Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

22 މެއި 2018 | އަންގާރަ 11:09

ޕްރައިމަރީއަށް ނުކުންނެވުމާއެކު ސަރުކާރުގެ ހަމަލާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 22 މެއި 2018 | އަންގާރަ 11:09
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަޝީދު ވާހަކަފުޅު ދައްކަވަނީ

އެމަނިކުފާނު ހުންނެވީ ރާއްޖެއާ 560 މޭލު ދުރުގައި، ސްރީލަންކާގެ ކޮލަމްބޯގައެވެ. އެކަމަކު މިހާރު ވެސް އެމަނިކުފާނު 50އަށް ވުރެ ގިނަ ރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައިފިއެވެ. ދުރުގަ ހުންނެވިޔަސް އެމަނިކުފާނު އެ ހުންނެވީ ރިޔާސީ ރޭހަށް ކަމަރު ބަންނަވައިގެންނެވެ. ކަނޑުގެ ރާޅުތަކުގައި ނުޖެހި، ގިރި އާއި ހާހަލާއި ފަޅާއި ވިލުތައް ހުރަސް ނުކުރިޔަސް، ކިތަންމެ ދުރުގައި ހުންނަވައިގެން ވެސް ރިޔާސީ ވައުދުކުގެ ސުރުހީ އެ އިއްވައި ދެނީ ރައްޔިތު މީހާގެ ކަންފަތަށެވެ. ހުރަހެއް ނެތިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވަނީ “ސްކައިޕް” މެދުވެރިކޮށެވެ. ރިޔާސީ ވައުދުގެ ފިކުރު ރައްޔިތުންގެ ސިކުނޑިތަކަށް ރައީސް ނަޝީދު އެ ވާސިލުކޮށްދެނީ 21 ވަނަ ގަރުނުގެ ކެމްޕެއިން އުކުޅުތަކާއެކުގައެވެ. ރައީސް އަބްދުﷲ ޔާމީންގެ ހުރަސް އެޅުންތަކަށް ނަޝީދު ފަރުވާލެއް ނުބަހައްޓަވައެވެ. އެ ވަޑައިގަންނަވީ ކުރިއަށެވެ.

މާ ކުރިއާލާ އެ ވަނީ މަސައްކަތް ފައްޓަވާފައެވެ. 2013 ވަނަ އަހަރު ވެސް، އެމަނިކުފާނު ދެއްކެވީ އެ ހިތްވަރެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ރައީސަކީ، ރައީސް މުހައްމަދު ނަޝީދެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ތިން ފަހަރަށް ވޯޓު ލާން ޖެހުމުން ވެސް އެ ހުރިހާ ރަށަކަށް ދެ ވަނަ ފަހަރަށް ވެސް ވަޑައިގެންނެވީ ނަޝީދެވެ.

ކިޔާފާނެ އެއްޗަކަށް، ދައްކަފާނެ ބިރަކަށް ފަސްޖެހުމެއް ނެތި އަބަދުވެސް ވިސްނުންފުޅު އެ ބަހައްޓަވަނީ އަތޮޅު ދުނި ތެރޭގައެވެ. އާންމު ބަހުރުވަ އާއި ރާގާއި ކުލަވަރު ދެގޮތެއް ނުކުރައްވައެވެ. އެންމެ ފަސޭހައިން ދޭހަވާ ގޮތަށް ބަސް އަތުރާލަ ދެއްވައި ވާހަކަފުޅު ދައްކަވައެވެ. ރައީސް ނަޝީދުގެ ތަފާތަކީ އެއީއެވެ. ކެމްޕޭނުގައި މި ފަސްގަނޑުގައި ހުންނެވިއިރު ހޮޅުއަށްޓެއް ވިޔަސް، ހިޔާ ދަށަށް ވަދެ، ދޮށީ އުމުރުގެ މީހަކާ އަނގަ ތަޅާ ނުލައި ނުދާނެއެވެ. ސައި ހޮޓަލެއް ވިޔަސްމެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ނަޝީދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

އެއީ އަދި އޭރުގެ ވާހަކައެވެ. މިފަހަރު ރާއްޖެ ވަޑައިގެން ތަނަވަސް ފުރުސަތެއް ފަހި ވެއްޖެނަމަ، ތަޖުރިބާއާއެކު، ކެމްޕެއިންގައި ދައްކާލާނެ ފޯރި ސިފަ ކުރައްވާށެވެ. ރައީސް ނަޝީދަށް، ޖަޒީރާ ރައީސްގެ ނަން ދެނީ އެ ސަބަބާހުރެވެ.

އިންތިހާބުތަކުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި އެކަކަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ ރައީސް މުހައްމަދު ނަޝީދަށެވެ. ކޯލިޝަނަކާ ނުލައި، ގިނިކަންޏާ ނުކުންނަވައި މިދިޔަ ރިޔާސީ އިންތިހާބުގެ ފަހު ބުރު އެކަނިވެސް އެއް ލައްކަ ފަސްހާސް އެއްސަތޭކަ އަށްޑިހަ އެއް ވޯޓު އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ. އެމަނިކުފާނަކީ ދިވެހިން އެކަކަށް އެންމެ ތާއިދު ކުރާ ރައީސެވެ.

ރާއްޖޭގެ ސިޔާސީ މާހައުލު ފުރޮޅެމުންދާ ގޮތުން، އިދިކޮޅުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެފިނަމަ ފަސޭހައިން އިންތިހާބު ކާމިޔާބުވާނެއެވެ. އަމުދުން ރައީސް ނަޝީދުފަދަ ތާއިދު ބޮޑު، ކެންޑިޑޭޓަކު ނެރުއްވައިފިނަމަ، ވެރިކަން ރުފޮޅާލައްވާނީ ފެންފޮދަކާ ވެސް ނުލައެވެ. ސިޔާސީ މަނާތަކާއި ކުޅިތައް އަތުރާލެއްވުމުގައި ނަޝީދު ވަރެއް ނެތެވެ. އިންތިހާބަށް ހަތަރު މަހަށް ވެފައިވަނިކޮށް، ސިޔާސީ ކުޅިބައިގައި ހަ ކުޅި ކުރިއަށް ނަޝީދު ކުޅުއްވަން ފެއްޓެވުމުން އެއް ބަޔަކު މޭ ކަރައިފިއެވެ. ޖެހިލުންވެއްޖެއެވެ. ދެން ވާނެ ގޮތް ބަލަން ނުތިބެ، އެމަނިކުފާނަށް ހުރަސް އެޅުމުގެ މަސައްކަތް އެ ވަނީ ފަށާފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ، އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގެ ބޭރުން ޕްރައިމަރީތަކަށް ވެސް އަތްބާނަން އެ ވަނީ ފަށާފައެވެ. ޕާޓީތަކުގެ އިދާރީ ހިންގުމާއި ޕްރައިމަރީތަކަށް ބާރު ހިންގުމަކީ އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ދީފައިވާ މެންޑޭޓެއް ނޫނެވެ. ބާރެއް ނޫނެވެ.

ނަމަވެސް ރައީސް ޔާމީން ރުއްސުމަށް ކޮންމެ ކަމެއްގެ ކުރަން ވެސް ވަރިހައެވެ. އިލެކްޝަނުން އެ ދައްކަނީ އެ މަންޒަރެވެ. ނަމަވެސް އެ ކަމުގައި ފަހު ނިޔާ ކަނޑައަޅާނީ ދިވެހި ރައްޔިތުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2019

2019: އަތޮޅުތެރޭގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފެށި އަހަރެއް!

30 ޑިސެމްބަރު 2019
2019: އަތޮޅުތެރޭގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފެށި އަހަރެއް!
16 ނޮވެމްބަރު 2019

ހައުސިން މިނިސްޓްރީ: ރޭވުންތެރިކަމާއެކު ފެށި މަސައްކަތުން، ބޮޑު އިތުބާރެއް ހޯދި!

16 ނޮވެމްބަރު 2019
ހައުސިން މިނިސްޓްރީ: ރޭވުންތެރިކަމާއެކު ފެށި މަސައްކަތުން، ބޮޑު އިތުބާރެއް ހޯދި!
24 އޮކްޓޯބަރު 2019

"ދޭށެ މިބުނާ ލޯބި" އިން ބެލުންތެރިން ދޭން ފެށި ލޯތްބާއެކު ބަބުލްސް ރިޝްފާ އަދިވެސް ބަބުޅަނީ!

24 އޮކްޓޯބަރު 2019
"ދޭށެ މިބުނާ ލޯބި" އިން ބެލުންތެރިން ދޭން ފެށި ލޯތްބާއެކު ބަބުލްސް ރިޝްފާ އަދިވެސް ބަބުޅަނީ!
23 ޖޫން 2019

ދެކުނުން ފެށި ދަތުރު މެދާ ހިސާބަށް، ތަފާތު އިހުސާސްތަކެއް

23 ޖޫން 2019
ދެކުނުން ފެށި ދަތުރު މެދާ ހިސާބަށް، ތަފާތު އިހުސާސްތަކެއް
01 މެއި 2019

ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

01 މެއި 2019
ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!
25 އޯގަސްޓު 2018

ކެމްޕޭނުން ފެންނަ ދެ މަންޒަރު: އެކަކު ބާރުގައި، އަނެކަކު ހުސް އަތާ!

25 އޯގަސްޓު 2018
ކެމްޕޭނުން ފެންނަ ދެ މަންޒަރު: އެކަކު ބާރުގައި، އަނެކަކު ހުސް އަތާ!
22 މެއި 2018

ކަދުރުން ލިބޭ ފައިދާތައް އިނގޭތަ؟

22 މެއި 2018
ކަދުރުން ލިބޭ ފައިދާތައް އިނގޭތަ؟
21 ޑިސެމްބަރު 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!
14 ސެޕްޓެމްބަރު 2017

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް
17 ޖުލައި 2017

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް