Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްޓީސީސީ ސާފް ލީގު

އެމްޓީސީސީ ސާފް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު ފަށަނީ

ސެމީއިން ޖާގަ ލިބޭނީ ހަަތަރު ރާޅާ އެޅުންތެރިންނަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މެއި 2022 | އަންގާރަ 05:03
ޤައުމީ ސާފިން މުބާރާތުގެ ތެރެއިން

ޤައުމީ ސާފިން މުބާރާތުގެ ތެރެއިން

އެމްޓީސީސީ ސާފް ލީގުގެ ދެވަނަ މުބާރާތް މިހާރު ފެށިގެން ކުރިއަށްދާއިރު، މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް މިއަދު ފަށާނެއެވެ.

މ.މުލީގައި ކުރިއަށްދާ މިމުބާރާތަކީ މުލީކޮޅު ރާޅުގަނޑުގެ ނަމުގައި ބާއްވާ މުބާރާތެކެވެ. މުބާރާތުގެ އޯޕަން ބައިގެ ފިރިހެން ޑިވިޒަންގައި 32 ރާޅާ އެޅުންތެރިން ވާދަކުރިއެވެ. އަދި ޖޫނިއާ ބައިގައި 16 ރާޅާ އެޅުންތެރިން ވާދަކުރިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން ހޫދުގެ އިތުުރުން ޤައުމީ ސާފަރު ނަޖާހު މުހައްމަދާއި ޖިނާން އަހުމަދެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އެންމެ މޮޅު ސާފަރު އިސްމާއިލް ރަޝީދު (ސްމައިލީ) ވަނީ މުބާރާތުން ކަޓައިފައެވެ. އޭނާ ކަޓާފައިވަނީ ހަތަރު ވަނަ ބުރުންނެވެ.

ޤައުމީ ޗެމްޕިއަން ހޫދު ކުއާޓާއަށް ދަތުރުކުރީ މުލީ އައިހަމް އަދުނާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ކުއާޓާއަށް ނަޖާހު ދަތުރުކުރީ މުއީން އިބްރާހީމްގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މުބާރާތުގައި ކުރިއަށް ނުދެވުމުންނެވެ. ނަޖާހު ވާދަކުރަން ޖެހުނީ މުއީންއާއެވެ. އަދި ޖިނާނު ކުއާޓާއިން ޖާގަ ހޯދީ އަހުމަދު އަޒަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ދެން އޮތް އަނެއް ކުއާޓާގައި ވާދަކުރާނީ މުހައްމަދު ފަޔާޒްް، އަހުމަދު އާގިލް (އައްމަޑޭ)ގެ އިތުރުން ޖައިލަމް ނިޒާރުއެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގެ ހީޓުތަކާއި ސެމީ ފައިނަލްގެ ހީޓުތައް އޮތީ މިއަދުއެވެ. ކުއާޓާގައި ވާދަ ކުރާ 6 ރާޅާ އެޅުންތެރިންގެ ތެރެއިން ސެމީއިން ޖާގަ ލިބޭނީ ހަަތަރު ރާޅާ އެޅުންތެރިންނަށެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ނިންމާފައިވަނީ ޤައުމީ ސާފް ލީގު މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި މުބާރާތް ބާއްވަން ނިންމައި، ފުރަތަމަ މުބާރާތް ބޭއްވި ގދ. ގައްދޫގައެވެ. މުލީގައި ކުރިއަށް ދަނީ ދެ ވަނަ މުބާރާތެވެ. ތިން މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައި އޮތި ޖުލައި 5-9 އަށް ރ.ކިނޮޅުހުގައެވެ. ހިންމަފުށީގައި ހަތަރު ވަނަ މުބާރަތް ކުރިއަށް ގެންދާނީ އޮކްޓޫބަރު 4-8 އަށެވެ. އަދި ފަސް ވަނަ މުބާރާތް ކުރިއަށް ގެންދާނީ މާލޭގައެވެ. ރަންނަމާރި ޗެލެންޖުގެ ނަމުގައި މާލޭގައި މުބާރާތް އޮންނާނީ ނޮވެމްބަރު 18-25 އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު