Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭޝަނަލް އެވޯޑު

ޓޫރިޒަމް ދާއިރާއިން މީގެ ކުރިން ދެމުން އައި ނޭޝަނަލް އެވޯޑު ދިނުމަށް މަސައްކަތް އެބަ ކުރަން: ޑރ. އަބްދުﷲ މައުސޫމް

21 މެއި 2022 | ހޮނިހިރު 17:54

މި އެވޯޑްތަކަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑުތަކެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 މެއި 2022 | ހޮނިހިރު 17:54
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް ދާއިރައިން މީގެ ކުރިން ދެމުން އައި ނެޝަނަލް އެވޯޑު ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ 3 އޮކްޓޯބަރަކީ ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޓޫރިޒަމް ދާއިރާއިން މީގެ ކުރިން ދެމުން އައި ނެޝެނަލް އެވޯޑް ދިނުމަށް ކަމަށެވެ. މި އެވޯޑްތަކަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑުތަކެކެވެ.

Advertisement - newsAdvertisement

ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން ވަރަށް ގިނަ ކަންތައްތައް ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިދާއިރާއަށް ޚާއްސަ ކޮށްގެން 12 އެވޯޑެއް ކޮންމެ އަހަރަކު ވެސް ދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މި އެވޯޑްތަކަށް ޓޫރިސްޓުން ބައިތިއްބާ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެއެވެ. މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ 1- 30 ނިޔަލަށް ހުޅުވާލެވޭނެއެވެ. އަދި ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރު، މިއިން ކޮންމެ ކެޓަގަރީއަކުން ޖުމްލަ މާރކްސް އެންމެ މަތިން ހޯދާ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަރާތަކަށް އެވޯޑެއް ދެވޭނެއެވެ. 

މޮޅު ރަނގަޅު މުވައްޒަފުން ހޯދުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް ގޮންޖެހުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެންމެ ރަނގަޅަށް މުވައްޒަފުންނާމެދު ކަންތައްތައް ކުރާ ރިސޯޓުތަކަށް މުވައްޒަފުންދާނެ ކަމަށެވެ. އަދި މި އެވޯޑުތައް ދޭން ފެށުމުން މުވައްޒަފުންނަށް އިތުރު މައުލޫމާތު ލިބި، ރިސޯޓުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަދަލު އަންނާނެ ކަމަށެވެ.

ޓޫރިޒަމް ސަމިޓާއި ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ ޖޫން 15 ވަނަ ދުވަހު މި ސަމިޓް އޮންނާނެ ކަމަށާއި ބޭރު ޤައުމުތަކުގެ އިސްވެރިން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ސަމިޓް އެންމެ ބޮޑަށް ބިނާވަނީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ކަލްޗަރަލް ޓޫރިޒަމަށް ވަކި ކޮންޕޯނަންޓެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ. ޖޫންގައި މި ސަމިޓް ބާއްވާތީ މޫސުމަށް ސަމާލުކަން ދީގެން އިންތިޒާމުތައް ހަމަޖައްސަވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖޫން 14 ގައި އޮންނަ ޔޫއެންޑަބްލިއުޓީއޯގެ ރަސްމީ ބައްދަލުވުން ޗެއަރ ކުރާނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ކަަމަށާއި އެ ހަރަކާތަށް ވެސް 7 ޓޫރިޒަމް މިނިސްޓަރުން އެކި ޤައުމުތަކުން ވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ތަފާތު ވިޔާފާރީތައް ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރފް ޕޮއިންޓުތަކާއި ޑައިވް ޕޮއިންޓުތައްފަދަ ތަންތަން މެނޭޖްކުރާނެ މެކޭނިޒަމެއް ގެންނަން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ 50 ޑައިވް ސައިޓު މެނޭޖްކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ.

ކުރިއަތް އޮތްތާނގައި އިލެކްޓްރޯނިކް ޓެބުން ސައިޓްތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އެ އަމާޒަށް ބައްޓަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
07 މާރިޗު 2017

"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"

07 މާރިޗު 2017
 "ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް