Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުންގެ ފަރާތުން ރަނގަޅު ބަދަލުތަކެއް ފެންނަން ޖެހޭ!

ގާނޫނީ ޒިންމާ އަދާކުރާނެ ކަމަށް އޮތް އިތުބާރު ރައްޔިތުން ވަނީ އެ މެމްބަރުންނަށް ދީފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2019 | އަންގާރަ 13:15
އޭސީސީއަށް އަލަށް އައްޔަން ކުރެއްވި މެމްބަރުންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވަނީ

އޭސީސީއަށް އަލަށް އައްޔަން ކުރެއްވި މެމްބަރުންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވަނީ

ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މުއައްސަސާތަކުގެ ލިސްޓެއް އެކުލަވާލާނަމަ، އެ ލިސްޓުން އެއްވެސް މުއައްސަސާއެއް އިސްތިސްނާއެއް ނުވާނެ އެވެ. ހަމަ ކޮންމެ މުއައްސަސާއަކަށް ނަޒަރު ހިންގާލިނަމަވެސް މުއައްސަސާގެ ނަޒާހަތްތެރިކަމާއި، އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ވަނީ ގެއްލިފަ އެވެ. ކިތަންމެ ފުރިހަމަ މަސައްކަތެއް މި ދެންނެވި މުއައްސަސާއަކުން ކުރިނަމަވެސް ރައްޔިތުންގެ ތެރެއިން އެ މުއައްސަސާއަކަށް ތައުރީފްގެ ބަހެއް ލިބެނީ މަދު ފަހަރަކު އެވެ.

އެގޮތަށް އެކަންތައްތައް މެދުވެރިވީވެސް ގިނަ ސަބަބުތަކަކާއި ގުޅިގެންނެވެ. އެކަމުގެ ތަފްސީލްތަކަށް ނުދިޔަނަމަވެސް އެއީ މުޅި ޤައުމު އެކަމެއްގެ ހަޤީޤަތް އެނގޭނެ ކަންކަމެވެ.

އިތުބާރު ގެއްލިފައިވާ މުއައްސަސާތަކުގެ ލިސްޓެއް އެކުލަވާލާނަމަ އެ ލިސްޓުގެ އެންމެ ކުރީގައި އޮންނާނެ އެއް މުއައްސަސާއަކީ، ވައްކަމާއި، ހިޔާނާތާއި، ފަސާދައިގެ އަމަލުތައް ތަހުޤީޤްކޮށް، ޒިންމާދާރުކޮށް، ފިޔަވަޅު އެޅުމަށް ވަކި ހާއްސަ ޤާނޫނަކުން ބޮޑެތި ބާރުތަކެއްދީ އުފެއްދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. ނިމުނު ފަސް އަހަރުގެ ތެރޭގައި އެ ކޮމިޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ކުރިކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. އަދި އެ ކޮމިޝަންގެ މެމްބަރުންނަށް ޤާނޫނުން މަތިކުރި ޒިންމާ އަދާކުރިކަމަކަށްވެސް ރައްޔިތުން ގަބޫލެއް ނުކުރެ އެވެ.

އެ ކޮމިޝަނަށް ބޮޑެޔި ތުހުމަތުތަކެއް ކުރެވިފައިވާއިރު، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގިއިރު އޭސީސީގެ ބައެއް މެމްބަރުން އެހީތެރިވިކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. ކޮރަޕްޝަން ހިންގިއިރު ކޮރަޕްޝަން ބަލަން އުފެއްދި މުއައްސަސާގެ އިހުމާލު ބޮޑު ކަމަށް ގަބޫލު ކުރާމީހުން މަދެއް ނޫނެވެ.

އެ ތުހުމަތުތަކާއެކު އޭރު ހިންގި ގިނަ މައްސަލަތައް އޭސީސީއިން ދިޔައީ ފަސްއަޅައި ފޮރުވަމުންނެވެ. އޭރުގައި ތިއްބެވި މެމްބަރުން ސިޔާސީ ފަރާތްތަކަށް ލެނބިފައިވާ މިންވަރު ކޮރަޕްޝަންގެ މަސައްކަތްތަކުން ހާމަވަމުން ދިޔަ އެވެ. އޭރުގައި ކޮމިޝަންގެ ރައީސަކަށް ހުންނެވި ހަސަން ލުތުފީގެ ބަހުންނަމަ، އެބޭފުޅާ މަސައްކަތްކުރެއްވީ "ރައީސް ޔާމީނަކީ ކާކުކަން އެނގިވަޑައިގެން" އެވެ. އަދި އެމަނިކުފާނު ރުހޭނެގޮތުގެ މަތިންނެެވެ. ނަތީޖާއަކަށްވީ މަސައްކަތުގައި އުޅުއްވުމުގެ ބަދަލުގައި އުޅުއްވީ މަލޭޝިޔާގެ ސިނަމާތަކަުން "ޕަދްމަވަތީ" ބެއްލަވައި، މަޖަލާއި، ސަކަރާތުގެ ތެރޭގައިކަމެވެ.

ބޮޑެތި ހިޔާނާތާއި، ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުނުއިރު، އެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު އެކޮމިޝަނުން އެޅިނަމަ ދައުލަތުން ގެއްލިގެން ދިޔަ ފައިސާ ނުގެއްލުނީހެވެ. އަދި މުޅި ދައުލަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ނުލިބުނީސް އެވެ.

މި ދެންނެވި ކަންކަމުގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގައި އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީ އެމަނިކުފާނު ދިފާއު ކޮށްދޭން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުކުރެވެއެވެ. ލުތުފީ މަސައްކަތް ކުރެއްވީ ރައީސް ޔާމީނަށް ކުރެވޭ ތުހުމަތުތަކުން އެމަނިކުފާނު ސަލާމަތްވާނެ ގޮތް މަގުފަހި ކުރުވޭނެ ގޮތްތަކަށް ކަމަށް ކުރެވޭ ތުހުމަތު ބޮޑެވެ. އެއްބަޔަކު ބުނާ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން އެސްއޯއެފަށް ޖަމާވި ފައިސާ އޭސީސީއިން ފްރީޒް ކުރިނަމަ އެ ފައިސާއިން އިތުރަށް މުއާމަލާތްތައް ކުރިއަށް ނުގެންދެވުނީހެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ކުރެވުނު ކޮރަޕްޝަންގެ މައްސަލަތަކާއި އެ މެމްބަރުން އަމިއްލަ އިއުތިރާޒުގައި ކަރަޕްޝަންގެ ފައިސާ ނެންގެވިކަމަށް ވިދާޅުވި ވިދާޅުވުން ވެސް އޭސީސީއިން ނިންމީ ކޮރަޕްޝަންގެ މައްސަލަތަކެއް ނުހިނގާކަމަށެވެ. އަދިވެސް ކޮރަޕްޝަންގެ އެތަށް މައްސަލަތަކެއް ނިންމާފައި އޮތީ މި ދެންނެވި ގޮތަށެވެ.

އޭރުގެ އޭސީސީއިން ވަނީ ކުރެވުނު ތުހުމަތުތަކާއެކު ސަރުކާރުގެ ބައެއް އިދާރާތަކުން މައުލޫމާތުދޭން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ތުހުމަތުތަކަށް އިންކާރު ކުރިއެވެ. ކުންފުނިތަކުން މައުލޫމާތު ދޭން އިންކާރު ކުރުމުން ކުންފުނިތަކުގެ "ގުދަންތައް ހާވާލައިގެން" މައުލޫމާތު ހޯދަން ޖެހުނު ކަމަށް ބުނެ އޭސީސީއިން އަމިއްލަ ދިފާއުގައި ބުނެ އުޅެއެވެ. ނަމަވެސް ރައްޔިތުން އެ އިންކާރެއް ގަބޫލެއް ނުކުރެއެވެ. އޭސީސީއަށް ކުރި ތުހުމަތުތަކާއެކު ފަސް އަހަރު ތެރޭގައި ހިންގާފައިވާ ކަރަޕްޝަންގެ ގިނަ މައްސަލަތައް ފެންމަތިވީ މި ސަރުކާރު ވެރިކަމަށް އައުމާއެކުއެވެ.

ކުރީގެ ސަރުކާރުން ހިންގި ބޮޑެތި ޚިޔާނާތްތަކާއެކު މި ސަރުކާރުން ރައްޔިތުންނަށް ވީ އެންމެ މުހިއްމު ވައުދަކީ ވައްކަމާއި ހިޔާނާތަށް ފުރުސަތެއް ނުދިނުމެވެ. ކަރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމެވެ. އެއާއެކު މިމަހުގެ 9 ވަނަ ދުވަހު އޭސީސީއަށް އަލަށް އައްޔަންކުރެވުނު މެމްބަރުންނާއި މެދު ކުރެވޭ އުއްމީދުތައް ބޮޑެވެ. ކުރިން އޭސީސީއިން ހިންގި ކަންތައްތައް ނުކުރާނެކަމާއި ގާނޫނީ ޒިންމާ އަދާ ކުރާނެ ކަމަށް އޮތް އިތުބާރު ރައްޔިތުން ވަނީ އެ މެމްބަރުންނަށް ދީފައެވެ.

މިނިވަން މުއައްސަސާތަކާއި މުޅި ނިޒާމް ރަނގަޅުކޮށް މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަކީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އެއް ވައުދެވެ. އެކަން ކުރެވޭނީ މުއައްސަސާތަކަށް އައްޔަން ކޮށްފައި ތިބި މެމްބަރުންގެ އެއްބާރުލުން ވެސް ލިބިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީއަށް ޖަވާބު ނުދެވުނު ސުވާލު: ޚިޔާނާތުގެ ފައިސާއަށް ދެންވީ ކިހިނެތް؟

އޭސީސީއަށް ޖަވާބު ނުދެވުނު ސުވާލު: ޚިޔާނާތުގެ ފައިސާއަށް ދެންވީ ކިހިނެތް؟

15 ފެބުރުއަރީ 2019
ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

19 ޖެނުއަރީ 2019
މެމްބަރުންގެ އިހްލާސްތެރިކަން ދައްކާ، ދައުރުން ބޭރުން ޖަލްސާއެއް ނުބޭއްވެންވީ ސަބަބެއް ނެތެ!

މެމްބަރުންގެ އިހްލާސްތެރިކަން ދައްކާ، ދައުރުން ބޭރުން ޖަލްސާއެއް ނުބޭއްވެންވީ ސަބަބެއް ނެތެ!

15 ޖެނުއަރީ 2019
ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

18 ނޮވެމްބަރު 2018
އަވަސް ކަޅިއަކުން، ބާރަ މެމްބަރުންގެ ޤުރުބާނީ!

އަވަސް ކަޅިއަކުން، ބާރަ މެމްބަރުންގެ ޤުރުބާނީ!

13 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު