Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާލީގު ކޮލިފިކޭޝަނުގެ އޯޕަން ރައުންޑު

ލީގު ކޮލިފިކޭޝަން: ފުރަތަމަ މެޗު އޭދަފުށި އެފްސީއަށް

މި ދެޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ އަންގާރަ ދުވަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 20 މެއި 2022 | ހުކުރު 14:48
 އޯޕަން ރައުންޑުގައި ކްލަބް އޭދަފުށްޓާއި އޭދަފުށި އެފްސީ ބައްދަލުކުރި މެޗު

އޯޕަން ރައުންޑުގައި ކްލަބް އޭދަފުށްޓާއި އޭދަފުށި އެފްސީ ބައްދަލުކުރި މެޗު

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ އޯޕަން ރައުންޑުގެ ފުރަތަމަ މެޗު ކްލަބް އޭދަފުއްޓާއި ވާދަކޮށް އޭދަފުށީ ފުޓްބޯޅަ ކްލަބު (އޭދަފުށި އެފްސީ) އިން ކާމިޔާބުކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރު އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ންނެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އޭދަފުށި އެފްސީއަށް ލީޑު ނަގައިދިނީ މުހައްމަދު އަތީފްއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން 38 ވަނަ މިނެޓުގައި ކްލަބް އޭދަފުށީގެ ހުސައިން ޝަރީފު އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފު ނިމުނީ 1-1ން އެއްވަރުވެގެންނެވެ. އޭދަފުށި އެފްސީ މޮޅުވި ލަނޑު ދެވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީވެސް ފުރަތަމަ ލަނޑު ޖެހި އަތީފުއެވެ.

2024/2023 ވަނަ ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްގެން ކުޅޭއިރު އެންމެ ފުރަތަމަ އޮންނާނީ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ އޯޕަން ޑިވިޝަނުގެ މެޗުތަކެވެ. އޭގެފަހުން އޮންނާނީ ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ ތިންވަނ ޑިވިޝަނުގެ މެޗުތަކެވެ. އޯޕަން ޑިވިޝަންގެ މެޗުތައް އޮންނާނީ އޭދަފުއްޓާއި ލ. ގަމުގެ އިތުރުން އެ އަތޮޅު ކުނަހަންދޫ، ށ. ނަރުދޫ އަދި ސ. ފޭދޫ އާއި ސ. ހިތަދޫގައެވެ. މީގެ ތެރެއިން ލ. ގަމުގެ ޗެމްޕިއަންކަން އެރަށު ތިއްތި ސްޕޯޓްސް ކްލަބް ހޯދިއިރު ކުނަހަންދޫ އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕެވެ.

އޭދަފުށިން އޯޕަން ޑިވިޝަނުގައި ބައިވެރިވީ ކްލަބް އޭދަފުއްޓާއި، އޭދަފުށީ ފުޓްބޯޅަ ކްލަބެވެ. މި ދެޓީމުގެ ތެރެއިން ޗެމްޕިއަން ޓީމު ކަނޑައަޅާނީ ދެލެގު ކުޅުމަށްފަހު އެގްރިގޭޓް ނަތީޖާއިންނެވެ. މި ދެޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ އަންގާރަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު