Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަރެތު ބޭލް

މި ސީޒަނަށްފަހު ބޭލް ރެއާލް ދޫކޮށްލަނީ

ބޭލް ދިޔުން އެންމެ ގާތީ އޭނާގެ ކުރީގެ ކުލަބް ޓޮޓެންހަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2022 | އަންގާރަ 08:48
ރެއާލްއަށް ކުޅެމުން އަންނަ ގަރެތު ބޭލް

ރެއާލްއަށް ކުޅެމުން އަންނަ ގަރެތު ބޭލް

މި ސީޒަން ނިމުމަށްފަހު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޓޮޓެންހަމުން 2013 ވަނަ އަހަރު ބޭލް ވަނީ ރެއާލަށް ބަދަލުވެފައެވެ. އޭރު ބޭލް ރެއާލަށް ބަދަލުވީ ރެކޯޑު އަގަކަށެވެ. އެއީ 100 މިިލިއަން ޔޫރޯއަށެވެ. ރެއާލަށް ބަދަލުވި ފަހުން ބޭލް ވަނީ އެ ޓީމަށް 176 މެޗު ކުޅެދީ 81 ލަނޑު ޖަހާފައެވެ. ބޭލް ވަނީ ރެއާލާއެކު ސްޕެނިޝް ލަލީގާ ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ކޮޕާ ޑެލްރޭ އާއި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ހޯދާފައިވެއެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދިއެވެ. ޔުއެފާ ސުޕަ ކަޕާއި ފީފާ ކުލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދިއެވެ.

އޭގެ ފަހުން 2020 ވަނަ އަހަރު ބޭލް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ކުރިން ކުޅުނު ކުލަބް ޓޮޓެންހަމަށް ބަދަލުވެފައެވެ. އޭގެ ފަހުން ޓޮޓެންހަމާއެކު ބޭލް ވަނީ 20 މެޗު ކުޅޭ، އެ ޓީމަށް 11 ލަނޑު ޖަހާފައެވެ. މި ސީޒަނަށްފަހު ބޭލް ރެއާލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު އޭނާ ގެންދިޔުމުގެ ޝައުގުވެރިކަން ނިއުކާސަލްހެ ހުރި ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މި ސީޒަނަށް ފަހު ބޭލް ރެއާލް ދޫކޮށްލާނެ ކަން އޭނާގެ އެޖެންޓު ޖޮނަތަން ބާނެޓާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ރެއާލް ދޫކޮށްލުމަށްފަހު ބޭލް ދިޔުން އެންމެ ގާތީ އޭނާގެ ކުރީގެ ކުލަބް ޓޮޓެންހަމަށެވެ. ޓޮޓެންހަމުގައި އޭރު ބޭލް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެެވެ. އަދި ޓޮޓެންހަމްގެ މިހާރުގެ ކޮޗު އެންޓޯނިއޯ ކޮންޓޭ ޓީމު އިތުރަށް ވަރުގަދަ ކުރަން ބޭނުންވާއިރު، ބޭލް ގެންދިޔުން ވަރަށް ގާތް ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
08 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

08 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު