Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރައިން ހަނގުރާމަ

ރަޝިއާގެ އުދުވާންތަކުގައި ސުންނާފަތިކޮށްލި ހާރްކީވް އާރާސްތު ކުރަން ފަށައިފި

21 މެއި 2022 | ހޮނިހިރު 13:58

ހާރްކީވް އާރާސްތު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ނުރައްކާ ފައްތަރެއްގައި އެ ސިޓީ ވަނިކޮށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 މެއި 2022 | ހޮނިހިރު 13:58
ރަޝިއާގެ އުދުވާންތަކުގައި ސުންނާފަތިކޮށްލި ހާރްކީވް އާރާސްތުކުރުމުމުގެ މަސައްކަތުގެ ތެރެއިން

ރަޝިއާގެ އުދުވާންތަކުގައި ސުންނާފަތިކޮށްލި ހާރްކީވް އާރާސްތުކުރުމުމުގެ މަސައްކަތުގެ ތެރެއިން

ރަޝިއާގެ އަސްކަރިއްޔާއިން މިލިޓްރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންއަށް އަރާ ހިންގަމުދާ ޖަރީމާތަކުގައި އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދިޔަ އެއް ސަރަހައްދު ކަމަށް ވާ ހާރްކީވް އާރާސްތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޔޫކްރައިންގެ ދިފާއީ ފައުޖުތަކުން ވަނީ، ފާއިތުވީ ހަފުތާތަކުގައި ރަޝިއާގެ ބާރުތަކުން ދެމުންދިޔަ ހަމަލާތަކުން، ޔޫކްރައިންގެ 2 ވަނައަށް އެންމެ ބޮޑު ސިޓީ ސަލާމަތްކޮށްދީފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ރަޝިއާއިން "ހާއްސަ އޮޕަރޭޝަން" ފެށިފަހުން ހާރްކީވް ސިޓީއިން 1000 އެއްހާ އިމާރާތް ވަނީ ހަލާކުކޮށްލާފައެވެ. ލިބިފައިވާ ގެއްލުންތަކުގެ ފުރިހަމަ މުރާޖައާއެއް އެކުލަވާލުމަށް އިމަރޖެންސީ ޓީމުތަކުން ހަރަކާތްތެރިވަމުންދާއިރު ރަޝިއާގެ އިތުރު އުދުވާންތަކެއް އަމާޒުވުމުގެ ނުރައްކާ އަދިވެސް އެބައޮތެވެ.

ކެޕްޓަން ބިލޫސްގެ ޓީމަށް އަދި ވިލަރެސް ކުރެވިފައި ވަނީ ހާރްކީވް ސިޓީގައި ގެއްލުން ލިބިފައި ވާ އިމާރާތްތަކުގެ ތެރެއިން އެންމެ 10 ބައިކުޅަ 1 ބައި އިމާރާތެވެ.

ސިޓީ އާރާސްތު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާ އިރު، ރައްޔިތުންގެ ހިތްތަކުގައި ވަނީ އުއްމީދުގެ ހުޅުކޮޅު ދިއްލެން ފަށާފައެވެ. ރަޝިއާގެ ހަމަލާތައް އަމާޒުވާން ފެށުމާއެކު ބިންގަރާސްތަކާއި ބަންކަރުތަކުގައި ހިމާޔަތް ހޯދަމުން ދިޔަ ދިއުން ނިމުމަކަށް ގެނެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ.

ސްވިޓްލާނާ ކުރިލިއޯހާއަކީ، ދާއިމީ ކަރަންޓުގެ ހިދުމަތާއި ފެނުގެ ހިދުމަތުން މަހްރޫމުވެފައި ވާ ހާލު، ބިންގަރެއްހައި 2 މަހެއްހާ ދުވަސް ހޭދަ ކޮށްފައިވާ ރައްޔިތެކެވެ.

ވޮލަންޓިއަރުންގެ ކުރޫއިން ދަނީ އިމާރާތްތަކުގައި ހެދިފައި ވާ ބާގަނޑުތައް ބަންދު ކުރުމުގެ މަސައްކަތް، އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް ކުރަމުންނެވެ. ވީހާވެސް ބޮޑަކަށް އާންމު ދިރިއުޅުމުގެ ކަންކަމަށް ރުޖޫއަވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ހަލާކުވެފައިވާ ކުޑަދޮރުތައް މަރާމާތު ކުރަނީ ޕްލާސްޓިކާއި ލަކުޑި ބޭނުންކޮށްގެންނެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައަށް 100 އަށް ވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައި ވާ އިރު، އެ ހަމަލާ ބަދަލު ކުރުންތަކަށް ހުއްޓުމެއް އަތުވެދާނެ ކަމުގެ އަލި މަގެއް އަދި ނުފެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް