Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ސުލްހައިގެ ވާހަކަތައް އަލުން ފެށޭނީ ރަޝިޔާގެ ފައުޖުތައް ޔޫކްރެއިނުން ފޭބުމުން: ޔޫކްރެއިން

ރަޝިޔާއާއެކު ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަކަށް ޔޫކްރެއިން ދެން ނާންނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 މެއި 2022 | އާދީއްތަ 01:55
ޔޫކްރެއިންގެ ރައީސްގެ އެޑްވައިޒަރު މިކައިލޯ ޕޮޑޯލްޔަކް

ޔޫކްރެއިންގެ ރައީސްގެ އެޑްވައިޒަރު މިކައިލޯ ޕޮޑޯލްޔަކް

ރަޝިޔާއާއެކު ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަކަށް ޔޫކްރެއިން ދެން ނާންނާނެކަމަށާއި ޔޫކްރެއިން ސަރަހައްދުން އެއްވެސް ބަޔެއް ގެއްލިގެންދާގޮތަށް އެއްބަސްވުމަކާ ހަމައަށް ނާންނާނެކަމަށް ޔޫކްރެއިންގެ ފަރާތުން ސުލްހައިގެ ވާހަކަތަކުގައި އިސްކޮށް ހަރަކާތްތެރިވާ މިކައިލޯ ޕޮޑޯލްޔަކް ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ އެޑްވައިޒަރުކަންވެސް ކުރައްވަމުންގެންދަވާ މިކައިލޯ ވިދާޅުވީ ރަޝިޔާގެ ޑިމާންޑްތަކަށް އިޖާބަދިނުމުގެ ސަބަބުން އެކަމުގެ ގެއްލުން ޔޫކްރެއިނަށް ވަމުންދާކަމަށެވެ. ހަމަލާބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވުމަށްފަހު ލިބޭ ވަގުތުކޮޅުގެ ތެރޭގައި ރަޝިޔާއިން އަލުން ހަމަލާދިނުމަށް މާ ބޮޑަށް ތައްޔާރީތައްވާކަމަށެވެ. އަދި ހަމަލާބަދަލުކުރުން މެދުކަނޑާލުމަށްފަހު ދެން ހަމަލާތައް ދެނީ މާ ވަރުގަދައަށްކަމަށް މިކައިލޯ ވިދާޅުވިއެވެ.

މިކައިލޯ އިތުރަށް ވިދާޅުވީ ހަމަލާ ދިނުން މެދުކަނޑާލުމަށް ހުޅަނގުން ގޮވާލާ ގޮވާލުމަކީ ވަރަށް އަޖައިބުކުރަނަވި ގޮވާލުމެއްކަމަށެވެ. އެއީ އެއާއެކު ރަޝިޔާގެ ފައުޖުތައް ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކުގައި ތިބޭނީ ކަމަށާއި އެމީހުން ފައިބައިގެން ނުދާނެތީ ކަމަށެވެ.

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިވާއިރު ހަނގުރާމައަށް ނިމުމެއް ގެނައުމަށް ދެ ފަރާތުން ސުލްހައިގެ ވާހަކަތަކެއްވެސް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް މިހާރު ވާހަކަތައް ވަނީ މެދުކެނޑިފައެވެ. އެކަމާއި ގުޅިގެން ކޮންމެ ބަޔަކުވެސް އަންނަނީ ވާހަކަތައް މެދުކެނޑުނީ އަނެއް ބަޔެއްގެ ސަބަބުންކަމަށް ބުނަމުންނެވެ.

ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު ޔޫކްރެއިންގެ އެތައް މިލިއަން ބަޔަކު ވަނީ ރެފިޔުޖީންނަށްވެފައެވެ.

ރަޝިޔާއިން އެންމެފަހުން ބުނެފައިވަނީ ޔޫކްރެއިންގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ މަރިޕޯލްގެ ފުލް ކޮންޓްރޯލް އެމީހުން ހޯދާފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު