Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ ބިލު މަޖިލީހަށް ހުށަހަޅައިފި

ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމެއް ގާއިމްކުރަންވާނެ ކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 މެއި 2022 | ހޯމަ 08:35
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ - މި ޖަލްސާއަށް ވަނީ މާލިއްޔަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ - މި ޖަލްސާއަށް ވަނީ މާލިއްޔަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި

ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މަޤްސަދަކީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ، ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާއިން ޚާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމެވެ.

Advertisement - newsAdvertisement

އަދި މި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި، އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިނގާނެ ގޮތުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށާއި ތަންފީޒުކުރުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ކަމާގުޅޭ ޚާއްސަ އުސޫލުތައް ޤާނޫނުގައި ހިމެނުމެވެ.

މީގެ އިތުރުން ޤާނޫނާ ޚިލާފުވާ ޙާލަތްތަކުގައި އެ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިސްލާޙުކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ހިމެނެއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒެވެ.

މި ބިލުގައިވާގޮތުން ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 5 ވަނަ މައްދާގެ (ހ) ވަނީ އިސްލާހުކޮށްފައެވެ. އައު އިސްލާހުގައިވަނީ ދައުލަތުގެ ނަމުގައި ދަރަންނަށް ފައިސާ ނެގުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓަރަށެވެ. މި މާއްދާގެ (ނ) އިސްލާހު ކުރުމަށް ހުށަހަޅާފައިވާ އިރު، އިސްލާހުގައިވަނީ ދައުލަތަށް ދަރަންޏަށް ފައިސާ ނަގަންވާނީ، އެ ދަރަނި ނެރުމުގެ ސަބަބުން ޤައުމުގެ އިޤްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު، އެ އަހަރެއްގެ އަހަރީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނެ ގޮތަކަށް، މިނިސްޓަރު ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

މި މައްދާގެ (ރ) ވެސް އިސްލާހުކޮށްފައިވެއެވެ. އަދި (ޅ) ގެ ފަހަތަށް އިތުރު އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައިވާ އިރު، މި އަކުރު (ކ) ގައި ބުނެފައިވަނި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ ނަމުގައި ދަރަނި ނަގަންވާނީ، އެ އަހަރެއްގެ އަހަރީ ބަޖެޓުގައި ދަރަނި ނެގުމަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރުނުވާނެ ގޮތަށް ކަމަށެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 9 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފައިވާއިރު، މި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް ނުވަތަ ގެއްލޭ ގެއްލުމެއް ނުވަތަ އުނިވާ އުނިވުމެއް ނުވަތަ އަނބުރާ ނުލިބޭނެކަމަށް ބެލެވޭ ދައުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ ނުވަތަ ނައްތާލެވިފައިވާ ނުވަތަ ހަލާކުވެފައިވާ، ނުވަތަ ބޭނުންކުރަން ކަމުނުދާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެކަމަށް ދޫކޮށްލެވޭނީ ރައީސުލްޖުމްހުރިއްޔާގެ ހުއްދައާއެކު ކަމަށެވެ.

އަދި އެފަދަ ހާލަތްތަކާއި އެކަމުގައި އަމަލުކުރާނެ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައެޅުމަށްފަހު، އެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން ކަމާބެހޭ ހިސާބުތަކުގައި ހިމެނުމަށްފަހުގައި، ދައުލަތުގެ ދައިސާއެއް ނުލިބޭނެކަމަށް ދޫކޮށްލެވޭނެކަމަށް ވަނީ ބުނެފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. 30-1 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދެމެހެއްޓެނެވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓްކުރުމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށްޓަކައި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސޮވެރިން ޑިވަލަޕްމަންޓް ފަންޑުގެ ގޮތުގައި އެމްއެމްއޭ ކަސްޓޯޑިއަން އެކައުންޓެއް ގާއިމްކޮށް ބަލަހައްޓަންވާނެ ކަމަށެވެ.

އަލަށް އިތުރުކުރި މި މާއްދާގެ (ށ) ގައި ބުނެފައިވަނީ ސޮވެރިން ޑިވަލަޕްމަންޓް ފަންޑަކީ މި ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކު އެކައުންޓާ ވަކިން ގާއިމްކޮށްފައިވާ ފަންޑެއް ކަމަށެވެ.

44 ވަނަ މާއްދާގެ ފަހަތަށް އިތުރު ތިން މާއްދާ އިތުރުކުރުމަށް ހުށަހަޅާފައިވާއިރު، އެ މާއްދާތަކުގައި ބުނެފައިވަނީ ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމެއް ގާއިމްކުރަންވާނެ ކަމަށެވެ. އަދި އިންޓަރނަލް އޮޑިޓް ނިޒާމުގެ މަސައްކަތް ބަލައި ވިލަރަސްކުރުމަށް ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ނަމުގައި 7 މެންބަރުންގެ ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަން ޖެހެއެވެ، މި ކޮމިޓީގެ ދައުރަކީ 3 އަހަރެވެ. އަދި މި ކޮމިޓީއަށް ބާރުތަކާއި މަސްއޫލިއްތަކުގެ ތަކެއްވެސް ދިނުމަށް ބިލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ޗީފް އިންޓަރނަލް އޮޑިޓަރެއް އައްޔަން ކުރަންޖެހެއެވެ. ޗީފް އިންޓަރނަލް އޮޑިޓަރެއް އައްޔަން ކުރާނި މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ޗީފް އިންޓަރނަލް އޮޑިޓަރުގެ މަސްއޫލިއްޔަތުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު