Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މާޒިޔާއިން ގޯކުލަމް ކެރެލާ ބަލިކޮށްފި

22 މެއި 2022 | އާދީއްތަ 03:29

ފަހު މެޗުގައި މާޒިޔާ ނިކުންނާނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މެއި 2022 | އާދީއްތަ 03:29
އޭއެފްސީ ކަޕް މެޗުގެ ތެރެއިން

އޭއެފްސީ ކަޕް މެޗުގެ ތެރެއިން

އޭއެފްސީ ކަޕްގެ ދެކުނު އޭޝިޔާގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިންޑިއާގެ ވަރުގަދަ ގޯކުލަމް ކެރެލާ ބަލިކޮށްފިއެވެ.

ގޯކުލަމް ކެރެލާއަކީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ވެސް ހޯދި ޓީމެވެ. ސޯލްޓް ލޭކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 0-1 ންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ފަށައިގެން މާޒިޔާ އިން ވަނީ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޓަނާ ޑޮމިންގޭޒް ފޮނުވާލި ހަމަލާ ގޯކުލަމް ކެރެލާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މާޒިޔާގެ ހުސެއިން ނިހާން (ނިހާޓް) އާއި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މާޒިޔާއިން މެޗުގައި ލަނޑު ޖަހާފައިވަނީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 50 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ކޯނޭއެވެ. އޭނާ މި ގޯލު ޖަހާފައިވަނީ ޓަނާ ތަނަވަސްކޮށްދިން ފުރުސަތެއްގައެެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާވަނީ ބަލިވެފައެވެ. އެ ޓީމު ބަލިވީ ބަޝުންދަރާ ކިންގްސް އަތުން 1-0 ންނެވެ. ރޭގެ މެޗުން މޮޅުވުމާއެކު މާޒިޔާ އޮތީ ގްރޫޕްގެ ތިން ވަނަ މަގާމުގައެވެ. އެއީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. ގްރޫޕްގެ އެއް ވަނަ މަގާމުގައި އޮތް އޭޓީކޭ މޯހަން ބަގާން އަށް ވެސް ލިބެނީ ތިން ޕޮއިންޓެެވެ. އެ ޓީމަށް ކުރި ލިބެނީ ފައިދާ ދެ ގޯލުންނެވެ. ދެ ވަނަ މަގާމުގައި އޮތް ގޯކުލަމަށް ވެސް ތިން ޕޮއިންޓު ލިބޭއިރު، އެ ޓީމަށް ދެ ވަނަ މަގާމު ލިބެނީ ފައިދާ އެއް ގޯލުންނެވެ. ތިން ޕޮއިންޓާއެކު ބަޝުންދަރާ ފުލުގައި އޮތީ ގެއްލުނު ތިން ގޯލާއެކުއެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އަންގާރަ ދުވަހު މާޒިޔާ ނިކުންނާނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
22 މެއި 2017

މާޒިޔާއިން ލީގުގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެ

22 މެއި 2017
މާޒިޔާއިން ލީގުގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެ
17 މެއި 2017

އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާއިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

17 މެއި 2017
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާއިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
13 އެޕްރީލު 2017

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

13 އެޕްރީލު 2017
ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް