ނުކުންނާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ބައިޑަން ވަނީ އެސުވާލުގެ ޖަވާބުގައި އާއެކޭ ވިދާޅުވެފައެވެ. ބައިޑަން ވަނީ ޓައިވާން ދިފާއުކުރުމަށް އެމެރިކާއިން ވައުދުވެފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ބައިޑަން ވަނީ ވަން ޗައިނާ ޕޮލިސީއަށް އެމެރިކާއިން ތާއިދުކުރާ ކަމަށާއި އެކަމުގެ ހުރިހާ އެއްބަސްވުމެއްގައިވެސް އެގައުމުން ސޮއިކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ޗައިނާއިން ބާރުގެ ބޭނުން ކޮށްގެން ޓައިވާނަށް އަރައި ޓައިވާން ހިސާރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި މިފަދަ ކަމެއް ނުހިގާނެކަމަށް އުންމީދުކުރައްވާކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން އެގައުމަށް ދޭ އެއްބާރުލުމަށް ޓައިވާންގެ ފޮރިން މިނިސްޓްރީން ޝުކުރުއަދާކޮށްފައިވާއިރު، މިކަމާ ގުޅިގެން ޗައިނާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މީގެކުރިން އޮކްޓޫބަރު މަހުވެސް ބައިޑަން ވަނީ މިފަދަ ވާހަކަތަކެއް ދައްކަވާފައެވެ. އޭރު ވައިޓް ހައުސްގެ ތަރުޖަމާނެއް ބަނީ އެމެރިކާގެ ސިޔާސަތުތަކަށް ބަދަލުގެނެސްފައިވާކަން ބައިޑަން އިއުލާން ނުކުރައްވާކަމަށް ވިދާޅުވެފައެވެ. ވައިޓް ހައުސްއިން އެމެރިކާގެ ސިޔާސަތަށް ބަދަލެއް ނާންނަކަމަށް ބުނި ނަމަވެސް ބައިޑަން ވިދާޅުވި ބަހުގެ މާނަ ވަރަށް ސާފުކަމަށް ބައެއް އެނަލިސްޓުން ބުނެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓައިވާނަށް ބަޔަކު ހަމަލާދީފި ނަމަ އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއަށް ގާނޫނުން ލާޒިމުކުރި ނަމަވެސް އެގައުމުން ގެންގުޅޭ ސްޓްރެޓީޖިކް އެމްބިގުއިޓީ ސިޔާސަތުގެ ސަބަބުން ހަމަލާއެއް ދީފި ނަމަ ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން އެގައުމުގެ ދިފާއުގައި އެމެރިކާއިން ބާރުގެ ބޭނުންކުރުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ހޯމަ ދުވަހު ބައިޑަން ވިދާޅުވި ބަސްފުޅާއެކު ޗައިނާއިން ޓައިވާނަށް ހަމަލާދީފި ނަމަ އެމެރިކާއިން މަޑުން ނޯންނާނެކަމަށް ވަރަށް ސާފުކަމަށް މާހިރުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2017

މަޝްވަރާއަށް ޤަތަރު ތައްޔާރު: ޝައިޚް ތަމީމް

16 ސެޕްޓެމްބަރު 2017
މަޝްވަރާއަށް ޤަތަރު ތައްޔާރު: ޝައިޚް ތަމީމް
04 ސެޕްޓެމްބަރު 2017

ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި

04 ސެޕްޓެމްބަރު 2017
ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި
10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
08 އޯގަސްޓު 2017

ވެނެޒުއޭލާގައި މުޒާހިރީންނާ ދެކޮޅަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރޭ: އދ

08 އޯގަސްޓު 2017
ވެނެޒުއޭލާގައި މުޒާހިރީންނާ ދެކޮޅަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރޭ: އދ
01 އޯގަސްޓު 2017

ޝަރުތުތަކަކާއި އެކު ޤަތަރާ މަޝްވަރާއަށް ތައްޔާރު: ޤަތަރާއި ގުޅުން ކަނޑާލި ހަތަރު ގައުމެއް

01 އޯގަސްޓު 2017
ޝަރުތުތަކަކާއި އެކު ޤަތަރާ މަޝްވަރާއަށް ތައްޔާރު: ޤަތަރާއި ގުޅުން ކަނޑާލި ހަތަރު ގައުމެއް
05 ޖުލައި 2017

ގުޅުން ކަނޑާލި ގައުމުތަކާ އެކު މަޝްވަރާކުރަން ތައްޔާރު: ގަތަރު

05 ޖުލައި 2017
ގުޅުން ކަނޑާލި ގައުމުތަކާ އެކު މަޝްވަރާކުރަން ތައްޔާރު: ގަތަރު
27 ޖޫން 2017

ސީރިޔާގައި އަނެއްކާ ވެސް ކެމިކަލް ހަމަލާއެއް ދޭން "ތައްޔާރުވަމުންދާ" ކަން އެނގިއްޖެ: އެމެރިކާ

27 ޖޫން 2017
ސީރިޔާގައި އަނެއްކާ ވެސް ކެމިކަލް ހަމަލާއެއް ދޭން "ތައްޔާރުވަމުންދާ" ކަން އެނގިއްޖެ: އެމެރިކާ
20 ޖޫން 2017

ސާފު އުސޫލުތަކަކާއިއެކު މަޝްވަރާކުރަން ތައްޔާރު: ޤަތަރު

20 ޖޫން 2017
ސާފު އުސޫލުތަކަކާއިއެކު މަޝްވަރާކުރަން ތައްޔާރު: ޤަތަރު
07 ޖޫން 2017

ތުރުކީގެ ފައުޖުތައް ގަތަރައް ފޮނުވުމަށް ތައްޔާރުވަނީ!

07 ޖޫން 2017
ތުރުކީގެ ފައުޖުތައް ގަތަރައް ފޮނުވުމަށް ތައްޔާރުވަނީ!
06 ޖޫން 2017

ގަތަރުގެ މައްސަލަ: ގަތަރުން މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެފި

06 ޖޫން 2017
ގަތަރުގެ މައްސަލަ: ގަތަރުން މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް