Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގުޅުން ކަނޑާލި ގައުމުތަކާ އެކު މަޝްވަރާކުރަން ތައްޔާރު: ގަތަރު

ގަތަރަށް ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ކުރުމުގެ ސުންގަނޑި ވަނީ އަންގާރަ ދުވަހުގެ މެންދަމަށް ހަމަވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 ޖުލައި 2017 | ބުދަ 05:07
ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ

ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހަންމަދު ބިން އަބްދުލްރަހްމާން އަލް ސާނީ

ގަތަރާ ގުޅުން ކަނޑާލާފައިވާ އަރަބި ގައުމުތަކާ މަޝްވަރާ ކުރުމަށް ތައްޔާރު ކަމަށް އެގައުމުން ބުނެފިއެވެ.

ގަތަރުން މިހެން ބުނިއިރު އަރަބި ބައެއް ގައުމުތަކުން ގަތަރަށް ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ކުރުމުގެ ސުންގަނޑި ވަނީ އަންގާރަ ދުވަހުގެ މެންދަމަށް (5 ޖުލައި) ހަމަވެފައެވެ.

ބުދަ ދުވަހު ޑިމާންޑްތައް ކޮށްފައިވާ އަރަބި ގައުމުތަކުން ބުނެފައި ވަނީ ޑިމާންޑްތަކާ ބެހޭ ގޮތުން ގަތަރުގެ ޖަވާބު ލިބިއްޖެ ކަމަށާއި ރަނގަޅު ވަގުތުގައި އެކަމަށް އެ ގައުމުތަކުގެ ޖަވާބު ލިބޭނެ ކަމަށެވެ.

ޖުލައި 5 އަށް ސުންގަނޑި ހަމަވިއިރު، އެއީ އިތުރު ކުރުމަށް ފަހު ކަނޑައަޅާފައިވާ އާ ސުންގަނޑިއެވެ.

އެންމެ ފުރަތަމަ، ސައުދީ އަރަބިއްޔާ، ބަހްރޭން، ޔޫއޭއީ އަދި މިސްރުން ބުނެފައި ވަނީ 13 ޝަރުތު ގަތަރުން 10 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމުން ނޫނީ އިގްތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ގަތަރަށް ކުރިމަތި ކޮށްފައިވާ ފިއްތުންތައް ނައްތާނުލާނެ ކަމަށެވެ. އޭގެ ފަހުން ގަތަރަށް ވަނީ ޑިމާންޑްތަކަށް އަމަލު ކުރުމަށް 48 ގަނޑިއިރުގެ މުހުލަތެއް ދީފައެވެ.

ގަލްފުގެ ގައުމުތަކުން ގަތަރަށް ކޮށްފައިވާ ޑިމާންޑްތަކުގެ ތެރޭގައި ހިމެނެނީ އިރާނާއެކު ޤަތަރުން ބާއްވާ ސިޔާސީ ގުޅުން ހަނިކޮށް، ޤަތަރުގައި ހުރި އިރާނުގެ ޑިޕްލޮމެޓިކް މިޝަން ބަންދުކުރުމާއި، ގަތަރުގައި ތިބި އިރާނުގެ ރިވޮލޫޝަނަރީ ގާޑުގެ ސިފައިން ޤަތަރުން ބޭރުކޮށް، އިރާނާއެކު އޮންނަ އަސްކަރީ ގުޅުން ކަނޑާލުމާއި، ގަތަރުގައި ތުރުކީން ބިނާކުރާ އަސްކަރީ ބޭސްގެ މަސައްކަތް ވަގުތުން ހުއްޓުވުމާއި އަސްކަރީ ގޮތުން ތުރުކީއާ އޮންނަ ގުޅުން ކަނޑާލުން އަދި ދުނިޔޭގެ އެންމެ މަޝްހޫރުއެއް ނޫސް އިދާރާ ކަމަށްވާ ގަތަރުގެ އަލްޖަޒީރާ ބަންދުކުުރުން ފަދަ ކަންކަމެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
15 މެއި 2017

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު