Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ފަހަތުން އަރައި މޮޅުވުމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ގާޑިއޯލާ ދިނީ ތަފާތު ޖަވާބެއް

23 މެއި 2022 | ހޯމަ 05:08

ގާޑިއޯލާ ބުނީ އޭނާ ގުޅީ ރެއާލަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މެއި 2022 | ހޯމަ 05:08
ޕެޕް ގާޑިއޯލާ

ޕެޕް ގާޑިއޯލާ

އިނގިރޭސި ޕްރިމިއަރ ލީގުގެ ފަހު މެޗުގައި ފަހަތުން އަރައި އެސްޓަން ވިލާ ބަލިކުރުމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ތަފާތު ޖަވާބެއް ދީފިއެވެ.

ލީގުގެ ފަހު މެޗަށް ނިކުތްއިރު ސިޓީ އޮތީ މޮޅުވާން މަޖުބޫރު ހާލަތެއްގައެވެ. ރޭގެ މެޗުގައި އެސްޓަން ވިލާއިން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ނަމަވެސް ސިޓީން ވަނީ ދެ ވަނަ ހާފުގައި ފަސް މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހައި މެޗުން މޮޅުވެފައެވެ. އެއާއެކު މި އަހަރުގެ ލީގު ޗެމްޕިއަންކަން ލިބުނީ ސިޓީއަށެވެ.

މެޗަށްފަހު ނޫސްވެރިޔަކު ވަނީ އެކަމާ ގުޅޭ ގޮތުން ގާޑިއޯލާ އާއި ސުވާލުކޮށްފައެވެ. ނޫސްވެރިޔާ ސުވާލުކުރީ ފަސް މިނެޓުގެ ތެރޭ ތިން ލަނޑު ޖަހާ، ތަށި ހޯދީ ކޮންކަހަލަ އުކުޅެއް ބޭނުންކޮށްގެންތޯއެވެ. އެ ސުވާލަށް ގާޑިއޯލާ ދިނީ ތަފާތު އަދި މަޖާ ޖަވާބެކެވެ. ގާޑިއޯލާ ބުނީ އޭނާ ގުޅީ ރެއާލް މެޑްރިޑަށް ކަމަށާއި، އޭނާއަށް އެޑްވައިސް ދިނީ އެ މީހުންކަމަށެވެ.

ގާޑިއޯލާ މިހެން ބުނެފައިވާއިރު ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީގައި ފަހަތުން އަރައި މޮޅުވެ ސިޓީ ކަޓުވާލާފައެވެ. ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ސިޓީ މޮޅުވީ 3-4 ންނެވެ. އަދި ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ވެސް ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސިޓީންނެވެ. ނަމަވެސް ރެއާލުން ވަނީ ފަހު ވަގުތުގެ ތެރޭގައި ތިން ލަނޑު ޖަހައި ސިޓީ ކަޓުވާލާފައެވެ. ރޭގެ މެޗަށްފަހު ގާޑިއޯލާ ދިން ޖަވާބަކީ އެ މެޗާ ގުޅުވާ ދިން ޖަވާބެއް ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މިއަހަރުގެ ލީގު ޗެމްޕިއަންކަން ސިޓީ ހޯދިއިރު، މިދިޔަ ހަ އަހަރުގެ ތެރެއިން ސިޓީއަށް ލީގު ގެއްލުނީ އެއް ފަހަރުއެވެ. ސިޓީން ވަނީ ހަ ފަހަރު ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
23 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް