Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމެރިކާގައި ރާއްޖެ އިސްތިހާރުކުރުން

އެމެރިކާ މާކެޓަށް އަމާޒުކޮށް ވެބިނާއެއް ބާއްވައިފި

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދިވެހިރާއްޖޭގަ އަޅާފައިވާ އެންމެ ފަހުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހިއްސާކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 މެއި 2022 | ބުދަ 13:05
އެމްއެމްޕީއާރުސީން އެމެރިކާގެ މާކެޓަށް އަމާޒުކޮށްގެން ބޭއްވި ވެބިނާގެ ތެރެއިން

އެމްއެމްޕީއާރުސީން އެމެރިކާގެ މާކެޓަށް އަމާޒުކޮށްގެން ބޭއްވި ވެބިނާގެ ތެރެއިން

'ހައި އެންޑް އެޑްވެންޗާސް - ދަ މޯލްޑިވްސް އެވެއިޓްސް | ޔޫއެސްއޭ 2022' ގެ ނަމުގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެމެރިކާ މާކެޓަށް އަމާޒުކޮށް ވެބިނާއެއް ބާއްވައިފިއެވެ. މި ވެބިނާގެ މައިގަނޑު މަގްސަދަކީ  އެމެރިކާގެ ޓްރެވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ތަމްރީންކޮށް ދިވެހިރާއްޖޭގެ ހައި-އެންޑް ތަޖުރިބާތައް އިސްތިހާރުކުރުމެވެ. މި ވެބިނާ އަކީ މި އަހަރު އެމެރިކާ މާކެޓަށް އަމާޒުކޮށް ބޭއްވި އެންމެ ފުރަތަމަ ވެބިނާއެވެ.އެއް ގަޑިއިރުގެ މި ވެބިނާގައި އެމްއެމްޕީއާރުސީގެ އިތުރުން، ޔޮޓް މޯލްޑިވްސް, މޫވެންޕިކް ރިޒޯޓް ކުރެދިވަރު މޯލްޑިވްސް އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ބައިވެރިވިއެވެ.

މި ވެބިނާ ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ (ސީއީއޯ އެންޑް އެމްޑީ) ތޮއްޔިބު މުޙައްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ތޮއްޔިބުގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެ އާއި އެމެރިކާ މާކެޓާ ދެމެދު އޮންނަ ދުވަސްވީ ގުޅުމުގެ މުހިންމުކަމާއި، ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއިން ހާސިލުކޮށްފައިވާ އެވޯޑްތަކާއި ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ފަންސާސް އަހަރުފުރޭ އުފާވެރި ރަން ޔޫބީލް ފާހަގަކުރުމުގައި ފަތުރުވެރިން ބައިވެރިވުމަށް ރާއްޖެއަށް ދަތުރުކުރުމަށް ދައުވަތު ދެއްވިއެވެ.

މި ވެބިނާގައި އެމެއެމްޕީއާރސީއިން ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދިވެހިރާއްޖޭގަ އަޅާފައިވާ އެންމެ ފަހުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހިއްސާކުރިއެވެ. އަދި ރާއްޖެއާ ބެހޭ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓް ކަމުގައިވާ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް އަދި ހޮޓެލްސްއާ ބެހޭ މަޢުލޫމާތުގެ އިތުރުން ރާއްޖޭގައި ފަތުރުވެރިންނަށް ކުރެވެން ހުންނަ ތަޖުރިބާތައް ހިމެނޭ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަން އެއް މި ވެބިނަރގައި ވަނީ ދައްކާފައެވެ. މި ވެބިނަރގައި ޕްރޮމޯޓްކުރި ތަޖުރިބާތަކުގެ ތެރޭގައި ބަބުލް ޓެންޓް، ޕްރައިވެޓް ވޯޓާ ވިލާ އަދި ސީޕްލޭންއެއްގައި ދަތުރުކުރުން ފަދަ ތަޖުރިބާތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިއޮތުމުގެ ސަބަބުން ރާއްޖެ އަކީ ހުރިހާ ގޮތަކުން ވެސް އެމެރިކާގެ  ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރިއެވެ.

މި ސެޝަންގައި އިންޑަސްޓްރީ ޕާޓްނަރުން ވަނީ ބައިވެރިވި ޓްރެވަލް ޓްރޭޑްގެ ފަރާތްތަކާ ބައްދަލުކޮށް ކޮންމެ ތަނަކުން ދޭ ހިދުމަތްތަކާ ބެހޭ  މައުލޫމާތު ދީފައެވެ. މި ވެބިނާ އަކީ ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނަށް ބޮޑު އޯޑިއެންސްއަކަށް އެ ފަރާތްތަކުގެ ޕްރޮޕަޓީތައް އިޝްތިހާރުކޮށް، އެމެރިކާ މާކެޓްގެ ފަތުރުވެރިކަމުގެ ދާއިރާގާ ހަރަކާތްތެރިވާ  ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެކެވެ. 

100ށް ވުރެއިން ގިނަ އެމެރިކާ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުން ރަޖިސްޓާކޮށްފައިވާ މި ވެބިނާގައި ދިވެހިރާއްޖެއާ ބެހޭ ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށްދިޔައެވެ. އަދި ވެބިނާ ނިންމާލުމުގެ ކުރިން ދިވެހިރާއްޖެ އަށް 5 ދުވަހުގެ ހިލޭ ޗުއްޓީއެއް، ވެބިނަރގެ އެއް ބައިވެރިޔަކަށް ހަދިޔާކުރުމުގެ ގޮތުން ރަފްލް އެއް ކުރިއަށްގެންދިޔައެވެ. މި ރަފްލް ސްޕޮންސާކޮށްފައިވަނީ ސާއިލެގޫންއިންނެވެ.

އެމެރިކާ މާކެޓަކީ މިދިޔައަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ކާމިޔާބު އެއް މާކެޓެވެ. މި އަހަރުގެ 6 އޭޕްރީލްގެ ނިޔަލަށް 460,479 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 21,009 ފަތުރުވެރިން ޒިޔާރަތްކޮށްފަވަނީ އެމެރިކާ މާކެޓުންނެވެ.  މިދިޔަ އަހަރު  އިޝްތިހާރުކުރުމުގެ  ގިނަ ހަރަކާތްތަކެއް،  އެމްއެމްޕީއާރސީއިން މި މާކެޓަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގާ ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް މާކެޓިންގް ކެމްޕެއިންތަކާއި, ވެބިނާ އަދި ރޯޑްޝޯތަކުގެ އިތުރުން މި މާކެޓުގައި ބޭއްވި ބޮޑެތި ފެއާރ ތަކުގައި ބައިވެރިވުންވެސް ހިމެނެއެވެ. މި އަހަރުވެސް ވަނީ މިފަދަ ގިނަ ހަރަކާތްތަކެއް މި މާކެޓްގައި ބޭއްވުމަށް ރާވާފައެވެ.

4 މާރޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކޮއްފައިވާ އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު ވަނީ 14 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއި ދިނުންވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއިންބޯ ރީ-ކްރިއޭޝަން ކްލަބުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި

ރެއިންބޯ ރީ-ކްރިއޭޝަން ކްލަބުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި

18 ނޮވެމްބަރު 2017
ހެޕީ މާކެޓަށް 25 އަހަރު ފުރުމާއި ދިމާކޮށް "ޔެސް 2017" ނަމުގައި ޕްރޮމޯޝަނެއް ފަށަނީ

ހެޕީ މާކެޓަށް 25 އަހަރު ފުރުމާއި ދިމާކޮށް "ޔެސް 2017" ނަމުގައި ޕްރޮމޯޝަނެއް ފަށަނީ

28 އޮކްޓޯބަރު 2017
ސަޓާ: "އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" ބައްދަލުވުން ބާއްވައިފި

ސަޓާ: "އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން" ބައްދަލުވުން ބާއްވައިފި

28 އޮކްޓޯބަރު 2017
އެމެރިކާގެ "ބްލޫ އޭޕްރަން" އިން މުވައްޒަފުން މަދު ކުރަން ނިންމައިފި

އެމެރިކާގެ "ބްލޫ އޭޕްރަން" އިން މުވައްޒަފުން މަދު ކުރަން ނިންމައިފި

19 އޮކްޓޯބަރު 2017
އެމްޓީސީސީގެ "އެޗްއާރް އެވޯޑްސް 2017" ބާއްވައިފި

އެމްޓީސީސީގެ "އެޗްއާރް އެވޯޑްސް 2017" ބާއްވައިފި

13 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު