Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ކުރިއަށް މިއޮތް މަސްތައް، ފާއިތުވި ދުވަސްތަކަށްވުރެ ދަތިވާނެ: ރަނިލް ވިކްރަމަސިންގހަ

16 މެއި 2022 | ހޯމަ 15:35

މިހާރުގެ ހަގީގަތަކީ ބަލައިގަންނަށް ފަސޭހަ ކަންކަން ނޫންނަމަވެސް، މިއީ މިހާރުގެ ހަގީގަތްކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 މެއި 2022 | ހޯމަ 15:35
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ކުރިއަށް މިއޮތް މަސްތަކުގައި ކުރިމަތިލާންޖެހޭ ކަންތައްތައް, ފާއިތުވި ދުވަސްތަކުގައި ކުރިމަތިލި ކަންތައްތަކަށްވުރެ ދަތިވާނެކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ވިކްރަމަސިންގހަ މިހެން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ވިކްރަމަސިންގހަ ވަނީ، ކުރިއަށް މިއޮތް ދުވަސްތައް ވެގެންދާނީ ރައްޔިތުން ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ ދުވަސްތަކަށް ކަމަށާއި، މިކަމަށް ގައުމު ތައްޔާރުވާންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މިދުވަސްތަކުން އަރައިގަތުމަށްޓަކައި މިކަންތައްތަކާ ކުރިމަތިލައި، ބައެއް ގުރުބާނީތައްވެސް ވާންޖެހޭނެކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ލަންކާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން ވިކްރަމަސިންގހަ ވަނީ، އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވައި އިތުރުފުޅުހައްދަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައެވެ. މިހާރުގެ ހަގީގަތަކީ ބަލައިގަންނަށް ފަސޭހަ ކަންކަން ނޫންނަމަވެސް މިއީ މިހާރުގެ ހަގީގަތްކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާރު ކުރިމަތިލާން ތައްޔާރުވަމުން މިދާ ދުވަސްތަކަކީ ދަތި އުނދަގޫ ދުވަސްތަކެއް ނަމަވެސް، މި ދުވަސްތައް މާ ދިގު މުއްދަތަކަށް ދެމިގެން ނުދާނެކަން ވިކްރަމަސިންގހަ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޭރުގެ އެހީތައް ލިބެން ފަށާނެ ކަމަށާއި، އެހީ ފޯރުކޮށްދޭން އެ ޖަމިއްޔާތަކާއި ގައުމުތަކުން ވައުދުވެފައިވާކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

އެހެންކަމުން މި އެހީތައް ލިބެންދެން ކުރިއަށް އޮތް ދަތި ދުވަސްތަކާ ކެރިގެން ކުރިމަތިލާންޖެހޭކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ވިކްރަމަސިންގހަ ވަނީ އޭނާގެ ސަރުކާރާއެކު ލަންކާގެ ހާލަތު ރަނގަޅުކުރުމަށް އެއްބާރުލުންދޭނެކަމަށް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ބުނެފައި ވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވީހާވެސް އަވަހަކަށް ނެޝަނަލް އެސެމްބްލީއެއް ނުވަތަ ޕޮލިޓިކަލް ބޮޑީއެއް ގާއިމުކޮށް، ހުރިހާ ޕާޓީތަކެއް ގުޅިގެން، މިހާރު ކުރިމަތިވެފައިވާ ކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަން ޖެހޭކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ. މަޝްވަރާތައް ކުރެވެން ފެށުމުން، ކުރު، މެދު، އަދި ދިގު ރާސްތާ ޕްލޭންތައް އެކުލަވާލެވޭނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ، ގޭހާއި ތެޔޮ ގަންނަން ކިއުގައި ޖެހެން ނުޖެހޭ، އަދި ކަރަންޓު ކެނޑުމުގެ މައްސަލަތަކާ ކުރިމަތިލާން ނުޖެހޭ، ދަނޑުވެރިކަން ރަނގަޅަށް ކުރެވޭ ގައުމަކަށް ލަންކާއަލުން ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ލަންކާގެ ޒުވާނުންނަށް އެމީހުންގެ މުސްތަގުބަލު ކަށަވަރުކުރެވޭ، މިނިވަންކަމާއެކު ހިތްހަމަޖެހިގެން ރައްޔިތުންނަށް ދިރިއުޅެވޭނެ ގައުމަކަށް ލަންކާ ހައްދަވާނެކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު މިހާރު ހަވާލުވެވަޑައިގަންނަވާފައި މިވަނީ ވަރަށް އުނދަގޫ މަސައްކަތަކާ ކަމަށާއި، ގޮންޖެހުންތަކާ ކުރިމަތިލައި ގައުމު ސަލާމަތްކުރަން ތައްޔާރަށް ހުންނެވިކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި އެމަނިކުފާނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވުމަށް އަމިއްލަފުޅަށް ހުށަހަޅުއްވާފައި ނުވާނެކަމަށާއި، މި މަގާމާ ހަވާލުވެވަޑައިގެންފައި މިވަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދައުވަތަކަށް ކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ. އަދި މިދަނޑިވަޅުގައި މިމަގާމާ ހަވާލުވެވަޑައިގަންނަވާފައި މިވަނީ ހަމައެކަނީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެކަނި ނޫންކަމަށާއި، ލަންކާއިން ފޯރުކޮށްދޭ ހިލޭ ތައުލީމުގެ ސަބަބުން ޔުނިވަރސިޓީ އޮފް ކޮލޮމްބޯގެ ފެކަލްޓީ އޮފް ލޯއިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ގައުމީ ލީޑަރެއްގެ ހައިސިއްޔަތުންވެސް ކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ސައުދީ ތައްގަނޑަށް އިސްލާމްދީން ބައްޓަން ކުރުމުގެ މަސައްކަތް ކުރިއަށް!

18 އޮކްޓޯބަރު 2017
ސައުދީ ތައްގަނޑަށް އިސްލާމްދީން ބައްޓަން ކުރުމުގެ މަސައްކަތް ކުރިއަށް!
29 ސެޕްޓެމްބަރު 2017

މިޔަންމާގެ އަސްކަރިއްޔާއަށް އިންތިހާއަށް ފާޑުކިޔުން އޮތަސް އޮސްޓްެރޭލިޔާ އާއި މިޔަންމާގެ އަސްކަރިއްޔާ އާއި ދެމެދު ބާއްވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ

29 ސެޕްޓެމްބަރު 2017
މިޔަންމާގެ އަސްކަރިއްޔާއަށް އިންތިހާއަށް ފާޑުކިޔުން އޮތަސް އޮސްޓްެރޭލިޔާ އާއި މިޔަންމާގެ އަސްކަރިއްޔާ އާއި ދެމެދު ބާއްވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ
18 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ "ވިސްނުމެއް ނެތް ފަރުވާ ކުޑަ އަމަލުތައް" ކުރިއަށް ގެންދާ ނަމަ އެގައުމު "ނައްތާލަން ޖެހިދާނެ": އެމެރިކާ

18 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ "ވިސްނުމެއް ނެތް ފަރުވާ ކުޑަ އަމަލުތައް" ކުރިއަށް ގެންދާ ނަމަ އެގައުމު "ނައްތާލަން ޖެހިދާނެ": އެމެރިކާ
14 ސެޕްޓެމްބަރު 2017

އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް

14 ސެޕްޓެމްބަރު 2017
އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް
19 ޖުލައި 2017

އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު

19 ޖުލައި 2017
އާ ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް ހޮވުން ކުރިއަށް ދާނެ: ވެނެޒުވޭލާ ސަރުކާރު
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް