Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ފިލްމް ސްކްރީނުން ހަނގުރާމައިގެ މައިދާނަށް: ޒެލެންސްކީ ކޮމިކަކަށް

19 މެއި 2022 | ބުރާސްފަތި 06:25

ޔޫކްރެއިންގެ ރައީސް ޒެލެންސްކީއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 މެއި 2022 | ބުރާސްފަތި 06:25
ޔޫކްރެއިންގެ ރައީސް ވްލޮޑޮމިރް ޒެލެންސްކީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކޮމިކް

ޔޫކްރެއިންގެ ރައީސް ވްލޮޑޮމިރް ޒެލެންސްކީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކޮމިކް

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ، 80 އެތައް ދުވަހަކަށް ދިގުލާ ގޮސްފައި ވާއިރު، ހަނގުރާމައިގެ ހަބަރުދަބަރު އޮޅުން ފިލުވުމާ އެއްވަރަށް، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އަނެއް ކަމަކީ، ޔޫކްރެއިންގެ ރައީސް ވްލޮޑޮމިރް ޒެލެންސްކީގެ ހަޔާތްޕުޅާ ގުޅުން ހުރި ކަންކަމޭ ދެންނެވުމަކުން ގޯހެއް ނެތެވެ.

ފިލްމް ސްކްރީންތަކުން މީގެ ކުރިން ފެނުނު ޒެލެންސްކީ، ޔޫކްރެއިންގެ ލީޑަރަކަށްވެވަޑައިގެން، ހަނގުރާމައިގެ މައިދާނުގައި ގައުމު ނަގަހައްޓަވަމުން ގެންދަވާ ގޮތަށް ގިނަ ބައެއްގެ ނަޒަރު ހުއްޓި، އެތައް ފަންނުވެރިންގެ ރާޑަރުވެސް އެކަމަށް އަމާޒުވިއެވެ.

އެގޮތުން، ކޮމީޑިއަނެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވި ޒެލެންސްކީ، ހަނގުރާމައިގެ ދުވަސްވަރުގެ ލީޑަރަކަށް ވެވަޑައިގެންނެވި ގޮތުގެ ވާހަކަތައް މިއަދު މިވަނީ ކޮމިކެއްގެ ސިފާގައި ތައްޔާރުކޮށްފައެވެ. ޓައިޑަލްވޭވް ކޮމިކްސްގެ އެންމެ ފަހުގެ ބައޮގްރަފީ، "ޕޮލިޓިކަލް ޕަވާ: ވްލޮޑޮމިރް ޒެލެންސްކީ" ހާއްސަ ވަނީ މި ދެންނެވި ކަންކަމަށެވެ.

ބުދަ ދުވަހު ޝާއިއު ކުރި 22 ސޮފުހާގެ މި އޮފު އަރާ ކޮމިކް ފޮތުގައި ވަނީ، ޓީވީ ޝޯއެއްގައި ހިޔާލީ ރައީސްއެއްގެ ރޯލުން ފެނުނު ޒެލެންސްކީ، 2019 ވަނަ އަހަރު، ހަމަ ހަގީގަތަށްވެސް ޔޫކްރައިންގެ ރައީސް ކަމަށް ވަޑައިގެން، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބާރުތަކުގެ ތެރޭގައި ގުނާލެވޭ ރަޝިއާގެ ކިބައިން ގައުމު މިންޖު ކުރެއްވުމަށް އަދާ ކުރައްވަމުން ގެންދަވާ އިސް ދައުރެވެ. ޔޫކްރެއިންގެ 6 ވަނަ ރައީސް ކަމުގެ މަގާމާ ޒެލެންސްކީ ހަވާލުވެވަޑައިގަތީ ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތިއެވެ.

"ޕޮލިޓިކަލް ޕަވާ: ވްލޮޑޮމިރް ޒެލެންސްކީ" މި ކޮމިކްގެ މަންޒަރުތައް ކުރަހާފައި ވަނީ ޕަބްލޯ މާޓިނޭނާއެވެ. އޭނާއަކީ ޑޭވިޑް ބެކަމްގެ އިތުރުން ނެލްސަން މަންޑޭލާއާއި ޑޮނާލްޑް ޓްރަމްޕް ފަދަ ޝަހްސުތަކުގެ ބައޮގްރަފީ ކުރަހާފައިވާ ފަންނުވެރިއެކެވެ.

އެމެރިކާގައި ގާއިމުވެ ހުރި ޕަބްލިޝާ ޑެރަން ޖީ ޑޭވިސް ބުނީ، މިއީ އޭނާއަށް މުހިންމު ފޮތެއް ކަމަށާ، އެހެނީ އޭނާގެ އާއިލީ މޫ، ޔޫކްރެއިނަށް ފެތުރުފައި އޮތުން ކަމަށެވެ.

"ޕޮލިޓިކަލް ޕަވާ: ވްލޮޑޮމިރް ޒެލެންސްކީ" ވިއްކައިގެން ލިބޭ އާމްދަނީގެ ބައެއް ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ، ބައިނަލްއަގުވާމީ ރެޑްކްރޮސް ޖަމިއްޔާއަށެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2018

ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ފައްތާލި ބޯޓެއް ލަންކާ ސިފައިން ނަގައިފި

01 އެޕްރީލު 2018
ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ފައްތާލި ބޯޓެއް ލަންކާ ސިފައިން ނަގައިފި
20 ޖެނުއަރީ 2018

ހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާނުގެ ދެލައްކައަށް ވުރެ ގިނަ ކުޑަކުދިން، ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮޮތް: ޔުނިސެފް

20 ޖެނުއަރީ 2018
ހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާނުގެ ދެލައްކައަށް ވުރެ ގިނަ ކުޑަކުދިން، ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮޮތް: ޔުނިސެފް
24 ޑިސެމްބަރު 2017

އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެއް: އުތުރު ކޮރެއާ

24 ޑިސެމްބަރު 2017
އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެއް: އުތުރު ކޮރެއާ
06 ނޮވެމްބަރު 2017

އީރާނުން ހިންގީ ހަނގުރާމައިގެ އަމަލެއް: ސައޫދީ

06 ނޮވެމްބަރު 2017
އީރާނުން ހިންގީ ހަނގުރާމައިގެ އަމަލެއް: ސައޫދީ
30 ސެޕްޓެމްބަރު 2017

އދ. އިން ޔަމަނުގެ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރަނީ

30 ސެޕްޓެމްބަރު 2017
އދ. އިން ޔަމަނުގެ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރަނީ
27 ސެޕްޓެމްބަރު 2017

ޔޫއޭއީން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވޭ: ރިޕޯޓް

27 ސެޕްޓެމްބަރު 2017
ޔޫއޭއީން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވޭ: ރިޕޯޓް
04 ސެޕްޓެމްބަރު 2017

ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި

04 ސެޕްޓެމްބަރު 2017
ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި
18 އޯގަސްޓު 2017

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017
ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް
19 ޖުލައި 2017

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ

19 ޖުލައި 2017
ދެވަނަ ބޮޑުހަނގުރާމައިގެ  ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް