Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބީބީއޭ

ރާޅާއެޅުންތެރިންނަށް ޙާއްސަކުރި އެމްޓީސީސީ ފެރީގެ ދަތުރުތައް ފަށައިފި

ފެރީގެ ދަތުރުތަށް ފަށާފައިވަނީ ހުކުރު ދުވަހު

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 10 ޖޫން 2017 | ހޮނިހިރު 14:34
ރާޅާއެޅުންތެރިންނަށް ޙާއްސަކޮށްފައިވާ ފެރީ

ރާޅާއެޅުންތެރިންނަށް ޙާއްސަކޮށްފައިވާ ފެރީ

ޓޫރިޒަމް މިނިސްޓްރީ އާއި އެމްޓީސީސީން ގުޅިގެން ރާޅާއެޅުންތެރިންނަށް ހިލޭ ކ.ތަނބުރުދޫއަށް ދެވޭ ގޮތަށް ހަމަޖެއްސި ފެރީގެ ދަތުރުތައް ހުކުރު ދުވަހު ފަށައިފިއެވެ.

އެމްޓީސީސީ ގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ހަމަޖައްސައިދީފައިވާ މި ފެރީގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ ހުކުރު ދުވަހު މެންދުރުފަހު 14:00 ގައި، ޖެޓީ ނަމްބަރު 6 އިން ތަނބުރުދޫއަށެވެ.

މި ފެރީ ހަމަޖެއްސުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި އެމްޓީސީސީ އަދި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނާއި ދެމެދު ފާއިތުވި މެއި މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހަ މަސްދުވަހުގެ މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު މާލެ އާއި ތަނބުރުދޫ އާއި ދެމެދު ފެރީ ދަތުރު ކުރާނެއެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރުފަހު 1:30 ގައި މާލެއިން، އަދި އިރުއޮއްސި 6:00 ގައި ތަނބުރުދޫއިން ފެރީ އޮންނާނެއެވެ. އަދި ބަންދު ދުވަސްތަކުގައި ހެނދުނު 7:00 ގައި މާލެއިން އަދި އިރުއޮއްސި 6:00 އިން ފެރީ އޮންނާނެއެވެ.

އެއްބަސްވުމުގައި ސޮއެކުރުމަށްފަހު ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ބްރިޖް އެޅުމައްޓަކާ ރާޅުގަނޑު ބަންދުކުރީ އެތަނުގައި ރާޅާއެޅުމަކީ ރައްކާތެރި ކަމަށް ނުވާތީ ކަމަށާއި، އެހެންމަކަމުން ރާޅާއެޅުންތެރިންނަށް އެހެން ގޮތަކަށް އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ސަރުކާރުން ނިންމީ ކަމަށެވެ. އަދި މިނިސްޓަ ވިދާޅުވީ އަންނަ އަހަރު ބްރިޖް ހުޅުވެންދެން ރާޅާއެޅުންތެރިންނަށް ސަރުކާރުން އެ ފުރުސަތު ތަނަވަސް ކޮށްދޭނެ ކަމަށެވެ.

ރާޅާއެޅުންތެރިން މިހާރު ބޭނުން ކުރަމުންދާ ތަނބުރުދޫ ސަރފިން ޕޮއިންޓަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކޮށްލެވޭފަދަ ސަރފިން ޕޮއިންޓެކެވެ. އެގޮތުން ސީއެންއެންއިން ހޮވި އެންމެ ރަނގަޅު 50 ސަރފިން ޕޮއިންޓުގެ ތެރެއިން ތަނބުރުދޫ ރާޅު ޕޮއިންޓް ރެކޯޑް ކުރެވިފައިވަނީ 11 ވަނައިގައެވެ.

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2022

މޯލްޑިިވިއަން ދެވަނަ ބުރަށް، އެމްޓީސީސީއަށް ފުރަތަމަ މޮޅު

14 އޮކްޓޯބަރު 2022
މޯލްޑިިވިއަން ދެވަނަ ބުރަށް، އެމްޓީސީސީއަށް ފުރަތަމަ މޮޅު
20 އޯގަސްޓު 2022

އެމްޓީސީސީ ނޯތް ލީގު: ކެނދިކުޅުދޫއާއި އެކު ހޮޅުދޫ ފުރަތަމަ ޑިވިޝަނަށް

20 އޯގަސްޓު 2022
އެމްޓީސީސީ ނޯތް ލީގު: ކެނދިކުޅުދޫއާއި އެކު ހޮޅުދޫ ފުރަތަމަ ޑިވިޝަނަށް
18 އޯގަސްޓު 2022

އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަން: ހޮޅުދޫއާއި ކެނދިކުޅުދޫ އެއްވަރު

18 އޯގަސްޓު 2022
އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަން: ހޮޅުދޫއާއި ކެނދިކުޅުދޫ އެއްވަރު
17 އޯގަސްޓު 2022

އެމްޓީސީސީ ނޯތް ލީގު: ގްރޫޕް ސީގެ އެއްވަނާގައި ކެނދިކުޅުދޫ

17 އޯގަސްޓު 2022
އެމްޓީސީސީ ނޯތް ލީގު: ގްރޫޕް ސީގެ އެއްވަނާގައި ކެނދިކުޅުދޫ
17 މެއި 2022

އެމްޓީސީސީ ސާފް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު ފަށަނީ

17 މެއި 2022
އެމްޓީސީސީ ސާފް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު