Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑާއި ޓެން ހާގް ހަވާލުވުން

ޓެން ހާގް ބޭނުންވާ ބަދަލުތައް ގެންނަންޖެހޭ: ރޮނާލްޑޯ

14 މެއި 2022 | ހޮނިހިރު 07:42

ރޮނާލްޑޯ ބުނީ ޓެން ހާގަށް ވަގުތު ދޭން ޖެހޭ ކަމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 މެއި 2022 | ހޮނިހިރު 07:42
މިމެޗުގައިވެސް ރޮނަލްޑޯ ލަނޑުޖެހި:ފޮޓޯ-މެންޗެސްޓަރ ޔުނައިޓެޑް

މިމެޗުގައިވެސް ރޮނަލްޑޯ ލަނޑުޖެހި:ފޮޓޯ-މެންޗެސްޓަރ ޔުނައިޓެޑް

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްއާއި މިއަންނަ ސީޒަންގައި ހަވާލުވާ އެރިކް ޓެން ހާގް ބޭނުންވާ ބަދަލުތައް ގެނައުމަށް ފުރުސަތުދޭން ޖެހޭކަމަށް އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމަށްފަހު މިހާރު އެމަގާމުގައި ހުރީ ރަލްފް ރަންގްނިކްއެވެ. އޭނާ ޔުނައިޓެޑުގެ ކޯޗު ކަމާއި ހަވާލުވީ ހަމަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ރަންގްނިކްއަށް ޔުނައިޓެޑާއެކު ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ. މިއީ ޔުނައިޓެޑުން ޓްރޮފީއަކާއި ނުލާ ނިންމާލާ ފަސްވަނަ ސީޒަންއެވެ. ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނުމުން މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއްވެސް ޔުނައިޓެޑަކަށް ނެތެވެ.

ރޮނާލްޑޯ ބުނީ ޓީމު ވެއްޓިފައި މިއޮތް ހާލަތުން އަރައިގަތުމަށް ޓެން ހާގް ބޭނުންވާ ބަދަލުތައް ގެންނަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ޓީމު އަލުން ފޯމަކަށް އެޅުވުމަށްޓަކައި ވަގުތު ނަގާނެކަން ރޮނާލްޑޯ ފާހަގަކުރިއެވެ.

ރޮނާލްޑޯ ބުނީ ޓީމުގެ ކޯޗުކަމަށް ޓެން ހާގް ހަމަޖެއްސުމުން ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަދި ސަޕޯޓަރެއްގެ ހައިސިއްޔަތުންވެސް އުފާކުރާ ކަމަށެވެ. އަދި އަޔެކްސްގައިވެސް ތަފާތު ދައްކާފައިވާ މި ކޯޗަށް ވަގުތު ދީފި ނަމަ ޓީމު އުފާކޮށްދޭނެ ކަމަށެވެ.

މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ޔުނައިޓެޑް ކޮލިފައި ނުވުމާއެކު މިއަންނަ ސީޒަންގައި އޭނާ ޔުނައިޓެޑްގައި މަޑުކުރާނެ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ޓީމުގެ ފަރާތުން އެދެވޭ ވަރުގެ ކުޅުމެއް ނުފެނުނު ނަމަވެސް އުމުރުން 37 އަހަރުގެ ރޮނާލްޑޯ މި ސީޒަންގައިވެސް މޮޅު ކުޅުމެއް ދެއްކިއެވެ. ރޮނާލްޑޯ ވަނީ މި ސީޒަންގައި ޖުމްލަ 30 ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން 24 ލަނޑު ޔުނައިޓެޑަށް ޖަހައިދިން އިރު 18 ކާމިޔާބުކުރީ ޕްރިމިއަރ ލީގުގައެވެ. އަދި އޭނާ ޖެހި 30 ލަނޑުގެ ތެރެއިން ހަ ލަނޑު ޖަހައިދިނީ ޕޯޗުގަލް ޓީމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް