Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަންކީ ޕޮކްސްއާ ގުޅޭގޮތުން އެނގެނީ ކިހާވަރަކަށް

ކުއްލިއަކަށް ފެންނަން ފެށި ކޭސްތަކާއެކު ސަމާލުކަމަށް އައިސްފައިވާ މަންކީ ޕޮކްސްއާ ބެހޭ ގޮތުން އެނގެނީ ކިހާވަރަކަށް؟

މަންކީޕޮކްސް އަކީ މުޅި ދުނިޔެއަށް ފެތުރި ބޮޑު ޕެންޑަމިކަކަށް ދާނެ ބައްޔެއް ނޫން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 މެއި 2022 | ހުކުރު 02:22
މަންކީޕޮކްސް ވައިރަސް

މަންކީޕޮކްސް ވައިރަސް

ކުއްލިއަކަށް ފެންނަން ފެށި މަންކީ ޕޮކްސްގެ ކޭސްތަކާއެކު ދުނިޔޭގެ ސަމާލުކަމަށް މިބަލި މިވަނީ އައިސްފައެވެ. މަދުން ނޫނީ ފެނިފައިނުވާ މިބަލި އެންމެ ފުރަތަމަ ފެނިފައިވަނީ އެފްރިކާ ސަރަހައްދުންނެވެ. މިފަހަކުން މަންކީ ޕޮކްސްއަށް ދުނިޔޭގެ ސަމާލުކަން ލިބިފައިމިވަނީ އިނގިރޭސިވިލާތް، ޕޯރޗުގަލް އަދި ސްޕެއިނުން ފެނިފައިވާ ކޭސްތަކާއެކުއެވެ.

ބުދަ ދުވަހު އެމެރިކާއިން ވަނީ އެޤައުމުން މަންކީ ޕޮކްސްގެ ފުރަތަމަ ކޭސް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަނެއްކޮޅުން ބުދަ ދުވަހު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ އިނގިރޭސިވިލާތުން ފެންނަމުންދާ ކޭސްތަކާއެކު ހާލަތު ބެލުމަށް ޓީމެއް ފޮނުވާފައެވެ.

އެޕިޑެމޮލޮޖީގެ ޕްރޮފެސަރެއްކަމުގައިވާ ޑރ. އޭން ޑަބްލިޔު. ރައިމޮއިން ވިދާޅުވީ އާންމުގޮތެއްގައި މަންކީޕޮކްސް އަކީ މުޅި ދުނިޔެއަށް ފެތުރި ބޮޑު ޕެންޑަމިކަކަށް ދާނެ ބައްޔެއް ނޫންކަމަށެވެ. އަދި މިހާރު ފެނިގެން މިއުޅޭ ގޮތަށް ގިނައިން ކޭސްތަކެއް ފެނިގެންދާނީ ވަރަށް މަދުން ނުވަތަ އާދަޔާ ޚިލާފު ކަންތައްތަކެއްގެ ސަބަބުންކަމަށެވެ.

ބަލިޖެހޭ ގިނަ މީހުން ބަލިން ފަަސޭހަވިނަމަވެސް މިބައްޔަކީ ބައެއް ފަހަރު ވަރަށް ނުރައްކާތެރި އަދި ފުރާނައަށްވެސް ގެއްލުންހުރި ބައްޔެކެވެ.

މަދުން ނޫނީ ނުފެންނަ މިބައްޔަކީ ސްމޯލްޕޮކްސް އާއިލާގެ ވައިރަސްއެކެވެ. އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ން ހާމަކޮށްފައިވަ ގޮތުގައި މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ރާމާމަކުނުތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއަކުންނެވެ.

މިވައިރަސް އެންމެ ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން ފެނިފައިވަނީ 1970 ވަނަ އަހަރު ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މިހާތަނަށް ފެނިފައިވާ އެންމެ ގިނަ ކޭސްތައް ފެނިފައިވަނީވެސް އެޤައުމުންނެވެ. ނަމަވެސް އެފްރިކާގެ ހުޅަނގާއި މެދުތެރޭގެ ހިސާބުތަކުންވެސް މަންކީޕޮކްސްގެ ކޭސްތައް ފެނިފައިވެއެވެ.

އެފްރިކާއިން ބޭރުން އެންމެ ފުރަތަމަ އިންސާނުންގެ ގައިން މަންކީޕޮކްސް ފެނިފައިވަނީ 2003 ވަނަ އަހަރުއެވެ.

މަންކީޕޮކްސް އާންމު ގޮތެއްގައި އިންސާނުންގެ ގަޔަށް އަރަނީ ބަލިޖެހިފައިވާ ޖަނަވާރެއްގެ ފެށުންނެވެ. އިންސާނުންގެ ތެރެއިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މިބަލި އެރުމުގެ ފުރުސަތު އޮތްނަމަވެސް އެއީ އެހާ އާންމު ކަމެއްނޫންކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މީގެއިތުރުން ވައިރަސް ހުރި އެއްޗެއް މެދުވެރިވެގެންވެސް އިންސާނުންގެ ގަޔަށް މިވައިރަސް އަރައެވެ. އެގޮތުން ބަލި ޖެހިފައިވާ މީހެއްގެ އަންނައުނު، ބެޑްޝީޓް، ތުވާލި ފަދަ އެއްޗެތިން ބަލި އެރުމުގެ ފުރުސަތު އޮވެއެވެ.

މިވައިރަސް އެއްތަނުން އަނެއްތަނަށް އުފުލާ މައިގަނޑު އެއްޗަކީ ކޮބައިކަން އަދިވެސް ދެނެގަނެވިފައެއްނުވެއެވެ. ނަމަވެސް ބައެއް މާހިރުން ލަފާކުރާ ގޮތުގައި އެފްރިކަން ރޯޑެންޓްސްއަކީ މިވައިރަސް އުފުލާ މައި ޖަނަވާރެވެ. ރޯޑެންޓްސްގެ ތެރޭގައި ހިމެނޭ ޖަނަވާރުތަކަކީ މީދަލުގެ އާއިލާގައި ހިމެނޭ ޖަނަވާރުތަކެވެ.

އެފްރިކާގެ މެދުތެރެއާއި ހުޅަނގުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މިވައިރަސް ޖެހިފައިވަނީ ވައިރަސް ޖެހިފައިވާ ޖަނަވާރެއް ދަތް އެޅުމުގެ ސަބަބުން ނުވަތަ ވަކި އެޅުމުގެ ސަބަބުންނެވެ. މީގެއިތުރުން ވައިރަސް ޖެހިފައިވާ ޖަނަވާރެއްގެ ގައިގައި އަތްލުމާއި އޭގެ ޖަނަވާރެއްގެ ބަޔަކުން ހަދާފައިވާ އެއްޗެއްގައި ޖެހިގެންނެވެ.

އެއް އިންސާނަކުން އަނެއް އިންސާނެއްގެ ގަޔަށް ބަލި ފަސޭހަކަމާއެކު ނޭރިކަމުގައިވިޔަސް ކުކުޅުގެ ޒަރީއާއިން މިބަލި އިންސާނުންގެ ތެރޭގައި ފެތުރެއެވެ. ޖައްވު ތެރޭގައި ހުންނަ ޑްރޮޕްލެޓްސްތަކަށް އެހާ ދުރަށް ދަތުރު ނުކުރެވުނުނަމަވެސް ގިނައިރު ތަކެއް ވަންދެން މޫނާއި މޫނު ޖެހޭ ހިސާބުގައި ތިބޭނަމަ އެކަކު ގައިން އަނެކަކު ގަޔަށް ބަލި އަރާނެކަމަށް ސީޑީސީން ބުނެއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިޔުރިޓީ އެޖެންސީން ބުނާ ގޮތުގައި އެޤައުމުން އެންމެ ފަހުން މިފެނުނު މަންކީޕޮކްސްގެ ކޭސްތަތަކީ އެއްޖިއްސުން ގުޅުން ހިންގާ ފިރިހެނުން ތަކެއްގެ ފުށުން ފެނިފައިވާ ކޭސްތަކެކެވެ. މަންކީޕޮކްސް އަކީ ޖިންސީ ގުޅުމުގެ ސަބަބުން އަރާ ބައްޔެއް ނޫންނަމަވެސް ވައިރަސް ޖެހިފައިވާ މީހެއްގެ ހަށިގަނޑު ދިޔަ އާއި، އެމީހަކު ބޭނުންކުރާ ހެދުމާއި ބެޑްޝީޓް ފަދަ ތަކެތިން މިބަލި އަރާކަމަށް ސީޑީސީން ބުނެއެވެ.

ސީޑީސީން ބުނާ ގޮތުގައި މަންކީޕޮކްސް ޖެހިފައިވާކަމުގެ އެންމެ ފުރަތަމަ އަލާމާތްތަކަކީ ހުން އައުމާއި ލިމްފް ނޯޑްސް ދުޅަވުމެވެ. މަންކީޕޮކްސްގެ އަލާމާތްތަކަކީ ސްމޯލްޕޮކްސްގެ އަލާމާތްތަކާއި އެއްގޮތް އަލާމާތްތަކެވެ.

އެންމެ ފުރަތަމަ ހުން އައިސް، ގައިގާ ރިއްސާ، ހީކަރުވާ ވަރުބަލިވުން ފަދަ ކަންކަން ވާނެއެވެ. އެއަށްވުރެ ބޮޑުވަރުވާ ހިސާބުން ހަށިގަނޑުގެ ތަންތަން ކަހަން ފަށާ ބިހިތައް ނަގަން ފަށާނެއެވެ. އެންމެ ފުރަތަމަ ބިހި ނަގަން ފަށާނީ މޫނުގައެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރެއެވެ. ޗިކަންޕޮކްސް ޖެހުމުން ނުވަތަ ސްމޯލްޕޮކްސް ޖެހުމުން ބިހި ނަގާ ގޮތަށް މަންކީ ޕޮކްސް ޖެހުމުންވެސް ބިހި ނަގައެވެ.

މުޅި ގައިގައި ބިހިތައް ނެގުމަށްފަހު އެތަންތަން ކަހާ ހެދުމުގެ ސަބަބުން މީހާއަށް އިތުރަށް ބޮޑުވަރުވެއެވެ.

ވައިރަސް ހަށިގަނޑަށް ވަންނަތާ 7 ދުވަހާ 14 ދުވަހާ ދެމެދު ބަލީގެ އަލާމާތްތައް ފެންނަން ފަށާނެއެވެ. މިބަލީގައި އެތައް ހަފްތާތަކެއްވަންދެންވެސް އުޅެންޖެހެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި މިބަލި ޖެހޭ ގިނަ މީހުން ހަފްތާތަކެއްގެ ތެރޭގައި ބަލިން ރަނގަޅުވެއެވެ. ނަމަވެސް ބައެއް މީހުންނަށް މިއީ މަރު ބައްޔަކަށް ވެއެވެ.

މިހާތަނަށް ސައިންސްވެރިން ވަނީ މަންކީޕޮކްސްގެ ދެ ވައްތަރެއްގެ ވައިރަސް ދެނެގަނެފައެވެ. އެއީ ހުޅަނގު އެފްރިކާ ކްލޭޑް އަދި ކޮންގޯ ބޭސިން ކްލޭޑްއެވެ. މީގެތެރެއިން ނުރައްކާތެރިކަން ކުޑައީ ހުޅަނގު އެފްރިކާ ކްލޭޑްގައެވެ. ހުޅަނގު އެފްރިކާ ކްލޭޑްގެ ވައިރަސް ޖެހޭ މީހުންގެ ތެރެއިން މަރުވަނީ އެވައިރަސް ޖެހޭ މީހުންގެ އެކެއް އިންސައްތަ މީހުންނެވެ. ނަމަވެސް ކޮންގޯ ބޭސިން ކްލޭޑް ޖެހޭ ކޮންމެ 10 މީހަކުން 1 މަރުވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ޑރ. އޭން ޑަބްލިޔު. ރައިމޮއިން ވިދާޅުވާ ގޮތުގައި މިހާރު ފެނިފައިވާ ކޭސްތަކަކީ ބޮޑަށް ބެލެވޭ ގޮތުގައި ހުޅަނގު އެފްރިކާ ކްލޭޑްއާ ގުޅުންހުރި ކޭސްތަކެކެވެ. ނަމަވެސް މިކޭސްތަކުގެ ކުރީކޮޅުގައި އުޅޭތީ އަދި މާބޮޑު ތަފްސީލުތަކެއް ނޭންގެއެވެ.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖިމީ ވައިޓްވޯރތް ރޮއިޓަރސްއާ ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑް-19 އާ އެއްގޮތަށް މުޅި ދުނިޔެއަށް ފެތުރި އެވަރަށް މީހުން މަރުވެގެންދާ ބައްޔަކަށް މަންކީޕޮކްސް ނުވާނެއެވެ.

ޑރ ރައިމޮއިން ވަނީ ކޮވިޑް-19 އާ މަންކީޕޮކްސް އަޅާ ނުކިޔުމަށް އިރުޝާދުދެއްވާފައެވެ. އެއީ މަންކީޕޮކްސް އަކީ ނޮވެލް ވައިރަސްއަކަށް ނުވާތީއެވެ. މާނައަކީ މަންކީޕޮކްސްއަކީ މީގެކުރިން ދެނެގަނެވި ދިރާސާތަކެއް ކުރެވިފައިވާ ވައިރަސްއެކެވެ.

ޑރ ރައިމޮއިން ވިދާޅުވީ މަންކީޕޮކްސްއަކީ އެހާ އަވަހަށް ގިނަވެގެންނުދާ ވައިރަސް އެކެވެ. އޭގެ ރިޕްރޮޑަކްޓިވް ރޭޓް އުޅެނީ ދަށުގައެވެ. އެއީ ކުރީގައި ފެނިފައިވާ ކޭސްތަކަށް ބަލާއިރު ފެންނަ ގޮތްކަމަށް ރައިމޮއިން ވިދާޅުވިއެވެ. އެހެންކަމުން ހަލުވިކަމާއެކު މިވައިރަސް ފެތުރިގެންނުދާނެއެވެ. ނަމަވެސް އިތުރަށް މިވައިރަސް އަދިވެސް ދިރާސާކުރަން ޖެހޭކަމަށް ޑރ ރައިމޮއިން ވިދާޅުވިއެވެ.

މިސުވާލަށް ދެވޭނެ އެންމެ އާދައިގެ ޖަވާބަކީ އާނ އެކޭއެވެ. ސްމޯލްޕޮކްސްއަށް އުފައްދާފައިވާ ވެކްސިންއަށް ވަނީ މަންކީޕޮކްސްއަށް ބޭނުންކުރުމުގެ ހުއްދަދީފައެވެ. އަދި އެންޓިވައިރަލް އެކި ބޭސްތައްވެސް މަންކީޕޮކްސްއިން ދިފާއުވުމަށް ނުވަތަ ބަލިން ފަސޭހަވުމަށް ބޭނުންކުރެއެވެ. ނަމަވެސް ސީޑީސީން ބުނާގޮތުގައި މަންކީޕޮކްސްއިން ދިފާއުވެވޭނެ ސާބިތުވެފައިވާ ބޭހެއް ނުވަތަ ޓްރީޓްމެންޓެއް ނެތެވެ.

ޑރ ރައިމޮއިން ވިދާޅުވީ ސްމޯލްޕޮކްސްއަކީ މީގެ އަހަރެއްތަކެއް ކުރިން ދުނިޔެއިން ނައްތާލާފައިވާ ވައިރަސްއަކަށް ވުމުން މިހާރު އެވައިރަސްގެ އާއިލާގެ އެހެން ވައިރަސްތަކުން އިންސާނުން ދިފާއުވުމުގެ ބައި ކުޑަވާނެއެވެ. އޭގެތެރެގައި މަންކީޕޮކްސްވެސް ހިމެނެއެވެ. އަނެއްކޮޅުން ސްމޯލްޕޮކްސް ވެކްސިނަކީ ދުނިޔޭގެ އާބާދީގެ ބޮޑުބަޔަކަށް ދީފައިވާ ވެކްސިނެއް ނޫނެވެ. އެހެންކަމުން މަންކީޕޮކްސްއިން ދުނިޔޭގެ އާބާދީގެ ބޮޑު އާބާދީއެއް ދިފާއުވާވަރުގެ އިމިޔުނިޓީއެއް ލިބިފައެއްނުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

\"ދޭށެ މިބުނާ ލޯބި\" އިން ބެލުންތެރިން ދޭން ފެށި ލޯތްބާއެކު ބަބުލްސް ރިޝްފާ އަދިވެސް ބަބުޅަނީ!

"ދޭށެ މިބުނާ ލޯބި" އިން ބެލުންތެރިން ދޭން ފެށި ލޯތްބާއެކު ބަބުލްސް ރިޝްފާ އަދިވެސް ބަބުޅަނީ!

24 އޮކްޓޯބަރު 2019
އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުންގެ ފަރާތުން ރަނގަޅު ބަދަލުތަކެއް ފެންނަން ޖެހޭ!

އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުންގެ ފަރާތުން ރަނގަޅު ބަދަލުތަކެއް ފެންނަން ޖެހޭ!

17 ސެޕްޓެމްބަރު 2019
ދެކުނުން ފެށި ދަތުރު މެދާ ހިސާބަށް، ތަފާތު އިހުސާސްތަކެއް

ދެކުނުން ފެށި ދަތުރު މެދާ ހިސާބަށް، ތަފާތު އިހުސާސްތަކެއް

23 ޖޫން 2019
ގޮތް ހުސްވެފައި ތިބި އާއިލާތަކުން އިންސާފަށް ކުރާ ދަތުރުގެ ކޮޅުމަތި ފެންނަން ފަށައިފި

ގޮތް ހުސްވެފައި ތިބި އާއިލާތަކުން އިންސާފަށް ކުރާ ދަތުރުގެ ކޮޅުމަތި ފެންނަން ފަށައިފި

11 ޖޫން 2019
ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

01 މެއި 2019

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު