Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިބްރަހިމޮވިޗްގެ ކުރިމަގު

ފިޒިކަލް މައްސަލަތަކެއް އެބަހުރި، ނަމަވެސް ވަރަށް އަވަހަށް ގޮތެއް ނިންމާނަން: އިބްރަހިމޮވިޗް

އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ހަމަވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މެއި 2022 | ހޯމަ 06:32
އިބްރަހިމޮވިޗް

އިބްރަހިމޮވިޗް

މިވަގުތު ގިނަ ފިޒިކަލް މައްސަލަތަކެއް އެބަ ހުރި ކަމަށާއި، ނަމަވެސް ކުރިމަގާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް އޭސީ މިލާންގެ ސްޓަރިކަރ ޒްލަޓާން އިބްރަހިމޮވިޗް ބުނެފިއެވެ.

އޭސީ މިލާނަށް އިބްރަހިމޮވިޗް ބަދަލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއަހަރު އޭނާ އެ ޓީމާ ގުޅުނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ދެ ފަހަރެއްގެ މަތިން އައުކޮށްފައެވެ. އެންމެ ފަހުން އޭނާ އެ ކުލަބާއެކު ހެދި އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

އޭސީ މިލާނާއެކު މިއަަހަރުގެ ސެރީއާގެ ޗެމްޕިއަންކަން ހޯދުމަށްފަހު އޭނާ ބުނީ ފިޒިކަލް ގިނަ މައްސަލަތަކެއް މިވަގުތު އޭނާގެ ހުރި ކަމަށެވެ. ނަމަވެސް އޭނާގެ ކުރިމަގާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އިޓާލިއަން ލީގުގެ ތަށި ލިބުމުން އެކަން ޚާއްސަ ކުރާނީ މިނޯ ރައިއޯލާއަށް ކަމަށެވެ. އަދި މިއީ ރައިއޯލާ ނެތި އޭނާއަށް ހޯދުނު ފުރަތަމަ ތަށި ކަމަށެވެ. ރައިއޯލާއަކީ އޭނާގެ އެޖެންޓެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައިއޯލާ ވަނީ މަރުވެފައެވެ.

އެންމެ ފަހުން އޭސީ މިލާނަށް ބަދަލުވުމަށްފަހު އިބްރަހިމޮވިޗް ވަނީ އެ ކުލަބާއެކު މޮޅު ކުޅުމެއް ދައްކާފައެވެ. އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް ވަނީ އޭގެ ފަހުން އޭސީ މިލާނަށް ކުޅެދިން 59 މެޗުން 33 ލަނޑު ޖަހާފައެވެ. އޭނާ އެންމެ ފުރަތަަމަ އޭސީ މިލާނަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ.

އޭސީ މިލާނުން މި އަހަރުގެ އިޓާލިއަން ކާމިޔާބުކުރުމާއެކު، މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި އެ ޓީމަށް ލީގު ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު