Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޑަކުދިންގެ ދުވަސް

ސޫކުލްތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ބައެއް ސްކޫލުތަކުގައި ހަރަކާތްތައް ބާއްވާފައިވަނީ ތީމް ކަނޑައަޅައިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 މެއި 2018 | ބުރާސްފަތި 06:05
މަދަރުސަތުލް އަމީރް އަހްމަދު ޕްރީ ސުކޫލްގެ ކުދިން

މަދަރުސަތުލް އަމީރް އަހްމަދު ޕްރީ ސުކޫލްގެ ކުދިން

ކުޑަކުދިންގެ ދުވަހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހާ ގުޅުވައިގެން އެކި ސުކޫލްތަކުގައި ތަފާތު ހަރަކާތްތައް ކޮންމެ އަހަރަކުވެސް ހިންގައެވެ. އެގޮތުން މި އަހަރުވެސް މާލޭގެ އެކި ސުކޫލްތަކުގައި ކުޑަކުދިންގެ ދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ޕްރީ ސްކޫލުތަކާއި ޕްރައިމަރީ ސްކޫލުތަކުގެ އިތުރުން ސެކަންޑްރީ ސުކޫލްތަކުގައިވެސް ވަނީ މި ދުވަސް ތަފާތު ގޮތަކަށް ފާހަގަކޮށްފައެވެ. ގިނަ ސުކޫލްތަކުން އެކި ތީމްތަކުގެ މައްޗަށް ބިނާކޮށް ކުޑަކުދިންގެ ދުވަސް އެކި ހަރަކާތްތަކާ އެކީ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިސްކަންދަރު ސުކޫލްގައި ދުވަހާއި ގުޅުވައިގެން ހާއްސަ ދުއާއެއް ކޮށްފައިވާއިރު ކުދިންގެ ނެށުމުގެ ހަރަކާތްތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. އަދި ކުދިންނަށް އިންޑޯ ގޭމްސްތަކާއި އައުޓްޑޯ ގޭމްސްތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް އެ ސުކޫލުން ބުންޏެވެ.

"އަޅުގަނޑުމެން މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ވަރަށް ކުދިންނަށް ވަރަށް ހާއްސަކޮށްގެން. ކުދިން އުފާވާނެހެން ހުރިހާ ހަރަކާތްތައްވެސް ހިންގުމަށް ހަމަޖެހިފައިވަނީ. މިއަދަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހާއްސަ ދުވަހެއް، އެއީ މިއަދަކީ އަޅުގަނޑުމެންގެ ސުކޫލްގެ 57 ވަނަ އަހަރީ ދުވަސް. އެހެންކަމުން މިދުވަސް ވަރަށް ހާއްސަ އަޅުގަނޑުމެންނަށް ދެ ގޮތުންވެސް. ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ޕާޓީއެއްވެސް ބާއްވަން ހަމަޖެހިފައިވަނީ،" އިސްކަންދަރު ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު މުޖާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ތާޖުއްދީން ސުކޫލްގައި އާއި ކަލާފާނު ސުކޫލްގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައިވަނީ ތަފާތު ތީމްތަކުގެ މައްޗަށް ބިނާކޮށެވެ. ތާޖުއްދީން ސުކޫލުން "ކާނިވަލް" ތީމްގެ މައްޗަށް ބިނާކޮށް ސުކޫލްގެ ކޮމްޕައުންޑުގައި އާއި ސުކޫލް ހޯލްގައި ވަނީ ތަފާތު ސްޓޯލްތައް ބަހައްޓާފައެވެ. އެގޮތުން ދެ ދަންފަޅިއަކަށް ބަހާލައިގެން ކޮންމެ ގްރޭޑަކުން ވަނީ ސްޓޯލްތައް ބަހައްޓާފައެވެ.

"ކާނިވަލްއާ ގުޅޭ ތަފާތު ސްޓޯލްތައް މިވަނީ އަޅުގަނޑުމެން ބަހައްޓާފައި. ޕިންގްޕޮންގް ބޯލް އާއި ޕޮޓޯ ބޫތް، ބެލޫން ބާސްޓިންގްގެ އިތުރުން ޓާގެޓް ތްރޮވިންގް ފަދަ ގޭމްސްތައް ސްޓޯލްގައި ކުރިއަށްދާނެ" ތާޖުއްދީން ސުކޫލްގެ ގްރޭޑް 1ގެ ލީޑިންގް ޓީޗަރ ރައުނާ ރަމީޒް ވިދާޅުވިއެވެ.

ޕްރީސުކޫލްތަކުގެ ކުދިން ގޮސްފައިވަނީ އެ ސްކޫލަކުން ކަނޑައަޅާ ވަކި ތީމްއަކާއި ގުޅޭ ހެދުން އަޅައިގެންނެވެ. މަދަރުސަތުލް އަމީރް އަހްމަދު ޕްރީ ސުކޫލްގެ ކުދިން ވަނީ "ފުޓްބޯޅަ" ތީމްގެ މައްޗަށް ބިނާކޮށް ޖާޒީތައް ލައިގެން ސުކޫލަށް ގޮސްފައެވެ. އަދި ކުޑަކުދިންގެ ދުވަހު ނެށުމުގެ އެކި ހަރަކާތްތައްވެސް ވަނީ ސުކޫލްގައި ކުރިއަށް ގެންގޮސްފައެވެ. އެ ކުދިން ތިބީ ކުޑަކުދިންގެ ދުވަސް ފާހަގަކޮށް، އެކި ހަރަކާތްތަކުގައި ބައިވެރިވެވޭތީ ވަރަށް އުފަލުންނެވެ.

ކުޑަކުދިންގެ ދުވަސް ބައިނަލަޤްވާމީ ގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1856 ވަނަ އަހަރުއެވެ. އަދި އެ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައަޅާފައިވަނީ ތުރުކީވިލާތުން 1929 ވަނަ އަހަރުގައެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
11 ޖޫން 2017

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ
24 މެއި 2017

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު