Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯރލްޑް ކަޕް 2022

ފުރަތަމަ ފަހަރަށް ވޯރލްޑް ކަޕްގައި އަންހެން ރެފްރީން ބޭނުންކުރަނީ!

19 މެއި 2022 | ބުރާސްފަތި 14:49

މިފަހަރުގެ ވޯރލްޑް ކަޕަށް އެކުލަވާލާފައިވަނީ 36 ރެފްރީންނާއި 69 އެސިސްޓެންޓް ރެފްރީންގެ ޓީމެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 19 މެއި 2022 | ބުރާސްފަތި 14:49
ސްޓެފަނީ ފްޚާފާޚް

ސްޓެފަނީ ފްޚާފާޚް

މިއަހަރުގެ ފަހުކޮޅު ގަތަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފީފާ ވޯރލްޑް ކަޕްގައި އަންހެން ރެފްރީންނާއި އަންހެން އެސިސްޓެންޓް ރެފްރީން ބޭނުންކުރުމަށް ނިންމައިފިއެވެ.

މިއީ ވޯރލްޑް ފިރިހެން ޑިވިޝަންގެ ކަޕެއްގައި އަންހެން ރެފްރީން ބޭނުންކުރާނެ ފުރަތަމަ ފަހަރެވެ. މިއަހަރުގެ ވޯލްޑް ކަޕުގައި ބޭނުންކުރުމަށް މިހާތަނަށް ހަމަޖެހިފައިވަނީ އަންހެން ތިން ރެފްރީންނާއި ތިން އެސިސްޓެންޓް ރެފްރީންނެވެ. ރެފްރީންގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވަނީ ސްޓެފަނީ ފްޚާފާޚް، ރުވަންޑަން ސަލީމާ މުކަންސަންގާ އަދި ޔޮޝީމީ ޔަމާޝިތާއެވެ.

ރެފްރީންގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވާ ސްޓެފަނީ ފްޚާފާޚްއަކީ ޗެމްޕިއަންސް ލީގު މެޗެއްގައި ރެފްރީކަންކުރި އެންމެ ފުރަތަމަ އަންހެން ރެފްރީއެވެ. މީގެ އިތުރުން ޔޫރަޕިއަން ކޮލިފަޔަރގައިވެސް ރެފްރީކަންކޮށްފައިވާ ސްޓެފަނީ ވަނީ ފްރެންޗް ލީގުގެ މެޗުތަކަށްވެސް އިންސާފުކޮށްފައެވެ.

ސަލީމާއަކީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ މެޗެއްގައި ރެފްރީކަންކުރި އެންމެ ފުރަތަމަ އަންހެން ރެފްރީއެވެ. އޭނާ މި މުބާރާތުގައި ރެފްރީކަންކުރީ މިއަހަރުގެ ކުރީކޮޅުއެވެ. ޖަޕާނުގެ ޔޮޝީމީ ވަނީ މިއަހަރުގެ ކުރީކޮޅު އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ރެފްރީކަންކޮށް، މި މުބާރާތަށް އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީގެ މަގާމު ހޯދާފައެވެ.

އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ބްރެޒިލްގެ ނިއުޒާ ބެކް އަދި އެމެރިކާގެ ކެތުރީން ނެސްބިޓްގެ އިތުރުން މެކްސިކޯގެ ޑިއާޒް މެދީނާއެވެ.

ފީފާ ރެފްރީންގެ ކޮމިޓީގެ ޗެއަރމަން ޕިއެރލުއިޖީ ކޮލީނާ ބުނީ، އަންހެން ރެފްރީންތަކެއް މިފަހަރުގެ ވޯރލްޑް ކަޕަށް ނެރެނީ ފީފާ މެންސް ޖޫނިއަރ އަދި ސީނިއަރ މުބާރާތްތަކަށް އިންސާފުކުރުވައި ތަޖުރިބާ ހޯދައިދީގެން ކަމަށެވެ. އަދި ވަކި ޖިންސަކަށް ނިސްބަތްވުމަށްވުރެ މުހިންމީ ކޮލިޓީކަން މިކަމުން ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ކަމަށްވެސް އޭނާ ބުންޏެވެ.

މިފަހަރުގެ ވޯރލްޑް ކަޕަށް އެކުލަވާލާފައިވަނީ 36 ރެފްރީންނާއި 69 އެސިސްޓެންޓް ރެފްރީންގެ ޓީމެކެވެ. އަދި ވީއޭއާރު އޮފިޝަލުންގެ ގޮތުގައި 24 އޮފިޝަލުންގެ ޓީމެއް ހަރަކާތްތެރިވާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް