Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

ދިފާއީ ވަކީލު އެދިގެން މާވިންގެ އަޑުއެހުން ކެންސަލް

16 މެއި 2022 | ހޯމަ 10:03

ދިފާއުން ވަނީ ދައުވާއަށް މުތުލަޤުކޮށް އިންކާރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މެއި 2022 | ހޯމަ 10:03
މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް

މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:00 އަށެވެ. އެހެންނަމަވެސް، އަޑުއެހުން ކެންސަލް ކުރީ މާވިންގެ ވަކީލު އާލާސްކަންފުޅާ އުޅުއްވާތީ ކޯޓަށް ސިޓީ ހުށައަޅުއްވާފައިވުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 26 އޭޕްރީލް 2022 ގައެވެ.

އެ އަޑުއެހުމަކީ މާވިންގެ މައްޗަށް ކުރާ ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުން މާވިންގެ މައްޗަށް ކުރާ ދައުވާއަކީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ދައުވާ އިއްވަމުން ބުނެފައިވާ ގޮތުގައި މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އެހެންނަމަވެސް، މާވިން އިއުތިރާފު ވެއްޖެނަމަ، ކުށުގެ އަސާސީ އަދަބު 1 ދަރަޖަ ދަށްކޮށް، އަންނާނެ އަދަބަކީ 7 އަހަރާއި 6 މަސްކަމަަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނީ، މާވިން 19 އޮކްޓޫބަރު 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ.އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލާފައިވާ ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި މޭރީއަކީ އިސްލާމީ ދައުލަތެއްގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމަށްވުމާއެކު، މި ދައުވާ ސާބިތުވެއްޖެނަމަ، މަރުގެ އަދަބުވެސް ދެވިދާނެއެވެ. މޭރީގެ އާއިލާއިން އެދޭނަމަ މާވިންގެ ކިބައިން ޤިސާސް ހިފިދާނެކަމަށް ދައުލަތުން ދެކެއެވެ.

ދައުލަތުން ދައުވާ އިއްވުމުން ދިފާއުން ވަނީ ދައުވާއަށް މުތުލަޤުކޮށް އިންކާރު ކޮށްފައެވެ. ދިފާއުން ބުނާ ގޮތުގައި މާވިން އެއްވެސް އިރެއްގައި، ގަސްތުގައިވެސް އަދި ގަސްތެއް ނެތިވެސް މޭރީއަށް އެއްވެސް ބާވަތެއްގެ ޖިސްމާނީ އަނިޔާއެއް ކޮށްފައެއް ނުވާނެއެވެ.

މި މައްސަލައިގައި ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީވެފައިވުމާއެކު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެފަރާތުން ހެކި ހާމަ ކުރުމެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ފަށައިފި

10 އެޕްރީލު 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ފަށައިފި
07 އެޕްރީލު 2017

ގާސިމްއާ ދެކޮޅަށް ހެއްކެއް ނެތް، ބަންދުގެ އަމުރު އިސްތިއުނާފް ކުރާނަން: ވަކީލުން

07 އެޕްރީލު 2017
ގާސިމްއާ ދެކޮޅަށް ހެއްކެއް ނެތް، ބަންދުގެ އަމުރު އިސްތިއުނާފް ކުރާނަން: ވަކީލުން
26 މާރިޗު 2017

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް