Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕް

އިންޓަރ އޮފީސް ބެޑްމިންޓަން ޗެމްޕިއަންޝިޕް: ޗެމްޕިއަންކަން އެމްޓީސީސީ އާއި ކަސްޓަމްސް އަށް

މި މުބާރާތުގެ ފިރިހެން ބައިގައި 13 ޓީމެއް، އަދި އަންހެން ބައިގައި 8 ޓީމެއް ވަނީ ވަނީ ވާދަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 މާރިޗު 2020 | އަންގާރަ 07:34
ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އެމްޓީސީސީ

ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އެމްޓީސީސީ

ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި ފަސްވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޓީސީސީ ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދައިފި އެވެ.

މި މުބާރާތުގެ ފިރިހެން ބައިގައި 13 ޓީމެއް ވާދަކުރިއިރު، މި ބައިގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްޓީސީސީ ހޯދީ ހޯމަ ދުވަހުގެރޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ކުޅުނު ފައިނަލް މެޗުގައި އެމްއެންޑީއެފްއާ ވާދަކޮށް 20-13 ޕޮއިންޓުން މޮޅުވެގެންނެވެ.

މި ފައިނަލްގެ ޑަބަލްސް ފުރަތަމަ މެޗުން އެމްޓީސީސީގެ މުހައްމަދު އަޖުފާން ރަޝީދާއި ޔޫސުފް ނިޔާޒްގެ ޕެއާ ބަލިވި ނަމަވެސް، ސިންގަލްސް ފުރަތަމަ މެޗުން އަޖުފާން ވަނީ އަހުމަދު ސޮބާހު އަތުން މޮޅުވެފައެވެ. އޭގެ ފަހުން ކުޅުނު ޑަބަލްސް ދެވަނަ މެޗާއި ސިންގަލްސް ދެވަނަ މެޗުންވެސް އެމްޓީސީސީގެ ކުޅުންތެރިން ވަނީ ބަލިވެފައެވެ. އެކަމަކު ޑަބަލްސް އަނެއް ދެ މެޗާއި ސިންގަލްސް ތިންވަނަ މެޗު ކާމިޔާބުކޮށް އެމްޓީސީސީން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

މި މުބާރާތުގެ އަންހެން ބައިގައި 8 ޓީމެއް ވާދަކުރިއިރު، މި ބައިގެ ކުޅުން ކުރިއަށްދިޔައީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދީ ހޯމަ ދުވަހުގެރޭގެ ފައިނަލް މެޗުގައި އެމްއޭސީއެލްއާ ވާދަކޮށް 19-10 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލްގެ ޑަބަލްސް ފުރަތަމަ މެޗުގައި ކަސްޓަމްސްގެ އާމިނަތު ނަބީހާ އާއި އާމިނަތު އިރުފާގެ ޕެއާ މޮޅުވިއިރު، ދެވަނައަށް ކުޅުނު ސިންގަލްސް ފުރަތަމަ މެޗުން ކަސްޓަމްސްގެ އާމިނަތު ޒީނާ ވަނީ އެމްއޭސީއެލްގެ ނަބާހާ އަތުން ބަލިވެފައެވެ. ޑަބަލްސް ދެވަނަ މެޗުން ކަސްޓަމްސްގެ ނަބީހާ އާއި އާމިރާ ދޮއްތުގެ ޕެއާ މޮޅުވި ނަމަވެސް، ސިންގަލްސް ދެވަނަ މެޗުން ކަސްޓަމްސްގެ އައިޝަތު ޔަޝްފާ ވަނީ އެމްއޭސީއެލްގެ ފިރުޝާނާ ނަސީރު އަތުން ބަލިވެފައެވެ. ފައިނަލް މެޗު ކަސްޓަމްސްއިން ކާމިޔާބުކުރީ ޑަބަލްސް ތިންވަނަ މެޗާއި ސިންގަލްސް ތިންވަނަ މެޗުން މޮޅުވެގެންނެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު