Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގަސްތުގައި ކުޑަކުދިން ރޮއްވުން

ގަސްތުގައި ކުޑަކުދިން ރޮއްވުން އެއީ މަޖާ ކަމެއް ނޫން

20 މެއި 2022 | ހުކުރު 06:15

އެއްވެސް ކަމަކާ ނުލައި ކުޑަކުދިން ރޮއްވުމަކީ އާންމުކޮށް މި މުޖުތަމައުން ފެންނަ ކަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 މެއި 2022 | ހުކުރު 06:15
ކުޑަކުދިންތަކެއް މޫދުގައި މަޖާކުރަނީ

ކުޑަކުދިންތަކެއް މޫދުގައި މަޖާކުރަނީ

ކޮންމެ ކުއްޖަކުވެސް ހެދި ބޮޑުވަމުން އަންނަ އަހަރުތަކަކީ އެކުއްޖާގެ ހަޔާތުގެ އެންމެ މުހިންމު އަހަރުތަކޭ މީހުން ބުނެއެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ކުޑައިރު އެކުއްޖާ ތަރުބިއްޔަތު ކުރެވޭ ގޮތަކުން އެ ބިނާކުރެވެނީ އެ ކުއްޖާގެ ކުރިމަގެވެ. މިފަދަ މުހިންމު ކަމެއްގެ ބިންގާ އެޅިގެންދާ އުމުރެއްގައި ކުދިންނަށް ފެންނަ ކަންކަމުންނާއި، ތަޖުރިބާ ކުރެވޭ ކަންކަމުން އެކުދިންގެ ދިރިއުޅުމާއި ކުރިމަގު ބަދަލުކޮށްލައެވެ. އެ އުމުރަކީ އެހާވެސް މުހިންމު އުމުރެކެވެ.

މައުސޫމް ތުއްތު ކުދިންނަކީ އެހާވެސް ލޯބި ދީގެން ބަލާ ބޮޑުކުރަންޖެހޭ ބައެކެވެ. އެހެންނަމަވެސް އެ އުމުރުގައި ބޮޑެތި މީހުންނަށް ހެދޭ ބައެއް ގޯސްތައް ހުރެއެވެ. މީގެތެރޭގައި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަން ހުރެއެވެ. ދާދި ފަހުން ސޯޝަލް މީޑިއާއިން ފެނުނު ޕޯސްޓެއްގައި މީހަކު ބުނެފައިވާ ބުނުމަކަށް ބަލާލާނަމެވެ. އެ ޕޯސްޓުގައި ވަނީ "ކުޑަކުދިން ރޮއްވުން މިއީ މަޖާ ކަމެއް" މިހެންނެވެ.

މި ޕޯސްޓުގައި ބުނެފައި އޮތް ބުނުން އެއްބަޔަކަށް ވީ މަޖާ ބުނުމަކަށެވެ. އެކަމަށް ތާއީދުކޮށް ހީ ހެދިއެވެ. އެހެންނަމަވެސް މިއީ ކިހާ ނުރަނގަޅު ކަމެއްކަން އެނގޭ މީހުން އެ ބުނުމާ ދެކޮޅަށް ތެދުވިއެވެ. މިއީ އާންމުކޮށް ހުރިހާ މުޖުތަމައަކުންވެސް ފެންނަ މަންޒަރެކެވެ. ގަސްތުގައި އެކުދިން ރުޅިއަރުވައި ރޮއްވައި ހަދަނީ އެކަމުން އެކުދިންގެ މުސްތަޤުބަލަށް ކުރާނެ އަސަރާމެދު އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ.

މިކަމާއި ގުޅިގެން "ރާއްޖެއެމްވީ" އާ ވާހަކަދެއްކި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ސައިކޮލޮޖިސްޓެއް ކަމަށްވާ މަރިޔަމް ޝަހުނާ ވިދާޅުވީ އެއްވެސް ކަމަކާ ނުލާ ކުޑަކުދިން ރޮއްވުމަކީ އާންމުގޮތެއްގައި މި މުޖުތަމައުން ފެންނަ މަންޒަރެއް ކަމަށެވެ. އެކުދިން ރުޅިއެރުވުމާއި، ލަދުގަންނަވާލުމާއި، އެކުދިން ރޯން ފެށުމުން އެކަމާ އެކުދިންނާ ދިމާކުރާކަން ފާހަގަކުރެވޭކަމަށެވެ. އަދި މިކަން ކުރަނީ ބޮޑެތި މީހުން "މަޖާކޮށްލުމަށް" ކަމަށް ޝަހުނާ ވިދާޅުވިއެވެ. އާންމުގޮތެއްގައި މިކަން ލޭބަލްކުރެވިފައިވަނީ އެއިން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ބޮޑެތި މީހުން ހިތްހަމަޖައްސާލައި މަޖާކޮށްލުމަށް މިކުރާ ކަމުގެ ނޭދެވޭ އަސަރު ކުޑަކުދިންނަށް ކުރެއެވެ. މިފަދަ ކަންކަން ތަކުރާރުކޮށް ކުރުމުގެ ސަބަބުން އެކުދިން އަބަދު ރުޅިއައުން ފަދަ ކަންކަން ފާހަގަކުރެވިފައިވާކަމަށް ޝަހުނާ ވިދާޅުވިއެވެ. ޝަހުނާ ވިދާޅުވީ އާންމުގޮތެއްގައި އެކުދިން ރުޅި އިސްކުރަނީ އެކުދިންނަށް އެކަމުން ފުރަތަމަ ކުރާ އިހުސާސްތައް ފޮރުވުމަށް ކަމަށެވެ. އެކުދިން އެހެން މީހުންނަށް ދައްކަން ބޭނުންނުވާ އިހުސާސްތަކުގެ ތެރޭގައި ލަދުގަތުމާއި، ގޮތްހުސްވުމާއި، އެކަނިވެރިވުމާއި، އެކަމާ ހިތްހަމަނުޖެހުމާއި، އެކަމާ ކުރެވޭނެ އިތުރު ކަމެއް ނެތް ކަމުގެ އިހުސާސް ކުރެވުން ހިމެނެއެވެ. އެކަމާ ރުޅިއަންނަ ހިސާބަށްދަނީ މި އިހުސާސްތައް ފޮރުވުމަށެވެ.

މިއީ މިއަދު އަހަރުމެން އެންމެންވެސް ވިސްނާލަން ޖެހިފައިވާ ކަމެކެވެ. ބޭކާރު ގޮތުގައި ކުޑަކުދިން ރޮއްވުމާއި، ރުޅިއެރުވުން ފަދަ ކަންކަމަކީ އެކަމުގެ ނޭދެވޭ އަސަރު އެކުއްޖާގެ މުޅި ދިރިއުޅުމަށް ކުރާނެ ކަމެކެވެ. މިކަންކަމުގެ ސަބަބުން އެކުއްޖާ ބޮޑުވެގެން އަންނަނީ ރުޅިގަދަ މީހެއްގެ ގޮތުގައެވެ. ރުޅި ކޮންޓްރޯލްކުރަން އުނދަގޫ މީހެއްގެ ގޮތުގައެވެ. ކަމަކާ ނުލައި ކުޑަކުދިން ރޮއްވައި ރުޅިއެރުވުމަކީ އެއްވެސް ވަރަކަށް މަޖާ ކަމެއް ނޫނެވެ.

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2018

އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!

15 އޮކްޓޯބަރު 2018
އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!
30 އޯގަސްޓު 2018

އެއީ އަދީބުގެ ވެސް ބްރިޖެއް ނޫން!

30 އޯގަސްޓު 2018
އެއީ އަދީބުގެ ވެސް ބްރިޖެއް ނޫން!
30 މެއި 2018

އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް

30 މެއި 2018
އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް
10 މެއި 2018

ސޫކުލްތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

10 މެއި 2018
ސޫކުލްތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
26 ނޮވެމްބަރު 2017

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!
03 ނޮވެމްބަރު 2017

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
07 އޯގަސްޓު 2017

ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

07 އޯގަސްޓު 2017
ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް