Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ޗެއަރޕަރސަން އިންތިޚާބު

ފައްޔާޒުގެ ކާމިޔާބީއަށް އެމްޑީޕީން ރަސްމީކޮށް މަރުހަބާދަންނަވައިފި

ޗެއަރޕަރސަން ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ މިނިސްޓަރ ފައްޔާޒު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 މެއި 2022 | އަންގާރަ 13:54
އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގެ ކެމްޕޭނު ރަސްމީކޮށް ލޯންޗުކުރުން، ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގެ ކެމްޕޭނު ރަސްމީކޮށް ލޯންޗުކުރުން، ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއަށް އެޕާޓީން މަރުހަބާދަންނަވައިފިއެވެ.

މިއީ މިނިސްޓަރ ފައްޔާޒަށް އެމްޑީޕީން ރަސްމީކޮށް މަރުހަބާދެންނެވި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން ޕާޓީގެ ވަކި ވަކި މެމްބަރުން ވަނީ މިނިސްޓަރ ފައްޔާޒަށް މަރުހަބާ ކިޔާފައެވެ.

Advertisement - newsAdvertisement

ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޔާޒް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނަވައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯއްދަވައިދެއްވާނެކަމާމެދު ޝައްކުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި)އާ ވާދަކުރައްވައި 7000އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން މިނިސްޓަރ ފައްޔާޒް ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އިންތިޚާބުގައި ޗެއަރޕަރސަން ކަމަށް ވާދަކުރެއްވީ އެމްޑީޕީގައި މިހާރު އުފެދިފައިވާ ދެ ފެކްޝަނުންނެވެ. އެހެންކަމުން ކެމްޕެއިންގެ ތެރޭގައި ފެނިގެންދިޔައީ ވާދަވެރިކޮށް ދެ ފަރާތުންވެސް ބަހުގެ ހަމަލާތައް ދެމުން ދިޔަތަނެވެ.

ފައްޔާޒް އިންތިޚާބު ކާމިޔާބުކުރެއްވުމުން އިންތި ވަނީ ފައްޔާޒަށް މަރުހަބާ ދަންނަވާފައެވެ. ދެގޮތެއްނުވެ ޕާޓީގައި ދެމިހުންނަވާނެކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. އިންތިޚާބުތެރޭގައި ވާދަވެރިކަން އުފެދިފައިވީނަމަވެސް ޕާޓީގެ ލާބައަށް މަސައްކަތްކުރައްވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދާއެކު ޕާޓީގެ އިދާރީ ކަންކަން މިހާރަށްވުރެ ހަރުދަނާކުރައްވައި، ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ހިންގޭނެ ގޮތަކަށް ކަންކަން އިންތިޒާމުވެ ތަންފީޒުކުރެއްވުމަށް އިސްކަންދެއްވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. މަގާމާ ހަވާލުވެވަޑައިގަންނަވާ ދުވަހުން ފެށިގެން އެމަސައްކަތް ކުރައްވަން ފައްޓަވާނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު