Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެންޓަރަލް ޒޯނަށް ތައްޔާރުވުން

ސެންޓްރަލް ޒޯނަށް ތައްޔާރުވާނީ ރާއްޖޭގެ ލޯކަލް މުބާރާތް ވަރުގަދަކޮށްގެން- ރަނޭ

17 މެއި 2022 | އަންގާރަ 03:34

ސެންޓްރަލް ޒޯން އޮންނާނީ ޑިސެމްބަރު މަހު މާލޭގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 17 މެއި 2022 | އަންގާރަ 03:34
ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް

ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް

މިއަހަރު ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ބޮޑު އަމާޒަކީ ޑިސެމްބަރު މަހު އޮންނަ ސެންޓްރަލް ޒޯން މުބާރާތް ކަމަށާއި, އެކަމަކު މުބާރާތަށް ތައްޔާރުވާން ކުރައްވާނެ އެންމެ ބޮޑު ކަމަކީ ލޯކަލް މުބާރާތްތައް ވަރުގަދަކުރުންކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރަނޭ ވިދާޅުވީ ކޭމްޕެއް ގޮސްގެން މެޗުތަކެއް ކުޅުމަށްވުރެ, ރާއްޖޭގެ ލީގު ވަރުގަދަކޮށްގެން ވަރުގަދަ މެޗުތަކެއް ކުޅުމުގެ ފުރުޞަތު ގިނަ ކުޅުންތެރިންނަށް ހޯދައިދެވިއްޖެނަމަ ފައިދާ މާބޮޑުކަން ޓެކްނިކަލް ބޭފުޅުންވެސް ފާހަގަކުރައްވާކަމަށެވެ. ތަފްޞީލް ދެއްވަމުން ރަނޭ ވިދާޅުވީ ކޭމްޕެއް ދާނަމަ ފުރުޞަތު ލިބެނީ މަދު ކުޅުންތެރިންނަށް ކަމަށާއި, ކުޅެން ލިބެނީ ދައްކާލުމުގެ މެޗުތަކެއް ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ލީގު ވަރުގަދަ ކުރުމުން ގިނަ ކުޅުންތެރިންނަށް ވާދަވެރި ވަރުގަދަ މެޗުތަކެއް ކުޅެން ފުރުޞަތު ލިބޭކަމަށް ރަނޭ ވިދާޅުވިއެވެ.

ރާއްޖޭގެ ލޯކަލް ލީގު ވަރުގަދަކުރަން އަޅާ އެންމެ ބޮޑު ފިޔަވަޅަކީ ޓީމްތަކަށް ބޭރުގެ މޮޅު ކުޅުންތެރިން ދިނުމެވެ. އެގޮތުން މާލީ އެހީތެރިކަމުގެ ބަދަލުގައި ޓެކްނިކަލް ސަޕޯޓެއްގެ ގޮތުން ކޮންމެ ޓީމަކަށްވެސް އިންޑިޔާގެ މޮޅު ކުޅުންތެރިން ދޭނެކަމަށް ރަނޭ ވިދާޅުވިއެވެ. އެކުޅުންތެރިން ނަގަނީ މިހާރު އެކުލަވާލާފައިވާ 18 ކުޅުންތެރިންގެ ޕޫލަކުންނެވެ. ފުރަތަމަ މަރުހަލާގައި ފިރިހެން ޑިވިޝަންގެ ޓީމްތަކަށް އަމާޒުކޮށްގެން އެބަދަލު ގެންނަން އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. ދެވަނަ ކަމަކީ މުބާރާތްތައް ކައިރިކައިރީގައި ކުޅެ ބިދޭސީ ކުޅުންތެރިންނާއެކު އެންމެ ބޮޑު ތިން މުބާރާތް ނިންމާލުމެވެ. އެއީ އެސޯސިއޭޝަންކަމާއި, ޤައުމީ ލީގާއި, ޤައުމީ މުބާރާތެވެ. ވޮލީބޯޅަ ކަލަންޑަރު ނިމޭއިރު ކޮންމެ ޓީމަކަށް ވަރުގަދަ 41 މެޗު ކުޅެން ފުރުޞަތު ލިބޭނެކަމަށް ރަނޭ ވިދާޅުވިއެވެ.

މިބަދަލުތަކާއެކު ޑިސެމްބަރު 18 ވަނަ ދުވަހު ރާއްޖޭގައި އޮންނަ ސެންޓްރަލް ޒޯނަށް ވަރުގަދަ ޤައުމީ ޓީމެއް ތައްޔާރުކުރެވޭނެކަމަށް ރަނޭ ޤަބޫލުކުރައްވައެވެ. މިބަދަލުތައް ގެންނާނީ ދިގުލާ ސީޒަނެއްގެ ތެރެއިން ގިނަ ވަރުފަދަ މެޗުތަކެއް ކުޅުމުގެ ފުރުޞަތު ކުޅުންތެރިންނަށް ހޯދައިދީގެންނެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް