Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާގެ ސިޔާސީ މަސްރަހު

ސްރީލަންކާގެ އައު ބޮޑުވަޒީރަށް އައު ސަރުކާރެއް އެކުލަވާލުމަށް ދަތިތަކެއް، މުޒާހަރާތައް އަދިވެސް ކުރިޔަށް

އައު ބޮޑުވަޒީރެއް އައްޔަނުކުރި ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ލަންކާގެ އާންމު ރައްޔިތުންނަށް އިންސާފު ނުލިބޭހާ ހިނދަކު މުޒާހަރާތައް ހުއްޓާނުލާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 މެއި 2022 | ހޮނިހިރު 02:56
ސްރީލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ސްރީލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ސްރީލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އަށް އައު ސަރުކާރެއް އެކުލަވާލުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނައިރު ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިޔަށްދާ މުޒާހަރާތައް އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރިޔަށެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންގހަ އައްޔަނުކުރައްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މަހަކަށްވުރެ ގިނަ ދުވަސްވަންދެން ސަރުކާރާ ދެކޮޅަށް އެގައުމުގައި މުޒާހަރާތައް ކުރިޔަށްދާއިރު ފާއިތުވި ހަފްތާގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ސަރުކާރާ ދެކޮޅު ފަރާތްތަކާ ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެވެ. ހަމަނުޖެހުންތަކުގެ ތެރޭގައި ބޮޑުވަޒީރުކަމުން މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވާފައެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު މަހިންދަ އިސްތިއުފާ ދެއްވާފައިވަނީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލެވި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެއެވެ.

ނަމަވެސް އިސްތިއުފާ ދެއްވުމާއެކު މަހިންދަ އާއި މަހިންދަގެ ބައިވެރިންގެ ސަލާމަތަށް ނުރައްކާވެ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެގެން ގޮސްފައިވާއިރު މަހިންދަ އަށް ރައްކާތެރިކަން ހޯއްދަވަން ޖެހިވަޑައިގަތީ އަސްކަރީ ބޭސް އަކުންނެވެ.

ސްރީލަންކާއަށް 1948 ވަނަ އަހަރު މިނިވަންކަން ލިބުނުފަހުން ކުރިމަތިވި އެންމެ ބޮޑު އިގްތިޞާދީ ކާރިސާ އާއެކު ގިނަ ބަޔަކު މުޒާހަރާކުރަމުންދަނީ ރައީސް ގޮތަބަޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައެވެ. ނަމަވެސް މިހާތަނަށްވެސް ގޮތަބަޔާ ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

އައު ބޮޑުވަޒީރެއް އައްޔަނުކުރި ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އާންމު ރައްޔިތުންނަށް އިންސާފު ނުލިބޭހާ ހިނދަކު މުޒާހަރާތައް ހުއްޓާނުލާނެކަމަށެވެ. ކޮންމެ މީހަކު ބޮޑުވަޒީރުކަމަށް އައްޔަނުކުރިނަމަވެސް މުޒާހަރާތައް ކުރިޔަށް ގެންދާނެކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

ރަނިލް ވިކްރަމަސިންގހަ އަކީ އެމަނިކުފާނު ތަމްސީލުކުރައްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި އިންނަވާ ހަމައެކަނި މެމްބަރެވެ. އެހެންކަމުން އައު ސަރުކާރެއް އެކުލަވާލެއްވުމަށް ރަނިލް އަށް ވާދަވެރިންނަށް ބަރޯސާވާން ޖެހިވަޑައިގަންނަވާނެއެވެ.

225 ގޮނޑި ހިމެނޭ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ރާޖަޕަކްސަގެ ޕާޓީން 100 އާ ގާތްކުރާ އަދަދަކަށް ގޮނޑި ވަނީ ހޯދާފައެވެ. އިދިކޮޅު ފަރާތްތަކަށް ލިބިފައިވަނީ 58 ގޮނޑިއެވެ. ބާކީ ހުރި ގޮނޑިތައް ތަމްސީލުކުރަނީ އަމިއްލަ ނުވަތަ މިނިވަން މެމްބަރުންނެވެ.

ރަނިލްއަށް އެއްބައިވަންތަ ސަރުކާރެއް އެކުލަވާލެއްވުމަށް ކުރިމަތިވެވަޑައިގަންނަވާފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެގައުމަށް ކުރިމަތިވެފައިވާ އިގްތިޞާދީ ފުން ވަޅުގަނޑުން ގައުމު ސަލާމަތްވޭވަރުގެ ބަޔަކު އެކަންކަން ކުރުމަށް އައްޔަނުކުރުމާމެދުއެވެ. އެގޮތުން އިދިކޮޅުގެ އިސް ފަރާތްތަކަކުން ވަނީ ފިނޭންސް މިނިސްޓްރީގެ ކަންކަން އިސްކޮށް ބެލެހެއްޓުމާއި ދެކޮޅު ހަދާފައެވެ.

އިދިކޮޅު މެމްބަރެއްކަމުގައިވާ ހަރްޝަ ޑި ސިލްވާ އާންމު ކުރެއްވި ބަޔާނެއްގައި ވަނީ ލަންކާގެ ފިނޭންސްއާ ގުޅުންހުރި ކަންކަން ހިންގުމާ ހަވާލުވުމަށް ދެކޮޅު ހައްދަވާފައެވެ. އެކަން ކުރަން ހަވާލުވުމަށްވުރެ ބޮޑަށް ސަރުކާރު އިސްތިއުފާ ދިނުމަށް ބާރު އަޅާކަމަށް ވަނީ ވިދާޅުވެފައެވެ.

ބަޔާނުގައި ހަރްޝަ ވިދާޅުވެފައިވަނީ މީހުން ބޭނުންވަނީ ސިޔާސީ ގޭމުތަކާއި ޑީލުތަކެއް ނޫންކަމަށެވެ. ނަމަވެސް އެމީހުންގެ ކުރިމަގު ސަލާމަތްކޮށްދޭނެ ވަރުގެ އައު ނިޒާމެއްކަމަށެވެ. ހަރްޝް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ރާޖަޕަކްސަ މަގާމުން ދުރުކުރުމަށް ތާއީދުކުރައްވާކަމަށާއި ރައީސް ކަމުގައި ގޮތަބަޔާ ހުންނަވާ ގޮތަށް ގެނެވޭ ސިޔާސީ އެއްވެސް ބަދަލެއްގައި ބައިވެރިވެވަޑައިނުގަންނަވާނެކަމަށެވެ.

ހަރްޝް އަކީ ސަމާހި ޖަނާ ބަލަވެގަޔާ (އެސްޖީބީ) ޕާޓީގެ މެމްބަރެކެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލުކުރާ އިދިކޮޅު އެންމެ ބޮޑު ޕާޓީއެވެ. އެޕާޓީގެ މެދުގައި ވެސް ވަނީ އައު ސަރުކާރެއް އެކުލަވާލުމާމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. ޚިޔާލު ތަފާތުވުންތައް އުފެދިފައިވަނީ އެއްބައިވަންތަ ސަރުކާރެއް ގާއިމުކުރުމަށް ގޮތަބަޔާ އިސްތިއުފާ ދެއްވުމުގެ ކުރިން ތާއީދުކުރުމާމެދުއެވެ.

ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރަނިލް ވަނީ ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމަށް ގޮވާލައްވާފައެވެ. ހުކުރު ދުވަހު ރަނިލް ވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިޔާގެ ހައި ކޮމިޝަނަރާއި ބައްދަލުކުރައްވާފައެވެ. މިއީ މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން ރަނިލް ބައިނަލްއަގްވަމީ އޮފިޝަލަކާއި ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ބައްދަލުވުމަށްފަހު އިންޑިޔާގެ ހައިކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިގްތިޞާދު ނަގާ ކޮޅަށް ޖެހުމާއި ސިޔާސީ ހަމަޖެހުން ލަންކާއަށް ގެނައުމާމެދު ދެގައުމުގެ މެދުގައި މަޝްވަރާކުރެވުނު ކަމަށެވެ.

ލަންކާގެ އިގްތިޞާދު ހަމައަކަށް އެޅުއްވުމަށް ރަނިލް ކުރައްވަމުން ގެންދަވާ މަސައްކަތާއެކު އާންމުން އެކަން ބަލައިގަންނާނެތޯ ވަނީ އަދިވެސް ސުވާލެއްގެ ތެރޭގައެވެ. ވަކިން ޚާއްސަކޮށް ގޮތަބަޔާ އިސްތިއުފާ ނުދެއްވާހާ ހިނދަކު ގެންނަ އެއްވެސް ބަދަލެއް ރައްޔިތުން ބަލައިގަންނާނެތޯ އެއީ މަސްރަހު ދިރާސާކުރާ ފަރާތްތަކުންވެސް އުފައްދަމުން އަންނަ ސުވާލެކެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާސްރީލަންކާ ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު