Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ބަންދުކުރި މައްސަލަ

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

ޓެރަރިޒަމުގެ ދައުވާ އުފުލީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 26 މާރިޗު 2017 | އާދީއްތަ 10:25
ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އަމީން ފައިސަލް ކޯޓުގައި

ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އަމީން ފައިސަލް ކޯޓުގައި

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތު ދިން ގޮތުގައި، އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ނަމަވެސް، ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް ކޯޓުން ނުބުނެ އެވެ.

Advertisement - newsAdvertisement

ޔާމީން ބަންދުކުރި މައްސަލައާ ގުޅިގެން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އަމީން ފައިސަލުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވައި، ދައުވާ އިއްވާފައި ވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުވާ އިން ދިފާއުވާން ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ލިޔެކިޔުންތައް ދިރާސާ ކުރުމަށް އިތުރު ވަގުތު ދިނުމަށް އަމީން ފައިސަލްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ 15 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.

އަމީން ފައިސަލަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ޔާމީނަށް ހިމާޔަތްދޭންކަމަށް ބުނެ، ޔާމީނުގެ ނުރުހުމުގައި، އޭނާގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސް، އާރަށުގައި ބަހައްޓާފައި ވާތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.

ޓެރަރިޒަމުގެ ދައުވާއާ ގުޅިގެން އަމީން ފައިސަލްގެ ޕާސްޕޯޓް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާއިރު، ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ވަނީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދައަކަށް އެދިވަޑައިގަންނަވާފަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެ މަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހުއެވެ.

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައި ވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށިފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނިގެން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު