Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީ ލަންކާގެ ދާޚިލީ ހަނގުރާމަ

ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި

ލަންކާގެ 26 އަހަރުގެ ދާޚިލީ ހަނގުރާމައިގައި އެންމެ ލޭ އޮހޮރުވުން ބޮޑުވީ 2007 އާ 2009 އާ ދެމެދު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2017 | ހޯމަ 04:58
ޖަޔަސޫރިޔާއަކީ ބްރެޒިލްގެ އިތުރުން ކޮލަމްބިއާ، ޕެރޫ، ޗިލީ، އާޖެންޓީނާ ސުރިނާމްއަށް ކަނޑައަޅުއްވާފައިވާ އެމެބްސެޑަރ

ޖަޔަސޫރިޔާއަކީ ބްރެޒިލްގެ އިތުރުން ކޮލަމްބިއާ، ޕެރޫ، ޗިލީ، އާޖެންޓީނާ ސުރިނާމްއަށް ކަނޑައަޅުއްވާފައިވާ އެމެބްސެޑަރ

ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު މަރުހަލާގައި އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތު ކުރެވިފައިވާ އަސްކަރިއްޔާގެ ކުރީގެ ކޮމާންޑަރ އެއް ކަމަށްވާ ޖަގަތް ޖަޔަސޫރިޔާ ދިފާއު ކުރައްވާނެ ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން އަޅުގަނޑު ފުރުސަތެއް ނުދޭނަން ދުނިޔޭގެ އެއްވެސް މީހަކު ޖަގަތު ޖަޔަސޫރިޔާ ނޫނީ އަސްކަރިޔާގެ އެހެން އެއްވެސް ވެރިއެއް ނޫންނަމަ މި ގައުމުގެ ހަނގުރާމައިގެ ބަތަލެއްގެ ގައިގާ ހިފާކަށް" ސްރީލަންކާ ފްރީޑަމް ޕާޓީގެ ކޮންވެންޝަންގައި އާދީއްތަ ދުވަހު ވާހަކަދައްކަވަމުން ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ މި ރައްދު އައިސްފައި މިވަނީ ދެކުނު އެމެރިކާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ކުރީގެ ޖެނެރަލެއް އަދި މިހާރު ސްރީ ލަންކާއިން ބްރެޒިލްއަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރ ޖަގަތް ޖަޔަސޫރިޔާގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅިތާ ހަފްތާއެއް ފަހުންނެވެ.

ޖަގަތު ޖަޔަސޫރިޔާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ 2009 ވަނަ އަހަރު ނިމުނު ލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު މަރުހަލާގައި އަސްކަރިއްޔާގައި އޭނާ ބެލެހެއްޓެވި ޔުނިޓުން ހޮސްޕިޓަލްތަކަށް ހަމަލާދީ މީހުން މަރައި، ވަގަށްނަގައި އަދި އެތައް ހާސް ބަޔަކަށް އަނިޔާކޮށްފައި ވާކަމަށް ތުހުމަތުކޮށްފައެވެ.

ބްރެޒިލްގެ އިތުރުން ކޮލަމްބިއާ،ޕެރޫ،ޗިލީ،އާޖެންޓީނާ ސުރިނާމްއަށް ސްރީލަންކައިން ކަނޑައަޅުއްވާފައިވާ އެމެބްސެޑަރގެ މަގާމު ފުރުއްވަނީ ޖަޔަސޫރިޔާއެވެ.

އޭނާއާ ދެކޮޅަށް ދައުވާ ހުށަހެޅި ގްރޫޕުން އުއްމީދު ކުރަނީ ސަރަހައްދީ ސަރުކާރުތަކުން ތަހުގީގެއް ފަށައި ޑިޕްލޮމެޓިކް އިމްތިޔާޒްތައް އަތުލައި އޭނާ ފޮނުވާލާނެ ކަމަށެވެ.

ޖަޔަސޫރިޔާގެ މައްސަލަ އާޖެންޓީނާ، ޗިލީ،އަދި ޕެރޫއަށް ހުށަހަޅާފައިވާއިރު ސުރިނާމްއިންވަނީ ޕެޓިޝަން ގަބޫލުކުރުމަށް ދެކޮޅުހަދާފައެވެ.

ސްރީ ލަންކާގެ އަސްކަރިއްޔާއިންވެސްވަނީ ޖަޔަސޫރިޔާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.

ސިރިސެނާގެ ވާހަކަ ފުޅު ބެލެވެނީ އެ ގައުމުގެ އާބާދީ ބޮޑު ސިންހަޅައިންގެ ތާއީދު ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅެއްގޮތުގައެވެ. ސިންހަޅައިން ގެންދަނީ ބައިމަދު ތަމަޅައިންގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޖަރީމާ ހިންގިކަމަށް ތުހުމަތު ކުރެވޭ ސިފައިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދެކޮޅު ހަދަމުންނެވެ.

ސިންހަޅައިންގެ ސިންހަޅަ ފިކުރަށްގޮސް ހުސްވެފައި ތިބި ފަރާތްތަކުގެ ތެރޭގައި ރައީސް ސިރިސެނާ ގަބޫލު ކުރެވިފައި އޮންނަނީ ސިންހަޅައިންނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ.

ޖަޔަސޫރިޔާގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވަނީ ދެކުނުއެފްރިކާގައި ގާއިމްވެފައިވާ އިންޓަނޭޝަނަލް ޓްރޫތް އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ފަރާތުންނެވެ.

ލަންކާގެ 26 އަހަރުގެ ދާޚިލީ ހަނގުރާމައިގައި އެންމެ ލޭ އޮހޮރުވުން ބޮޑުވީ 2007 އާ 2009 އާ ދެމެދުގައެވެ. މި ހަނގުރާމައިގައި 100،000 މީހުން މަރާލާފައިވާކަމަށް އެ ޖަމާއަތުން ލަފާކުރެއެވެ.

ލިބަރޭޝަން އޮފް ޓައިގަރސް އޮފް ޓެމިލް އީލާމްގެނަމުގައި ވަކިވެގަތުމަށް މަސައްކަތްކުރި ލަންކާގެ ތަމަޅައިންނާ އެ ގައުމުގެ ސަރުކާރުގެ ސިފައިންނާ ދެމެދު ކޮށްފައިވާ ހަނގުރާމައިގެ ފަހު މަރުހަލާގައި އެކަނިވެސް 40،000 އާއި 70،000 އާ ދެމެދުގެ މީހުން މަރުވެފައިވާކަމަށް އދ ން ލަފާކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު